Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބް 2018

ރާއްޖޭގައި އުފެދިފައި އޮތީ އެޑްވާންސްކޮށް ވައްކަން ކުރުމުގެ ސަގާފަތް: މެންބަރު ސައުދު

3 ސެޕްޓެމްބަރު 2018 | ހޯމަ 07:16

ދިވެހިން އެޑްވާންސްކޮށް ވައްކަން ކުރާ މީހުން ބަލައެއް ނުގަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2018 | ހޯމަ 07:16
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވާހަކަދައްކަވަނީ

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި މިހާރު އުފެދިފައި އޮތީ އެޑްވާންސްކޮށް ވައްކަން ކުރުމުގެ ސަގާފަތް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައި އޮތް ވައްކަމުގެ ސަގާފަތް ބޭނުން ނުވާ ކަމަށާއި، ދިވެހިން އެޑްވާންސްކޮށް ވައްކަން ކުރާ މީހުން ބަލައި ނުގަންނާނެ ކަމަށެވެ.

ސައުދު ވިދާޅުވީ މިއަދު ދައުލަތް ދުވަމުންދަނީ ގޭންގުތަކުގެ ފަހަތުންނާއި ހިޔާނަތްތެރިންގެ ފަހަތުން ކަމަށެވެ. އަދި ދައުލަތް ތަރުހީބު ދެމުން ދަނީ މާރާމާރީއާއި ވައްކަމާއި ހިޔާނާތަށް ކަމަށާއި، މިއީ ދިވެހި ފަސްގަނޑު ދިރިއުޅޭ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވާ ފަސްގަނޑަކީ ވައްކަން ނުކުރާ ހިޔާނަތްތެރިނުވާ އަމާން އޮމާން އަދުލް އިންސާފު ގާއިމް ވެފައިވާ ދިވެހިރާއްޖެއް، އެއީ ޖަޒީރާ ރާއްޖެ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައްޔިތުން ގޮވަމުންދަނީ އަދުލް އިންސާފަށް ކަމަށާއި، މިގައުމު ހިޔާނަތްތެރިކަމުން މިނިވަން ކުރުމަށް ކަމަށެވެ. ރައީސް ޔާމިން ކިތަންމެ ބާރެއް ހުރިކަމަށް ހީފުޅު ކުރެއްވި ނަމަވެސް އެއީ އެއްވެސް ބާރެއް ހުރި ބޭފުޅެއް ނޫންކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވީ އެއީ އާދައިގެ ބޭފުޅެއް ކަމަށާއި، އާދައިގެ ރައްޔިތެއް ކަމަށެވެ.

ސައުދު ވިދާޅުވީ މިހާރު މިއީ އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަވީ ވަގުތުކޮޅު ކަމަށާއި، ދައުލަތް ބަދަލުކުރުމަށް އެންމެން އެއްގަލަކަށް އަރަންވީ ވަގުތު ކަމަށެވެ. ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ހައްގުތަކާއި، މިގައުމުގެ އަދުލް އިންސާފު ގާއިމް ކުރެވޭނީ ކޯލިޝަންގެ ކެންޑިޑޭޓަށް ވޯޓުދީގެން ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޯލިޝަންގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވަގައި ކުރެއްވި މަސައްކަތްފުޅުން ދިވެހިންނަށް ހޯއްދަވައިދެއްވި ޑިމޮކްރަސީއާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި ގާއިމް ކުރެވިގެންދާނީ ރައްޔިތުންގެ ދައުލަތެއް ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް