Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވުންވެސް އޮތީ މުއައްސަސާތަކުގެ އަތްމަތީގައި: މާރިޔާ

12 ސެޕްޓެމްބަރު 2018 | ބުދަ 16:36

ވޯޓު ކަރުދާހުގެ މައުލޫމާތު ހާމައެއް ނުކުރޭ، ޕްރިންޓް ކުރިކަމެއް، ކުރީ ކޮންތާކުން ކަމެއް، ކުރީ ކިހާ އަދަދެއް ކަމެއް ނޭނގޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2018 | ބުދަ 16:36
ރިޔާސީ ކެންޑިޑޭޓް އިބޫގެ ރަނިންގމޭޓް މާރިޔާ އަހުމަދުދީދީ

ރިޔާސީ ކެންޑިޑޭޓް އިބޫގެ ރަނިންގމޭޓް މާރިޔާ އަހުމަދުދީދީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅުއްވާ ވާހަކަ ރައީސް އަބްދުﷲ ޔާމީން ދައްކަވާއިރު، އެ ދަތިކުރުމުގެ ފިވަޅުން ސަލާމަތްވުން އޮތީީވެސް ހަމަ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އީޔޫއިން އަދި ބޭރު ގައުމުތަކުން ބާރު އަޅަމުން ދަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ކަމަށާއި އެކަން ކުރުމުގެ ބާރު އޮތީ ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާއާއި އަދިވެސް ކަމާބެހޭ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އަތްމަތީގައި ކަމަށެވެ.

Advertisement - newsAdvertisement
"މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅާ ނުވަތަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިޔަ ނުދިނުމަށް ބާރުއަޅާ މީހުންނަށް، ބޭރުގެ ފަރާތްތަކުން ޓާގެޓެޑް ސެންކްޝަންސް ނުވަތަ ވަކިވަކި ފަރުދުންނާމެދު ފިޔަވަޅު އަޅާނެކަމަށް ބުނަމުންދާއިރު، ރައީސް ޔާމީންގެ ވާހަކަފުޅުގައި އެބަވިދާޅުވޭ ފިޔަވަޅު އަޅާނެޔޭ. ފިޔަވަޅު އަޅާނެކަމަށް ބޭރުގެ ފަރާތްތަކުން ބުނެފައި އޮތީ މިނިވަން އިންސާފުވެރި އިންތިހާބެއް ކުރިއަށް ނުގޮއްސިއްޔާ. އެކަމަކު ރައީސް ޔާމީން ފިޔަވަޅުގެ ވާހަކަ އެހާވަރަށް އެދައްކަވަނީ، އެކަމަކީ ރައީސް ޔާމީންގެ އަތްޕުޅުގައި އޮތްކަމެއް. އިލެކްޝަންސް ކޮމިޝަނުގެ ޝަރީފްގެ އަތްޕުޅުގައި އޮތްކަމެއް، ފުލުހުންގެ މުއައްސަސާގެ އަތްމަތީގައި އޮތްކަމެއް. މިނިވަންކަމާއެކީގައި މިއިންތިހާބު ކުރިއަށް ގެންގޮސް ދެއްވާ އެކަހަލަ ފިޔަވަޅެއް އަޅަން ނުޖެހޭ ގޮތަށް އިންސާފުވެރިކަމާއެކީ، މިނިވަން ކަމާއެކީގައި ދެފުށްފެންނަ ގޮތަށް ރައްޔިތުންނަށް ގަބޫލު ކުރެވޭގޮތަށް މިކަން ކުރިއަށް ގެންގޮސް ދެއްވުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް 10 ވަރަކަށް ދުވަހަށް ވެފައިވާއިރު، ވޯޓު ކަރުދާހުގެ މައުލޫމާތެއް ހާމަ ނުކުރައްވާ ކަމަށާއި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ކޮށްފައިވާ ވޯޓަރސް ލިސްޓުވެސް ކެންޑިޑޭޓުންގެ މަންދޫބުންނަށާއި އޮބްޒާވަރުންނަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

މީގެއިތުރުން މާރިޔާ ވިދާޅުވީ ވޯޓް ފޮއްޓަށް ވޯޓު ކަރުދާސްކޮޅު ލުމަށްފަހު، ދެން އޮންނާނީ ވޯޓު ގުނުން ކަމަށާއި ވޯޓު ކަރުދާސް ސައްހަތޯ ނޫންތޯ ކަށަވަރުކުރާނީ ވޯޓު ފޮއްޓަށް އެކަރުދާސް ކޮޅު ލުމުގެ ކުރިން ކަމަށެވެ.

މާރިޔާ ވިދާޅުވީ ބޭރުގެ 85 ވަރަކަށް އޮބްޒާވަރުން އިންތިހާބު އޮބްޒާވު ކުރުމުގައި ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ދިނުމަށް ދެކޮޅު ހައްދަވާފައިވާތީ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް

17 މާރިޗު 2017
ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް