Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރާ ބޭފުޅުން އެމަނިކުފާނަށް ވޯޓެއް ނުދޭނެ: ޑރ. ޑީޑީ

16 އޯގަސްޓު 2018 | ބުރާސްފަތި 21:20

ވައްކަމުން ގެންނަ ތަރައްގީ ދިވެހިން ގަބޫލު ނުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2018 | ބުރާސްފަތި 21:20
ރާއްޖެޓީވީގެ ފަލަސުރުހީގައި ޑރ. ޑީޑީ

ރާއްޖެޓީވީގެ ފަލަސުރުހީގައި ޑރ. ޑީޑީ

ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރާ ބޭފުޅުން ވެސް އެމަނިކުފާނަށް ވޯޓު ނުދޭނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ރައީސް ޔާމިން ވައްކަމުން ގެންނަ ތަރައްގީ ދިވެހިން ގަބޫލު ނުކުރާ ކަމަށެވެ. އެގޮތުން ރައީސް ޔާމިންގެ އަހިރުގައި މަސައްކަތް ކުރައްވާ ދަރުބާރުގެ ފެކްޝަން ބޭފުޅުން އެމަނިކުފާނަށް ވޯޓު ނުދޭނެ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނަ ވިދާޅުވީ ދަރުބާރުގެ ފެކްޝަނުން ލީކުވާ ވީޑިއޯތަކުން ވެސް ރައީސް ޔާމިނަށް އެބޭފުޅުން ތާއީދު ނުކުރާކަން ކަށަވަރުވާ ކަމަށެވެ. ޑރ.ޑީޑީ ވިދާޅުވީ ރައީސް ޔާމިނަށް އިތުބާރު ކުރައްވާ ނަމަ އެބޭފުޅުން އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާ އަށް ލީކު ނުކުރާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. ޑީޑީ ވިދާޅުވީ ރައީސް ޔާމިންއަކީ އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ގެކޮޅަށް ވަތް ކަމަށް އަމިއްލައަށް ރައްޔިތުން ކުރިމަތީގައި އިއުތިރާފްވި ބޭފުޅެއް ކަމަށާއި، މިވަރުން މިސަރުކާރުން ރައްޔިތުންނަށް ހަރާންކޯރުވާފައިވާ މިންވަރު އެނގޭ ކަމަށެވެ.

"އެންޓިކޮރަޕްޝަން ވިދާޅުވި އެމްއެމްޕީއާރްސީސީ 16 މިލިއަން ރުފިޔާ ޖަމާކޮށްފައި ހުރި ކަމަށް. ރައްޔިތުން ތިބީ ވަރަށް ގާތުން ބަލަން. ރައްޔިތުންނަށް އޮޅުވާނުލެވޭނެ. ޔާމިންގެ އަނިޔާވެރިކަމާއި ކޮރަޕްޝަނަށް. ހަރާންކޯރުވެފައި މިންވަރު ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ. ވަޒީފާގެ ބިރުވެރިކަން ދެއްކި ނަމަވެސް ވޯޓުން ބަލިކުރާނަން." ޑރ.ޑީޑީ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޕްރޮޑަކްޓް މާބޮޑަށް އިސްތިހާރު ކުރަން ނުޖެހޭ ކަމަށާއި، އެޕްރޮޑަކްޓްގެ މަތިވެރި މާތް ސިފައިގެ ސަބަބުން މިހާރު ވެސް އެތަކެއް ރައްޔިތުންގެ ލޯބި ލިބިފައިވާ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކާއި ވާދަކުރައްވާ ޕްރޮޑަކްޓަކީ ކުނިވެ ފުޅަ އަޅާފައި އޮތް ޕްރޮޑަކްޓެއް ކަމަށާއި، އެޕްރޮޑަކްޓް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރަށް ޑރ. ޑީޑީ ވިދާޅުވީ ރައީސް ޔާމިންއަކީ ރައްޔިތުންނަށް ވާވައުދު ފުއްދަވާ ބޭފުޅެއް ނޫން ކަމަށާއި، ފަސް އަހަރުގެ ވެރިކަން ނިމެންކައިރި ވަމުންދާއިރު ވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

މަސްވެރިންނަށް މިސަރުކާރުން ދޭން ވައުދުވި ދިހަ ހާސް ރުފިޔާ އާއި، ދަނޑުވެރިންނަށް ދޭން ވައުދުވި އަށްހާސް ރުފިޔާއާއި، އަލަތު ކައިވެނި ތަޅުދަނޑިއަށް ވީގޮތް ނޭނގޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ވައުދުވި ރިސޯޓުގެ ހިއްސާއަށް ވީ ގޮތް ވެސް ނޭނގޭ ކަމަށް ޑީޑީ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް