Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު-ޗައިނާ

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

ރާއްޖޭގެ ދަރަނީގެ 70-80 ޕަސެންޓް ހިއްސާކުރަނީ ޗައިނާ

އަލީ ޔޫސުފް
އަލީ ޔޫސުފް | 31 މާރިޗު 2017 | ހުކުރު 17:56
ރައީސް ނަޝީދު މީގެ ކުރިން ލަންކާ އަށް ކުރެއްވި ދަރުފުޅުގައި ދިވެހިންނާ ބައްދަލުކުރައްވަނީ

ރައީސް ނަޝީދު މީގެ ކުރިން ލަންކާ އަށް ކުރެއްވި ދަރުފުޅުގައި ދިވެހިންނާ ބައްދަލުކުރައްވަނީ

ރާއްޖޭގައި ޗައިނާ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ކުރިމަގާ މެދު ވެރިކަން ބަދަލުވުމުން އެ ގައުމާ އެކު މަޝްވަރާކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ވަގުތު ލަންކާގައި ހުންނެވި ރައީސް ނަޝީދު އިންޑިއާގެ އިންޑިއަން އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޗައިނާ އިން ލަންކާގައި ހަދާފައިވާ ހަމްބަންޓޯޓާ ބަނދަރާ ބެހޭ ގޮތުން ލަންކާގެ ޕޯޓްސް މިނިސްޓަރު އަރްޖުން ރަނަތުންގާ މިހާރު ޗައިނާއާ އެކު އަލުން މަޝްވަރާތައް ފައްޓަވާފައިވާ ކަމަށެވެ. ހަމަ އެގޮތަށް ރާއްޖޭގައި ޗައިނާ އިން ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ވެސް 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރާ އިދިކޮޅު ފަރާތްތަކުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ 70-80 ޕަސެންޓް ހިއްސާކުރަނީ ޗައިނާ ކަމަށް ވުމުން އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ޗައިނާއިން ކަންކަން ކުރަމުން ގެންދަނީ ހާމަކަން ކުޑަ ގޮތެއްގައި ކަމަށާއި އަދި ޗައިނާ އިން ގުޅުން ބަދަހިކުރަނީ ވެސް އެފަދަ ގައުމުތަކާ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މަޝްވަރާގެ މޭޒުދޮށަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލާފައިވާ އިރު އިދިކޮޅު ފަރާތްތަކާއި އަދި ޚުދު އެމެނިކުފާނާ އެކު ރައީސް އަބްދުﷲ ޔާމީން މަޝްވަރާތަކަށް ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީ ނަޝީދު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާން ބޭނުންފުޅުވާ ކަމަށާއި ކަމަށާއި ނަމަވެސް އެކަން ވާންޖެހޭނީ ގާނޫނުއަސާސީގެ ތެރެއިން ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުކުރުމުގެ ކުރިން ނިޒާމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި ޝަރުއީ ދާއިރާ އަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ގާނޫނު ހަދާ މަޖިލީސް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ޝަރުއީ ދާއިރާ އިސްލާހު ކުރައްވާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ވެސް އިސްލާހްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓަކަށް ވާނެތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެ ވަގުތު ޖެހޭ އިރު އެފަދަ މާހައުލެއް އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭގެ ކުރިން ސިޔާސީ މަސްރަހް ހަމަޖެހި ޕާޓީތަކަށް ވާދަކުރެވޭނެ މާހައުލެއް ގާއިމުކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި މަސައްކަތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި ހާއްސަކޮށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދާއި ކެނެޑާ ފަދަ ގައުމުތައް ފާޅުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ފާޅުގައި ނޫން ނަމަވެސް ސްރީ ލަންކާ އާއި އިންޑިއާ ފަދަ ގައުމުތަކުން ވެސް ތާއީދު ލިބޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ބޭސްފަރުވާ އަކަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު