Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާދަރީ ބަހުގެ ދުވަސް

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހަކީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 ފެބުރުއަރީ 2017 | އަންގާރަ 11:17
ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަނީ

ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަނީ

މާލޭގެ ގިނަ ސްކޫލުތަކުގައި ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހާ ގުޅޭ ތަފާތު މުބާރާތްތަކާ، ތަފާތު ކުޅިވަރުގެ އިތުުރުން ދިވެހި ބަސްތައް ދަސްކޮށްދިނުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މަޖީދިއްސާ ސްކޫލުގައި ކުރިއަށްދާ ހަރާކާތްތަކާ ގުޅޭ ގޮތުން އެ ސްކޫލު ދިވެހި ލީޑިން ޓީޗަރ، މުހައްމަދު ވަހީދު ނަޖީބު ވިދާޅުވީ، މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެނީ އިހު ޒަމާނުގައި ބޭނުންކުރި ތަކެއްޗާއި، އެތަކެތީގެ ނަމުގެ އިތުރުން އާ ބަސްތަކެއް ކުދިންނަށް ދަސްކޮށްދީ، ކިޔަވާ ކުދިންނަކީ ބަހަށް ފަރިތަ ކުދިންތަކަކަށް ހެދުމަށް ކަމަށެވެ.

މީގެ އިތުރުން މާލޭގެ ހުރިހާ ސްކޫލެއްގައި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބަހުސް މުބާރާތްތަކާ، ޅެން ހެދުމުގެ މުބާރާތްތަކުގެ އިތުރުން، ވާހަކަދެއްކުމުގެ މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ސުކޫލުތަކަށް މިއަދު ކުދިން ދިޔައީ ދިވެހި ހެދުމުގައެވެ.

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 21 އަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށް ވާއިރު މި އަހަރުގެ ޝިއާރަކީ "ގިނަ ބައްސަ ތައުލީމުގެ ވަސީލަތުން ދެމެހެއްޓެނިވި މުސްތަގްބަލުތަކަށް" އެވެ. މިއީ ބައިނަލްއަގްވާމީ މާދަރީ ދުވަސް ފާހަގަކުރާ 17 ވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު