Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ކޮރަޕްޝަން

ނައީމް މަޤާމުން ދުރުކުރީ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަން ފެށުމުން: ނިޔާޒް

އަލަށް ފާސްކުރި އޯޑިޓް ޤާނޫނުގެ ދަށުން ސަރުކާރުގެ މުއައްސަސާތައް އޯޑިޓްކުރުމުން، ގިނަ ކަންތައްތަކެއް ހާމަވެގެން ދިޔަ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:09
ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް

ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް

ރާއްޖޭގެ އެންމެ ފުރަތަމަ މިނިވަން އޯޑިޓަރ ޖެނެރަލް، އިބްރާހިމް ނައީމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެމަނިކުފާނު މަޤާމުން ދުރުކުރީ އެސްޓީއޯގެ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ މައްސަލަ ބައްލަވަން ފެއްޓެވުމުން ކަމަށް ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވައި ފޭސްބުކްގައި ނިޔާޒް އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ކުރީގެ އޯޑިޓަރ ޖެނެރަލް ނައީމް އޯޑިޓް ރިޕޯޓްތައް ނެރުއްވަމުން ގެންދެވީ "ޓައިމްބޮމްތަކެއް" ފަދައިން ކަމަށް ވިދާޅުވެ ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެ ދުވަސްވަރަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސަރުކާރު އޯޑިޓްކުރާނެ ޤާނޫނެއް އަލަށް އުފެއްދުނު ދުވަސްވަރު ކަމުން އޭގެ ކުރިން އުސޫލުން ބޭރުން ކަންތައްތަކެއް ހިންގާފައި ހުރެދާނެ ކަމީ ޤަބޫލުކުރެވޭ ކަމެއް ކަމަށެވެ. އަދި އެހެންކަމުން، އެ ދުވަސްވަރު، އަލަށް ފަސްކުރެވުނު އޯޑިޓް ޤާނޫނުގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކާއި، މުއައްސަސާތައް އޯޑިޓް ކުރުމުން، ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ހާމަވެގެން ދިޔަކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވީ އެކަން އެގޮތަށް އޮއްވައި، 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ނައީމްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައި، އެމަނިކުފާނު މަޤާމުން ދުރުކުރީ އެސްޓީއޯ ސިންގަޕޯރ މެދުވެރިކޮށް ހިނގި ތެލުގެ ވިޔަފާރި އާއި ރައީސް ޔާމީނާ ގުޅުމެއް ވޭތޯ ބެލުމަށް ބޭރުގެ އޯޑިޓް ފަރމެއް މެދުވެރިކޮށް މިނިވަން އޯޑިޓެއް ފެށުމުން ކަމަށެވެ.

"އެމަނިކުފާނު (ރައީސް ޔާމީން) ވިދާޅުވަނީ، އެސްޓީއޯ ސިންގަޕޯރ މެދުވެރިކޮށް ހިންގުނު ތެލުގެ މުޢާމަލާތްތަކާ، އެމަނިކުފާނާ ގުޅުމެއް އޮތްތޯ ބެލުމަށް ބައިނަލްއަޤުވާމީ އޯޑިޓް ފަރމެއް މެދުވެރިކޮށް ތަހުޤީޤުތަކެއް ކުރިއަށް ގެންދެވުނު ކަމަށް. އެހެން ނަމަވެސް އެމަނިކުފާނާ އެއާ ގުޅުމެއް އޮތްކަމަށް އެބޭފުޅުންނަށް ނުހޯދުނު ކަމަށް. އޭގެ ހަޤީޤަތަކީ އޯޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް އޯޑިޓަރ ޖެނެރަލްގެ މަޤާމުގަ ހުންނަވައިގެން. މި ދެންނެވި އޯޑިޓް ފަރމް މެދުވެރިކޮށް ކުރިއަށް ގެންދެވުނު ތަހުޤީޤުގެ މަސައްކަތް ފުރިހަމަ ކުރުމަށް އެމަނިކުފާނަށް ނުލިބުނުކަން. އެ މަސައްކަތް ކުރިއަށް ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން އަދި ކުރިން މި ދެންނެވި ގޮތަށް ޕަބްލިޝް ކުރެވުނު އޯޑިޓް ރިޕޯޓްތަކުގެ ނަތީޖާއެއް ގޮތުން، އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީ، އޭގެ އިސް ލީޑަރޝިޕްގަ ތިއްބެވި ބޭފުޅުންނަށް އެ ކަންތައްތަކެއް ޓޮލަރޭޓެއް ނުކުރެއްވުނު. އޭގެ ނަތީޖާއެއްގެ ގޮތުން އޯޑިޓަރ ޖެނެރަލް އިބްރާހިމް ނައީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިގެން އެމަނިކުފާނު މަޤާމުން ބޭރު ކުރެވިގެންދިޔަ. ރައީސުލުލްޖުމްހޫރިއްޔާ ޔާމިން ވިދާޅުވަނީ އޭރުގެ އޮޑިޓާރ ޖެނަރަލް ނައީމް މަގާމުން ވަކި ކުރެވިގެން ދިޔައީ އެމަނިކުފާނު ޕްރޮފެޝަނަލް ނޫންވީމަ ކަމަށެވެ. އަޅުގަނޑު ދަންނަވާނީ އެމަނިކުފާނުގެ ފަރާތުން ކަންތައްތަކެއް ފާހަގަކުރެވުނުކަމުގައި ވިޔަސް އެމަނިކުފާނު މަގާމުން ދުރުކުރެވުނު މައިގަނޑު މަގުސަދަކީ އެމަނިކުފާނު އޭރު ޝައިރު ކުރެވުނު ރިޕޯޓުގައި ނަތީޖާއެއް ގޮތުން އޭރު ސަރުކާރު ތެރޭގައި ހިނގަމުން ދިޔަ ހިޔާނާތުގެ ދިވެހި ދައުލަތުގެ މާލިއްޔަތާއި އިހުމާލުވުމާއި ބައެއް ކަންތައްތައް ފާޅުވުމާއި ގުޅިގެން އޭގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް،" ނިޔާޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ނިޔާޒް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެރަށެއް އަންނަނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ކަމަށެވެ. އަދި ޓޫރިޒަމް ބޭނުމަށް ފަޅުރަށްތަކާއި ފަޅުތައް ދޫކުރުމަށް މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ ކަމަށެވެ. މީގެ އިތުރަށް ނިޔާޒް ވިދާޅުވީ ފަޅުރަށެއް ޓޫރިޒަމް މިނިސްޓްރީއަށް ނެގުމުގެ ކުރިން އެރަށެއް އޮންނަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ނިޔާޒް ވިދާޅުވީ ދޫކުރަމުންދާ ފަޅުރަށްތަކާއި ފަޅުތަކުގެ ފައިސާގެ ހުރިހާ ކަމެއް ކުރުމަށް ހަމަޖައްސާފައިވާ މުއައްސަސާއަކީ މީރާ ކަމަށާއި، ފައިސާއާ ހަވާލުވަނީ ވެސް މީރާ އިން ކަމަށެވެ. ނަމަވެސް ރައީސް ޔާމިން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު މި ހުރިހާ ކަމެއް ކުރުމުގެ މަސްއޫލިއްޔަތު އެމްއެމްޕީއާރްސީގެ ބެލުމުގެ ދަށަށް ގެންދިޔައީ އަދީބު މެދުވެރިކޮށް މިހިޔާނަތް ހިންގެވުމަށް ކަމަށެވެ. އެމްއެމްޕީއާރްސީއަކީ ޓޫރިޒަމް ޕްރޮމޯޓްކުރާ މުއައްސަސާއެއް ކަމަށާއި، އެއީ ފަޅުރަށްތަކާއި ފަޅުތައް ވިއްކާ ފައިސާއާ ހަވާލުވާ ތަނެއް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު