Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޭވައްލާ ޖަލްސާ

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

މިއަހަރުގެ ތެރޭގައި ތިލަފުށީގައި ކުނިއަންދަން ފެށޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2017 | ހުކުރު 01:27
ރައީސް ޔާމީންނާއި އެމްޑީއޭގެ ލީޑަރު ސިޔާމް

ރައީސް ޔާމީންނާއި އެމްޑީއޭގެ ލީޑަރު ސިޔާމް

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް މިހާރު ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރުމަށް "ހޭވައްލާ" ނަމުގައި ކާނިވަލް ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި ތިލަފުށީގައި ޒަމާނީ ގޮތެއްގައި ކުނި އެންދުމުގެ އިންތިޒާމް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.

"އެ ކުނީގެ މައްސަލަ ދާއިމަށް މި އޮތީ ހައްލަކުރެވިފައި، އަދި އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި މި މަސައްކަތް ކުރެވޭތޯ މި ބަލަނީ ، މި ކުނި އެންދުމުގެ ނިޒާމް ކައިރީގައި މިއޮތް ތިލަފުށީގައި ގައި ގާއިމްކުރެވޭތޯ" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރަކުން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ އެއްކަންތައް ކަމަށާއި ރަގަނގަޅު ސިއްޙަތެއްގައި ތިބުމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަން ފަސޭހަކަން ހޯދާއި ދިނުމަށްޓަކައި ކުނީގެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕީޕީއެމުން ސަރުކާރާ ހަވާލުވިއިރު ކުނީގެ މައްސަލަހައަށް ހައްލެއް ހޯދިފައިނުވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.އެގޮތުން ކުނިމެނޭޖްކުރުމަށް ބޭރުގެ ކުންފުންޔަކާއި ހަވާލުކުރިތާ ތިން އަހަރުވެގެން ދިޔައިރުވެސް އަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ބޭރުގެ ކުންފުންޏަކަށް މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން މުހިންމު ވާނެތޯ ސުވާލު އުފައްދައި ވާހަކަފުޅު ދައްކަވާފައެވެ.

"މި މުހިންމު ކަންތަން ވެސް މި ވަނީ ބޭރު ބަޔަކާއި ހަވާލުކޮށްފައި، އަޅުނގަޑުމެންގެ އަތުން ފައިން އަޅުގަނޑުމެންގެ ސަލާމަތަށް، ކުރަން ބޭނުންވާ މަސައްކަތެއް އަދި ބޭރު ބަޔަކާއި ހަވާލުކުރިޔަސް އަދި އެކަމެއް ނުވާނެ ، އެއީ ކުނޑަ ހަނގުރާމައެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ގެންނަ ތަރައްގީއަކީ ރާއްޖޭގެ އެތަން މިތަނުގައި ކޮންކްރީޓް ޖަންގައްޔެއް ބިނާ ކުރުން ނޫން ކަމަށެވެ.

މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށި

މާލޭގައި ކުނީގެ މައްސަލަ ބޮޑުވެ، ހައްލުތަކެއް ނުހޯދި އެތައް ދުވަހެއް ވެފައިވާއިރު މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށި އެވެ. އެހެން ނަމަވެސް އެތަށް ދުވަހެއްވީ އިރުވެސް އެ މަސައްކަތް ނުފެށިފައިވުމުން މިހާރު އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެމްކޯއާއެވެ. ވެމްކޯ އިން ވަނީ ކުނީގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީކުރުމާއި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު