Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސް ޕޮލިހަށް

ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން: އަނަސް

31 މާރިޗު 2017 | ހުކުރު 21:53

ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދަށް ދިއުމަށް ގޮވާލުމަކީ ގާނޫނީ ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ބުނެފައެއް ނުވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 31 މާރިޗު 2017 | ހުކުރު 21:53
އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުގެ ތެރެއިން

އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުގެ ތެރެއިން

ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށް އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ރޭ އެ ސަރަހައްދަށް ވީހާ ވެސް ގިނަ ބަޔަކު ދިއުމަށް ގޮވާލައި އެމްޑީޕީގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށެވެ.

އަނަސް ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ ތާއީދު ލިބިފައިވާ ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމުން އެ ފަރާތްތަކަށް ތާއިދުކުރާ މީހުން ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދަށް ދިއުމަށް ގޮވާލައި ޓްވީޓްކޮށް މެސެޖް ކުރާ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ކަމަކީ މައްސަލައަކަށް ހަދާފައި ނުވާކަން އަނަސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިފަހަރު އެކަން މައްސަލައަކަށް ހަދައި ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ހަތަރު ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރަން ފެށުމުން، ސަރުކާރުން ޖެހިލުން ވާތީ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އަނަސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވި ހިސާން ހުސެއިން ވިދާޅުވީ ސިޔާސީ ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުން އެ ފަރާތްތަކަށް ތާއިދުކުރާ މީހުން ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދަށް ދިއުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް މިފަދަ ކަންތައްތައް ސަރުކާރުން ކުރުމުން ދޭހަވެގެން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަލިކަށިވަމުން ދިއުން ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ސިޔާސީ ފަރާތްތައް މިފަދަ ގޮތަކަށް ފުލުހުންގެ އިދާރާ އަށް ހާޒިރު ކރުމުން ދޭހަވެގެން ދަނީ ސަރުކާރުން ފުލުހުންގެ އިދާރާ ސިޔާސީ މަގުސަދުތައް ހާސިލް ކުރަމުންދާ ކަން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް