Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ ޓީވީ

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

މިއީ ނޫސްވެރިންނަށް ބިރު ދެއްކުމާއި ނޫސްވެރިކަން ހުއްޓުވާލުމަށް ކުރަމުންދާ ކަމެއް: ފިޔާޒް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 ޖެނުއަރީ 2017 | ހޯމަ 18:49
 "ނުހައްގުން އަދަބު ނުދީ" ބޯޑް ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ މިއަދު ލިޔުއްވަނީ.

"ނުހައްގުން އަދަބު ނުދީ" ބޯޑް ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ މިއަދު ލިޔުއްވަނީ.

ބިރު ދައްކުމުގެ ގޮތުން އަސްލެއް ނެތް ދައުވާކޮށްގެން ރާއްޖެ ޓީވީ މަންޒަރާއި އަޑެއް ކަނޑުވައެއް ނުލެވޭނެ ކަމަށާއި ނޫސްވެރިން ޖަލަށް ލިޔަސް ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމުގައި ރާއްޖެޓީވީ އޮތީ ސާބިތުކަމާއެކު ކެރިގެން ކަމަށް މި ސްޓޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒް މޫސާ މިއަދު ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އަސްލެއް ނެތި ކުރާ ދައުވާތަކާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން "ނުހައްގުން އަދަބު ނުދީ" މިޝިއާރުގެ ދަށުން ބޭއްވި ޝުއޫރު ފާޅު ކުރުމާއި ސޮއިކުރުމުގެ ހަފްލާ ފައްޓަވަމުން ފިޔާޒު ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިންނަށާއި ރާއްޖެ ޓީވީއަށް ކުރަމުންދާ ދައުވާތަކަކީ ކަނޑައެޅިގެން ޖެއްސުން ކުރުމާއި ދުއްތުރާ ކުރަމުން ދިއުން ކަމަށާއި މިއީ އެއްވެސް އަސްލެއް ނެތް ދައުވާތަކެއް ކަމަށެވެ. މިއީ ނޫސްވެރިންނަށް ބިރު ދެއްކުމާއި ނޫސްވެރިކަން ހުއްޓުވާލުމަށް ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިމަހުގެ 29 ވަނަ ދުވަހު ޝަރީއަތަށް ހާޒިރުވާން ޖެހޭ ފިޔާޒް ވިދާޅުވި ގޮތުގައި، ވިސާމް އާއި ޒަރީރުގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާއިރު، އެއީ އަސްލެއް ނެތް ދައުވާއެއްކަން އެނގެނީ އެ މީހުންނާއެކު ހައްޔަރުކުރި ސަރުކާރަށް ތާއިދު ކުރާ ޓީވީއެއްގެ ނޫސްވެރިޔަކަށް އެއްވެސް ފިޔަވަޅެއް ނޭޅުމެވެ. އަދި ނޫސްވެރިންނާއިމެދު މީޑިއާ ރެގިއުލޭޓްކުރާ ބްރޯޑްކޯސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ފިޔަވަޅު އަޅާއިރު، ނޫސްވެރިންނަށް ނުހައްގު އަދަބުދޭ ދިނުމާމެދު އެއްވެސް ބަހެއް ނުބުނެ ހަނުހުންނާތީވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ނޫސްވެރިންނަށް ހުރަސް އެޅީ ފިޔަޒު ވިދާޅުވި ގޮތުގައި މުއައްސަސާތަކުން ކަމަށާއި ނޫސްވެރިން ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް ނާޅަ އެވެ.

ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފް ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ޖަލަށް ލުމަކީ ލިބޭ ގެއްލުމެއް ކަމަށާއި ނަމަވެސް ނޫސްވެރިކަމުގެ ތެރެއިން ކަމެއް ކަވަރުކުރަން އުޅުމުގެ ތެރޭގައި ބަންދުކޮށް މިފަދަ އަދަބެއް ނުހައްގުން ދިނުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ޖަލަށް ލެވޭ ރާއްޖެ ޓީވީގެ ނޫސްވެރިންނަކީ ފަޚުރުވެރި ބަތަލުންކަމަށް އަލީ ޔޫސްފް ސިފަ ކުރެއްވިއެވެ.

އަންގާރަ ދުވަހު ރާއްޖެ ޓީވީގެ ޒުވާން ހީވާގި ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނާސިރާއި މުހައްމަދު ވިސާމަށް ހުކުމް ކުރާއިރު ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ކުރާ ދައުވާތަކަށް ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ވަނީ ރާއްޖެޓީވީގެ ބޭރުގައި ހަރުކޮށްފައިވާ ބޯޑުގައި ޝުޢޫރު ފާޅުކޮށް ސޮއިކޮށްފައެވެ. އޭގެތެރޭގައި ޢާއްމު ރައްޔިތުންނާއި ނޫސްވެރިންވެސް ހިމެނެއެވެ.

ލީވާންއާއި ވިސާމްއަށް ހުކުމް ކުރުމުގެ ޝަރީއަތް އޮތީ އަންގާރަ ދުވަހުގެ 13:00 ގައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު