Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަކުރުބަލި

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 14 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2018 | އަންގާރަ 19:49
ހަކުރު ބަލި ޓެސްޓު ކުރަނީ

ހަކުރު ބަލި ޓެސްޓު ކުރަނީ

ބައިނަލަޤްވާމީ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ހަކުރުބަލި ހުންނަ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު ދިވެހި އާބާދީގެ ހަތް އިންސައްތަ މީހުންނަކީ މިހާރުވެސް ހަކުރު ބަލި ހުރިކަން ދެނެގަނެވިފައިވާ ފަރާތްތަކެވެ.

ދިރިއުޅުމުގައި ގެންގުޅެވޭ ވަރަށް ގިނަ އާދަތަކެއްގެ ސަބަބުން ކޮންމެ ދުވަހަކުވެސް މި ބައްޔާއި ގާތަށް، ނޭނގި ނަމަވެސް ފިޔަވަޅު އަޅަމުންދާ ދިވެހިންގެ އަދަދު މަދެއް ނޫނެވެ. އެގޮތުން ކެއުން ބައްޓަން ކުރާ ގޮތުންނާއި ކަސްރަތު ނުކޮށް ހުރުމުގެ ސަބަބުންނާއި ދިރިއުޅުމުގެ ބައެއް ކަންކަމުގައި ފަރުވާކުޑަ ވުމަކީވެސް މި ބައްޔަށް މަގު ފަހިވެގެންދާ ބައެއް ކަންތައްތަކެވެ.

މި ޒަމާނަށް ބަލައިފިނަމަ ދިވެހިންގެ ކެއުން ބައްޓަން ކުރުމުގައިވެސް މި ދެންނެވުނު ފަދައިން ފަރުވާ ކުޑަކުރާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގަޑިން ގަޑިއަށް ނުކެއުމާއި، ހަށިގަނޑަށް ފައިދާވާ ކާނާގެ ބަދަލުގައި ތައްޔާރީ، ލުއި ކާނާ ކެއުންވެސް ހިމެނެއެވެ.

ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި ބައްޔަކީ ކުރިން ފިޔަވަޅު އެޅިއްޖެނަމަ އެ ބަލިން ރައްކާތެރިވެވޭނެ ބައްޔެކެވެ.

ހަކުރު ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ލޯ ފުސްވުމާއި ގިނައިން ކުޑަކަމުދިއުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރު ހިއްކުން ހިމެނެއެވެ.

އެތެރެހަށީގެ ޑޮކްޓަރު އަޙުމަދު ޝަހީދު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި ހަކުރު ބަލި ހުންނަ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއަތް އޮތް ތާނގައި ރާއްޖޭގައި ހަކުރު ބަލި އިތުރުވެގެންދާނެ ކަމަށެވެ. ބެލެނިވެރިން ކުޑަކުދިންނަށް ކޭކު، ޗޮކްލެޓް، މެޓާ އަދި ބިސްކޯދު ފަދަ ތަކެތި ކާންދިނުމުގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި މޭވާ އާއި ތަރުކާރީ އެންމެ ތުއްތު އިރުއްސުރެ ދިނުމަށް ޑރ. ޝަހީދު ވަނީ އިރުޝާދު ދެއްވާފައެވެ.

ހަކުރު ބައްޔަކީ ހަށިގަނޑުގެ އެހެން ނިޒާމުތަކަށް އޭގެ އަސަރު ކުރާ ބައްޔެކެވެ. އެގޮތުން ހަކުރު ބަލީގެ ސަބަބުން އާންމު ގޮތެއްގައި ހިތުގެ ބައްޔާއި، ސްޓްރޯކް އަދި ވާގިނެތޭ ބައްޔަށްވެސް މަގުފަހިވެގެންދެއެވެ. މީގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންގެ ލޭނާރުތަކަށް ގެއްލުންވުމާއި، ކިޑްނީ ފެއިލްވުމަށް މަގުފަހިވުމާއި، ހަމުގެ އެކި ބަލިތައް ޖެހުން އާންމުވުން ހިމެނެއެވެ.

ކަންމިހެން ހުރުމާއެކު، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ނުރަނގަޅު އާދަތަކާއި، މިފަދަ ބޮޑެތި ބަލިތަކަށް މަގުފަހިވާފަދަ ސަބަބުތަކުން ދުރުހެލިވެ، ދުޅަހެޔޮ ސިއްހަތެއްގެ ވެރި ބަޔަކަށް ވާން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
އެ މަޖުބޫރީ ހާލަތު

އެ މަޖުބޫރީ ހާލަތު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު