Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހުރުމަތެއް ކަނޑައެއް ނުލަން، އެއީ މިސްކިތަކަށް ނުވެ ހުރި ކޮންސްޓްރަކްޝަން ސައިޓެއް: ޝަހީމް

18 އޯގަސްޓު 2018 | ހޮނިހިރު 13:43

އެތަނަކަށް ނުވަންނަ ކަމަށް ޝަހީމް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 އޯގަސްޓު 2018 | ހޮނިހިރު 13:43
ތިނަދޫ އިސްލާމީ މަރުކަޒުގައި ޝަހީމް ހިންގެވި ސިޔާސީ ހަރަކާތް

ތިނަދޫ އިސްލާމީ މަރުކަޒުގައި ޝަހީމް ހިންގެވި ސިޔާސީ ހަރަކާތް | ސޯޝަލް މީޑިއާ

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ހުރުމަތް ކަނޑާލާފައި ނުވާނެ ކަމަށާއި އެތަނަކީ މިސްކިތަކަށް ނުވެ ހުރި ކޮންސްޓްރަކްޝަން ސައިޓެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޝަހީމް ވަނީ ޕީޕީއެމް ސަޕޯޓަރުންނާ އެކު ތިނަދޫ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ފޮޓޯތަކެއް ނަގާފައެވެ. އަންހެނުންނާއި ފިރިހެނުން ގައިގޯޅި ކޮށްގެން ޕީޕީއެމުން ހިންގި އެ ހަރަކާތާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ޝަހީމަށް ވަނީ އަމާޒުވެފައެވެ.

Advertisement - newsAdvertisement

ތިނަދޫ ދެކުނު ދާއިރާގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒަކީ އިމާރާތް ކުރަމުންދާ ތަނެއް ކަަމަށާއި އެތަނުގެ ތެރެއަށް އެބޭފުޅުން ވަދެފައި ނުވާނެ ކަމަށެވެ. އެތަނުގެ ހުރުމަތް ކަނޑާލާފައި ނުވާނެ ކަމަށާއި އެ ބޭފުޅުން އިށީނދެގެން ތިބީ އެތަނުގެ ސިޑިމަތީގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެތަނުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ "ރަން ރީނދޫ ކުލައިގެ ގުއްބާއި މުންނާރު" ދުނިޔެއަށް ދައްކާލުމުން އެ ކަން ހަޖަމް ނުކުރެވިގެން ކަމަށެވެ.

އަޅުގަނޑުމެން އެތާ އެތެރެއަކަށް ވެސް ނުވެސް ވަންނަމު. އަޅުގަނޑުމެން ފޮޓޯއެއް ނެގީ އެތާގެ ބޭރުގަ، ސިޑިމަތީގަ. އެތުނުގެ އެތެރެއަށް އަޅުގަނޑުމެންގެ މީހުން ނުވަދޭ. އެއީ އަދި އިމާރާތް ކުރަމުންދާ ތަނެއް. އެއީ އަދި ނިމިފަ ހުރި ތަނެއް ނޫން. އެއީ ކޮންސްޓްރަކްޝަން ސައިޓެއް. އެތަނަށް ޒިޔާރަތް ކުރީ އެތަން ބަލަން. ހަގީގަތުގަ ވީގޮތަކީ އެ ބޮޑު ހައިބަތުން ފުރިގެންވާ އިސްލާމީ ބިނާ، ދުށުމަށް އެ މީހުންގެ ހިތްތައް ނުކުޅެދުން. ހަގީގަތުގަ ވީގޮތަކީ އެ ބޮޑު ހައިބަތުން ފުރިގެންވާ އިސްލާމީ ބިނާ ދުށުމަށް އެ މީހުންގެ ހިތްތައް ނުކުޅެދުނީ. އެ މީހުން އެތަނަށް އެއްވެފައި ތިބި މީހުންގެ އެ ފޮޓޯ އެ މީހުންނަށް ހަޖަމު ނުކުރެވުނީ.

އަންހެން ވެރިންނާ އެކު އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ޝަހީމް ފޮޓޯ ނަގާފައި. ފޮޓޯ/ ޓްވިޓަރ

ޝަހީމް އެހެން ވިދާޅުވިއިރު، ސޯޝަލް މީޑިއާގައި ފެންނަ ފޮޓޯތަކުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީޝާޓުތަކެއް ލައިގެން ތިބި މީހުންނާއެކު ޝަހީމް ފޮޓޯ ނަގާފައި ވަނީ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައެވެ.

އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވިދާޅުވީ ޝަހީމްގެ އެ އަމަލަކީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް