Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ތެލުގެ ވަގު ވިޔަފާރީ ހިންގި ކުންފުންޏާ ރައީސް ޔާމިންއާ ގުޅުން އޮތް ކަމަށްބުނެ މައްސަލަ އޭސީސީއަށް

ގްރީން ބޮކްސްގެ ބޯޓުތަކުން ޑިކްލެއަރ ނުކޮށް ރާއްޖެއިން ތެޔޮ ބޭރުކޮށްފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2018 | ހޯމަ 15:34
ތެލުގެ ވަގު ވިޔަފާރީ އާއި ރައީސް ޔާމިން ގުޅުން އޮތްވަރު ކަމަށްބުނެ އާންމު ކޮށްފައިވާ ފޮތެއްގެ ބޭރުގަނަޑު

ތެލުގެ ވަގު ވިޔަފާރީ އާއި ރައީސް ޔާމިން ގުޅުން އޮތްވަރު ކަމަށްބުނެ އާންމު ކޮށްފައިވާ ފޮތެއްގެ ބޭރުގަނަޑު

ދިވެހި ދިދަ ޖަހައިގެން ތެލުގެ ވަގު ވިޔަފާރި ހިންގިކަން ފަޅާއަރާފައިވާ ތެޔޮ ބޯޓްތަކުގެ ކުންފުންޏާ ރައީސް އަބްދުﷲ ޔާމިނާއި ގުޅުންހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްބުނެ އެކަން ތަހްގީގު ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދިވެހި ދިދަ ގަވާއިދާ ހިލާފަށް ބޭނުންކޮށްގެން ތެލުގެ ވަގު ވިޔަފާރީ ހިންގި ކަމަށްބުނާ "ޒިން ޔުއާން18" ކުއްޔަށް ހިފައިގެން އުޅެނީ ހޮންކޮންގްގެ ލޯންގް ލައިން އިންޓަރނޭޝަނަލް ޝިޕް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ "ޕްރޮސްޕެރީ" ކިޔާ ބޯޓަކުންވެސް 15 ޖެނުއަރީ 2018ގައި ދިވެހި ދިދަ ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެ އުޅަނދުގައި ރާއްޖެއަށް ނިސްބަތްވާ ތެޔޮ އުފުލާ ބޯޓެއް ކަމުގައިވާ "ޓްރާންސް ފިއުލް11"ގެ ކޯލް ސައިން ބޭނުންކޮށްފައިވާއިރު "ޓްރާންސް ފިއުލް11" އަކީ ކުރީގެ ކާނަލް، މުހައްމަދު ޒިޔާދުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުގައި ހިންގަމުންދާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ބޯޓެއް ކަމަށާއި ރައީސް ޔާމިން ވަނީ އެ ކުންފުނިން ލޯނެއް ބޭނުންވެގެން އެދުމުން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުންނަށް ގުޅުއްވައި އެ ލޯނު ދިނުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ "ގްރީން ބޮކްސް" ކުންފުނީގެ ބޯޓުތަކުގެ ކޯލް ސައިން ބޭނުންކޮށްގެން ތެލުގެ ވަގު ވިޔަފާރީތައް ކޮށްފައިވާއިރު އެ ބޯޓުތައް އެގޮތަށް ހަރަކާތްތެރިވެފައިވާކަން ޓްރާންސްޕޯޓް އޮތޯރިޓީންވެސް ހާމަކޮށްފައިވާ ކަމަށް ހަސަން ލަތީފު ފާހަގަކުރެއްވި އެވެ. އަދި ގްރީން ބޮކްސް ގެ ތިން ބޯޓެއް ގާނޫނާ ހިލާފަށް ފިޖީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ހާމަކޮށްފައިވާއިރު ވެސް މިހާތަނަށްވެސް އެ ކުންފުންޏާމެދު އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާކަމަށް ވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

މި މައްސަލައިގެ ތެރެއިން އިތުރަށް ފާހަގަ ކުރެވުނު ކަންކަން ވިދާޅުވެދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ތަތްގަނޑުތަކެއް ރާއްޖެއިން ބޭރުގައި ހުރެގެން ގްރީން ބޮކްސްގެ މުވައްޒަފަކު ބޭނުން ކުރަމުންދިޔަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ "ގްރީން ބޮކްސް"ގެ ބޯޓުތަކުން ކަސްޓަމްސް އިން ޑިކްލެއަރ ނުކޮށް ގިނަ އަދަދެއްގެ ތެޔޮ ބޭރުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އަނަސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އެގޮތުން 2017 ވަނަ އަހަރުގެ ކުރީކޮޅު 1300 ޓަނުގެ ތެޔޮ ވަނީ ބޭރުކޮށްފައި އެހެން ނަމަވެސް ކަސްޓަމަށް ޑިކްލެއަރ ވެފައިވަނީ އެންމެ 600 ޓަނު. އަދި ޓްރާންސްފިއުލް11 ބޯޓުން 400 ޓަނުގެ ތެޔޮ ބޭރުކޮށްފައިވީ ނަމަވެސް ޑިކްލެއަރ ކޮށްފައިވަނީ އެންމެ 100 ޓަނު،" އަނަސް ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ތެލުގެ އެކި މުއާމާލާތްތައް ކޮށްފައިވާ ކަމަށް ބުނާ ބޯޓުތަކުގެ ވެރިފަރާތް ކަމަށްވާ ގްރީން ބޮކްސްއާ ރައީސް ޔާމިނާ ގުޅުން އޮތް ކަމަށް އެކި ގޮތްގޮތުން ތުހްމަތު ކުރެވޭއިރު އެ މައުލޫމާތުތައް ހިއްސާ ކޮށްފައިވަނީ ގަބޫލު ކުރެވޭވަރުގެ ފަރާތަކުން ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު