Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭރުގެ ސަފީރުން

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

އިންޑިއާ އަދި އިނގިރޭސި ސަފީރުން ގެންދަވަނީ ބައެއް ކައުންސިލަރުންނާއި ބައްދަލުކުރައްވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2017 | އަންގާރަ 04:37
އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ގދ ތިނަދޫގައި

އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ގދ ތިނަދޫގައި

އިއްޔެއަކީވެސް ދިވެހި ސަރުކާރަށް ހަމަ އާދައިގެ ދުވަހަކެވެ. ދިވެހި ސަރުކާރަށް އާދައިގެ ދުވަހަކަށް ވާނީ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވީމައެވެ. ދިވެހި ސަރުކާރަށް އާދައިގެ ދުވަހަކަށްވާނީ ބޭރު ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ އަގު ވައްޓާލެވުނީމައެވެ.

އިއްޔެގެ ނޫސްތަކުގެ ފަލަސުރުޚީތައް ބަލާލައި، ޓީވީ ރޭޑިއޯ ޗެނަލްތަކުގެ ޚަބަރުތައް ބެލި ދިވެސެއްނަމަ، ލަދުން ހަލާކުވާނެއެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމޭ ބުނެލާ ބީދައިން، އިއްޔެއަކީ ދިވެއްސަކަށް ވީތީ ލަދުގަންނަން ޖެހޭ ދުވަހަކެވެ. ސުރުޚީތަކުން ފެންނަނީ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގައި ކޮރަޕްޝަން އެކުލެވޭ ވާހަކައެވެ. ޤަވާޢިދާއި ޚިލާފަށް ޤާނޫނު ތަންފީޒުކުރަން ތިބޭ ފުލުހުން ޚަރަދުތަކެއް ކުރި ވާހަކައެވެ.

އެވާހަކަތައް އެއްފަރާތުގައި ބޭއްވުމަށް ފަހު އަޅުގަނޑު ދައްކާލަން މިއުޅެނީ ދިވެހިންގެ އަގު ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާވެސް ވެއްޓުނު ލަދުވެތި ވާހަކަޔަށެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް، ތިނަދުއަށް ވަޑައިގެން، އެރަށުގެ ކައުންސިލާއި ބައްދަލުކުރެއްވިތާ މާގިނަ ވަގުތެއް ނުވެ، ކައުންސިލް ތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން އަމުރު ނެރުނީ އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލަކުން ބައިނަލްއެޤްވާމީ ފަރާތަކާއި ބައްދަލުކުރަން އެލްޖީއޭއިން ހުއްދަ ދީފާނެ ކަމަށް މީހަކު ބުނެފިއްޔާ އެއީ ޖޯކަކަށް ނުވެ ނުދާނެކަން ނުދަންނަ ދިވެއްސެއް މި ފަސްގަނޑުގައި ހުރިހެނެއް ހިއެއް ނުވެއެވެ.

ބޭރުގެ ސަފީރުން ރާއްޖޭގެ ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާޢާތްތަކާއި ބައްދަލުކުރައްވަނީ ސިއްރު ވާހަކަތަކެއް ދައްކާކަށެއް ނޫނެވެ. އެބޭފުޅުން ރާއްޖޭގައި ކަންކުރަންވީ ގޮތް ވިދާޅުވަނީއެއް ނޫނެވެ. އެބޭފުޅުން އަޑުއައްސަވަނީ ރާއްޖޭގެ ޙާލަތުގެ ވާހަކައެވެ. ހަމައެކަނި ކައުންސިލަރުންގެ ވާހަކަތަކެއް ނޫނެވެ. ހޯމަ ދުވަހު އެލްޖީއޭއިން ބޮޑެތި އިންޒާރު ނެރުނުއިރު، ސަފީރު ޑޯރިސް ބައްދަލުކުރެއްވީ ހަމައެކަނި ތިނަދޫ ކައުންސިލަރުންނާ އެއް ނޫނެވެ. ޑޯރިސް ވަނީ އެރަށުގައި ތިއްބެވި ޕީޕިއެމްގެ އިސް ބޭފުޅުންނާއިވެސް ބައްދަލު ކުރައްވާފައެވެ. މަނާކުރަންޏާ މަނާކުރަންވީ ރަސްމީ ހައިސިއްޔަތެއް ނެތް، އާއްމު ރައްޔިތުން ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުމެއް ނޫންތޯއެވެ؟ ޔުނިޓަރީ ދައުލަތެއްގެ ސިފަ ރައްކާތެރިކުރަނީ ތިހެނެއް ނޫނެވެ.

ސަރުކާރުން ބިރުގަނެގެން އުޅެނީ އިންޑިއާ އެމްބެސެޑަރ އަކިލޭޝް މިޝްރާ އާއި އިނގިރޭސި އެމްބެސެޑަރ ޖޭމްސް ޑޯރިސް މިހާރު ބައެއް ރަށްރަށާއި އަތޮޅު ކައުންސިލަރުންނާއި ބައްދަލުކުރައްވާތީއެވެ.

މި ބޭބޭފުޅުން ރާއްޖޭގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވީ ސަރުކާރުން މޭކަރައިގެން އުޅޭއިރު، ދިވެހި އެމްބެސެޑަރުން ބޭރު ޤައުމުތަކުގައި ތިއްބަވާ ބޭބޭފުޅުންނާއި ބައްދަލުކުރެއްވީމާ އެޤައުމުތަކުން މައްސަލަ ޖައްސާތޯއެވެ؟ ޕީޕީއެމްއިން ބަޔަކު މާގިނައިން ނުދިޔަޔަސް ބޮޑު ޖަގަހައެއް ހަދައިގެން ލަންކާގައި އެކުރާ މަސައްކަތަކާއި ލަންކާ ސަރުކާރުން ބެހޭތޯއެވެ؟ ޑިޕްލޮމަސީ ދަސްކުރައްވާށެވެ. ޗައިނާއިން ގެންގުޅޭ ޑިޕްލޮމަސީނަމަވެސް ދަސްކުރައްވާށެވެ.

އެމްބެސެޑަރ އަކިލޭޝް މިޝްރާ ކައުންސިލަރުންނާއި ބައްދަލުކުރެއްވީމާ ސަރުކާރަށް ހަޖަމްނުވާއިރު، އިންޑިއާއިން ދީފައި އޮތް ހެލިކޮޕްޓަރެއްގައި ބަލި މީހުން އުފުލާ، ބަލި މީހަކު ގެންނަ ކޮންމެ ފަހަރަކު އެވާހަކަ އިޝްތިހާރުކޮށް ހަދަން ދިވެހި ސަރުކާރުން ލަދެއް ނުގަނޭހެއްޔެވެ؟ ފެންފޮދެއް ނުލިބޭއިރަށް ގުޅަން ޖެހެނީ އިންޑިއާއަށެވެ. ޕެނަޑޯލް ގުޅައެއް ހުސްވީމަވެސް އިންޑިއާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު