Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގު ހެދުން

ސިނަމާލެ ބްރިޖާއި ގުޅިފައިވާ މާލޭގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

ހުޅުމާލެ ފެރީ ޓާމިނަލުން މެރީބްރައުންއާ ހަމައަށް ތާރުއެޅުމަށް ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2018 | ބުރާސްފަތި 17:33
ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުގައި ތާރު އަޅަނީ- ފޮޓޯ: ހައުސިން މިނިސްޓްރީ

ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުގައި ތާރު އަޅަނީ- ފޮޓޯ: ހައުސިން މިނިސްޓްރީ

ހުޅުލެއާއި މާލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖާއި ގުޅިފައިވާ މާލޭގެ މަގުތަކުގައި ތާރު އަޅަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖް ނިންމެންވާއިރަށް ބޮޑުތަކުރުފާނުމަގު ތާރުއަޅަން ނިންމާފައިވާ ބައި ތާރުއެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިއުމަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލެ ޓާމިނަލުން ފެށިގެން މެރީބްރައުންއާ ހަމައަށް ތާރުއަޅަން ނިންމާފައިވާއިރު މިހާރު ތާރުއަޅަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ފެށިގެން ގާދޫ ބިލްޑިންނާ ހަމައަށެވެ. އަދި ތާރުއެޅުމުގެ މަސައްކަތް ބާރު ސްޕީޑްކުރިއަށްދާނެ ކަމަށާއި، ބުރިޖް ހުޅުވެންވާއިރަށް މިމަސައްކަތް ނިންމޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވެސް ވަނީ ނިންމައިފައެވެ. ބްރިޖަށް ދަތުރުކުރާ މައި މަގުތައް ފުޅާ ކުރާ އިރު މަގުގެ ކޮންމެ ފަރާތެއްގައި ދެ މީޓަރުގެ ޕޭވްމަންޓެއް އޮންނާނެ އެވެ.

މި މަގު ތަރައްގީ ކުރުމުގެ މަސައްކަތާ އެކު އާޓިފިޝަލް ބީޗުގެ ސްޓޭޖް ނަގާ އެސަރަހައްދުގެ ހުރިހާ ގަހެއް ވެސް ވަނީ ކަނޑާލާފައެވެ. އެކަމަކު މިމަގުގެ ހެދުމުގެ މަޝްރޫއު ނިމުމުން ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު