Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް

ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް

ފައިސާ ފޮއްޗަކާއި ނުލައި އިންސާފު ދޭން ދަސްވެފައެއް ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 މާރިޗު 2017 | ހުކުރު 04:40
އެމްޑީޕީގެ ނައިބު ރައީސް، މުޙައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް، މުޙައްމަދު ޝިފާޒް

ސަރުކާރުގެ ނުފޫޒު ފޯރުވިޔަސް، ނުވަތަ ނުފޯރުވިޔަސް، ދިވެހިރާއްޖޭގެ ފަނޑިޔާރުގެތައް އޮތީ ކޮރަޕްޓް ވެފައި ކަމަށާ، ފައިސާ ފޮއްޗެއް ނުދެނިސް އިންސާފު ހޯދައިދޭން ފަނޑިޔާރުންނަށް ދަސްވެފައި ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް، މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ބުރާސްފަތި ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝިފާޒް ވިދާޅުވީ، ފަނޑިޔާރުގެތަކުން ސަރުކާރުން ބޭނުންވާ ކަންކަން ފުއްދައިދޭނެ ކަމަށާ، ބޭނުންވަނީ، ރުފިޔާ ފޮއްޗަކާއި ނުލައި އިންސާފުވެރި ޙުކުމް ލިބޭނެ ވަރު ކަށަވަރު ކުރަން ކަމަށެވެ.

Advertisement - newsAdvertisement
"ސަރުކާރުން ފަނޑިޔާރުގެއަށް އަތްބާނާ ވާހަކަ. އަޅުގަނޑަކަށް ނޭނގެ ކިހިނެއް ކަމެއް ބާނަނީ. އެ ބާނާ ވާހަކަ ވިދާޅުވޭ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެ ބޭނިއަސް، ނުބޭނިއަސް، އެމީހުން ތިބީ ކޮރަޕްޓް ވެފައޭ. ވަކި ކަމެއްގައެއް ނޫން. ވަކިން ޚާއްސަކޮށް ސަރުކާރު ބޭނުން ކަންތައްތައް ފުއްދަދޭނެ. އެކަމު އާންމު ފަރުދަކު ދިޔަސް، ސަރުކާރުން ވިދާޅު ނުވިޔަސް، އެބޭފުޅުންނަށް ދަސްވެފައި އޮތީ، ރުފިޔާ ފޮއްޗަކާ ނުލާ، އެކަން ކޮންދޭ ގޮތަކަށް ނޫން. މި ނިޒާމް އަޅުގަނޑުމެން ބަދަލުކުރަން މި ބޭނުންވަނީ. ރުފިޔާ ފޮއްޗަކާ ނުލާ އިންސާފުވެރި ޙުކުމް ލިބޭނެ ވަރު އަޅުގަނޑުމެން ކަށަވަރު ކުރަން ބޭނުންވަނީ. އެކަމަށްތަކާ ލާމަރުކަޒީ ރާއްޖެއަކަށް، ސީދާ ރައްޔިތުންގެ ބާރުވެރި ކައުންސިލް ތަކަކަށް، އަޅުގަނޑުމެން ފުރަތަމަ މަސައްކަތް ކުރަން މި ޖެހެނީ،" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، ފަނޑިޔާރުގެ ފަދައިން ޤައުމުގައި ގޯސްކޯށް މިއަދު ހިނގާ ހުރިހާ ކަމެއް އެގޮތަށް ވުމަށް މަގުފަހިކޮށްދެއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށެވެ. އެގޮތުން ސައުދީގެ ޝާހީ އާއިލާއަށް ފ އަތޮޅުން ބައެއް ވިއްކާލުމުގެ ޑީލަށް މަގުފަހިކުރީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހު ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ފ. އަތޮޅު ވިއްކާލުންވެސް، އެއަށް ބޭނުންވާ ޤާނޫނު ފަހިކޮށްދިނުންވެސް، އަދި ނުވިތާކަށް މި ރާއްޖެ ކޮރަޕްޓް ކުރުމުގަ، ފަނޑިޔާރުން ޒިންމާދާރު ނުކުރުމުގަވެސް، ރައްޔިތުންގެ މަޖިލިހެއްގެ މަޖިލިސް ވަންތަކަން ގެއްލުވާލާ، ޚަރާބު ތަނަކަށް މުޅި މަޖިލިސް ބަދަލުކޮށްލީވެސް، އެ ރިޠާސަތުގަ، އެބޭފުޅާ އިންނަވައިގެން. އެފަދަ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގަ އިނުމަކީ، މިއަދު ދިވެހި އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ފ އަތޮޅުގެ ޑީލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ރާއްޖޭގައި ވެރިކަންކުރި އެއްވެސް ރައީސަކު، ރާއްޖެ ގަންނާނެ ބަޔަކު ނުވެގެން ނޫޅޭ ކަމަށާ، އެބޭފުޅުން އެކަން ނުކުރެއްވީ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ.

"އެއްވެސް ޒަމާނެއްގާ، ގަންނާނެ ބަޔަކު ނެތިގެންނެއް މި ރާއްޖޭގެ ވެރިންނެއް ނޫޅޭ. އެއަށްވުރެ މި ރާއްޖޭގެ ރައްޔިތުންނަށްޓަކާ، މި ރާއްޖޭގެ މުސްތަޤުބަލަށްޓަކާ، މި ޜާއްޛޭގެ ވެރިން، ވިސްނުން އިސްކުރެއްވީ. އެބޭފުޅުން ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރެއްވީ. މީގެ ކުރީގާ ވެރިކަން ކުރެއްވީ ރައީސް ޔާމީން ކަހަލަ ވަގުންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިވާކަން ފާހަގަ ކުރައްވާ، މި ޖަލްސާގައި ޝިފާޒް ވިދާލުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރައްޔިތުން، މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު