Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ޑރ. އަފްރާޝީމާއި އަނަސް ފަދައިން މަރާލެވިފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައިދޭނަން: ފައިސަލް

16 ސެޕްޓެމްބަރު 2018 | އާދީއްތަ 18:30

ދެފުށްފެންނަ ތަހުގީގުތަކެއްކޮށް އިންސާފު ގާއިމުކޮށްދޭނަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 18:30
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ރ މީދޫގައި ވާހަކަ ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ރ މީދޫގައި ވާހަކަ ދައްކަވަނީ

ރަހުމުކުޑަކޮށް އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި މަރާލާފައިވާ ޒުވާނާ މުހައްމަދު އަނަސް ފަދައިން މަރާލާފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރ. މީދޫގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެތަކެއް ޒުވާނުންތަކެއްގެ ލޭ އޮހޮރުވާ މަރާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ހިތްދަތި ކުރުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަރާލި ރ. މީދޫގެ ޒުވާނާ އަނަސްއާއި، ރ. އުނގޫފާރަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އަފްރާޝީމްގެ ނަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެފަދައިން މަރާލެވިފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައިދެވެންޖެހޭ ކަމަށާއި، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ދެފުށްފެންނަ ތަހުގީގުތަކެއްކޮށް މިފަދަ އާއިލާތަކަށް އިންސާފު ހޯދައި ދެއްވާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ސިޔާސީ ފަރާތެއްގެ މައްސަލައެއް ނަމަ ހަފްތާއެއް ނުވަނީސް މައްސަލަ ނިންމައި ފޮނުވަންޖެހޭ ތާކަށް ފޮނުވޭ ކަމަށާއި އެހެން ނަމަވެސް މިފަދަ ބޮޑެތި މައްސަލަތައް އެ ސްޕީޑުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެކަން ފާހަގަކުރައްވައި ފައިސަލް ވަނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަރުކާރުގެ ނިޔަތް ހުރީ ކިހިނެއްތޯއާ މެދު ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން ފައިސަލް ވިދާޅުވީ ރާއްޖޭގައި އަމާންކަމާއި ރައްކާތެރިކަން ގާއިމްކުރަންޖެހޭ ކަމަށާއި އެންމެ ބޮޑު އަމާޒަކަށް ވާނީ ރާއްޖެއަކީ އަމާންކަމާއި ރައްކާތެރިކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމްކުރުން ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ފުލުހުންނަށް ގޮވާލައްވަމުން ފައިސަލް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ފުލުހުންނަށް އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރ. މީދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން ފައިސަލް ވިދާޅުވީ މީދޫ ކައިރީގައި ގިނަ އަދަދެއްގެ ރިސޯޓުތައް އެބަހުރި ކަމަށާއި އެ ރިސޯޓުތަކުގެ ވަޒީފާތަކަށް ޒުވާނުން ތަމްރީނުކުރައްވާނެ ކަމަށެވެ. އެގޮތުން، މީދޫގައި ހޮސްޕިޓަލިޓީ ޓްރެއިނިންގ ސެންޓަރެއް ގާއިމްކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ ކުރިން ޕީޕީއެމްގެ މެޖޯރިޓީ ރަށެއްގެ ގޮތުގައި ފާހަގަކުރެވުނު މީދޫއިން ވަނީ ފައިސަލްއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން މީދޫގެ ކުދިބޮޑު ގިނަ ރައްޔިތުންތަކެއް ފައިސަލް އަށް މަރުހަބާ ދެންނެވުމަށް ނިކުމެފައިވެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން: އަނަސް

31 މާރިޗު 2017
ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން: އަނަސް
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
30 މާރިޗު 2017

އަނަސް ޢަބްދުއްސައްތާރު ފުލުހަށް ހާޒިރުކުރުން ފަސްކޮށްފި

30 މާރިޗު 2017
އަނަސް ޢަބްދުއްސައްތާރު ފުލުހަށް ހާޒިރުކުރުން ފަސްކޮށްފި
29 މާރިޗު 2017

އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

29 މާރިޗު 2017
އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް