Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުކޮށްފައިވާއިރު، ރައްޔިތުންނާއިއެކުގައި ނުހުރެވުމަކީ ލިބޭ ހިތާމައެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 ފެބުރުއަރީ 2017 | ހުކުރު 03:34
ލަންކާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާއި މުހާތަބުކުރައްވާ ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

ލަންކާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާއި މުހާތަބުކުރައްވާ ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

ޖަލަށްދާންޖެހުނު ނަމަވެސް، ވަގުތުޖެހުމުން ރާއްޖެ ވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސްރީ ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު، އިނގިރޭސިވިލާތަށް ވަޑައިގެންނެވީވެސް ޖަލުގައި އޮންނެވުމަށްފަހުގައި ކަމަށެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ޖަލަށް ދާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޖަލަށްދާންޖެހުނު ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރުން އަންނަނީ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނަމުން ކަމަށެވެ. ދިރިއުޅުމުގެ ހައްޤުތައް އިންތިހާއަށް ބޮޑުކޮށް، އިޖުތިމާއި ރައްކާތެރިކަމުގެ ނިޒާމް ނިގުޅައިގަނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމު އެފަދަ ހާލަތަކަށް ވެއްޓޭއިރު، ދިވެހި ރައްޔިތުންނާއެކުގައި ނުހުންނެވުމަކީ އެމަނިކުފާނަށް ލިބިގެންދާ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީން ފަސްޖެހިވަޑައިގަންނަވަނީ ރައްޔިތުން ވޯޓުލައްވާނެގޮތް އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާތީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފުރުސަތަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކަމަށެވެ. އެހެންކަމުން އެ އިންތިހާބުގައި ހުރިހާ ރައްޔިތުން ނިކުމެ ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު