Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައޫދީ ރަސްގެފާނުގެ ދަތުރުފުޅު

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

2 މާރިޗު 2017 | ބުރާސްފަތި 22:49

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްގެފާނު ވަޑައިގަންނަވަނީ މިމަހު 19 ގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 މާރިޗު 2017 | ބުރާސްފަތި 22:49
ސައޫދީ ރަސްގެފާނު ރައީސް ޔާމީނާއެކު: ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މުއްދަތު ވަނީ އިތުރުކޮށްފައި

ސައޫދީ ރަސްގެފާނު ރައީސް ޔާމީނާއެކު: ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މުއްދަތު ވަނީ އިތުރުކޮށްފައި

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ރަސްމީ އެއްވެސް ކަމެއް ކުރިން ރޭވިފައި ނުވާ ކަމަށާއި އެދަތުރުފުޅަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަން ރާއްޖެ އެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވަނީ މިސަރަހައްދުގެ ބައެއް ޤައުމުތަކަށް ކުރައްވާ މަހެއްހާ ދުވަހުގެ ދިގު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗުއްޓީ ހޭދަ ކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ނަމަވެސް ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޗުއްޓީއެއް ހޭދަކުރައްވަން ނަމަވެސް ބޭރު ޤައުމެއްގެ ވެރިން ފެންވަރުގެ ބޭފުޅަކު ވަޑައިގަންނަވާނަމަ ފޮރިން މިނިސްޓްރީން ހަމަޖައްސަން ޖެހޭ ޕްރޮޓޮކޯލް ތަކެއް ހުންނާތީ ފޮރިން މިނިސްޓްރީއަށް އެދަތުރުފުޅުގެ މައުލޫމާތު ލިބުނީއެވެ. އެއާއެކު ދިވެހި ސަރުކާރުން ވަރަށްބޮޑަށް އެދުމާއެކު ސައޫދީ ރަސްގެފާނު އެކަމަށްޓަކައި ދެދުވަސް ދިވެހި ސަރުކާރަށް ދެއްވީކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖޭގައި ކުރިން ހޭދަކުރައްވަން ހަމަޖެހިފައިވާ މުއްދަތައް ދެ ދުވަސް އިތުރު ކުރެއްވީ އެސަބަބަށްޓަކައެވެ. އެގޮތުން ޗުއްޓީއަށް މަދުވި ދެދުވަހަށް އިތުރު ދެދުވަސް މިހާރު ވަނީ އިތުރު ކުރައްވާފައެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ކުރިން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހޭދަކުރެއްވުމަށް ހަމަޖެހިފައިވާއިރު މިހާރު މިމަހުގެ 28 އާ ހަމައަށް ރަސްގެފާނު ރާއްޖޭގައި ހުންނަވާނެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު މާލެއަށް ވަޑައިގަތުމާ ދިމާކޮށް ރަސްމީ ފާލަމުގެ ތެރެއަށް ކާރު ވެއްދޭ ގޮތަށް އެފާލަން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އެކަން ކުރެއްވި ފަހުން މިހާރު އަންގަވާފައިވަނީ ސައޫދީ ރަސްގެފާނު މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށެވެ. ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ 3 ރިސޯޓެއް 13 ދުވަހަށް ވަނީ ބުކްކޮށްފައެވެ.

ތިން ރިސޯޓް އެއްކޮށް ބުކް ކުރައްވާފައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް