Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ކުނީގެ މައްސަލަ

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

ޒޯން 2،3 ގެ ކުނި އުފުލަން ފަށާނީ މާރޗު މަހު 1 ވަނަ ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 14:10
ވެމްކޯ އިން ކުނި އުފުލުމަށް ގެނައި އުޅަނދުތައް

ވެމްކޯ އިން ކުނި އުފުލުމަށް ގެނައި އުޅަނދުތައް

ޒޯން ދޭއް އަދި ތިނެއްގެ ގޭބީސީތަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ކުނި އުފުލުމުގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

މާލެ 10 ޒޯނަކަށް ބަހާލައިގެން ކުނި އުކާލުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާ އިރު މިދިޔަ ހަފްތާގެ ތެރޭގައި މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުކާލުމާ ގުޅޭ މަސައްކަތް ވަނީ ފަށާފައެވެ. ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުގެ ނިއަލަށް ހުޅުވާލާފައިވާ ކަމަށް ވެމްކޯ އިން ބުނެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފުއާދު ވިދާޅުވީ، ވެމްކޯ އިން ކުނި އުފުލުމުގެ ޚިދުމަތް މާލޭގެ ގޭބީސީތަކަށް ފޯރުކޮށްދޭ އިރު ޒޯން ދޭއް އަދި ތިނެއްގެ ކުނި އުފުލުމަށް ރަޖިސްޓަރ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ދެ ޒޯނުން ރަސްމީކޮށް ކުނި އުފުލަން ފަށާނީ މާރޗު 1 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހަމައެކަނި ކުނި އުކުމުގެ މަސައްކަތް ކުރަމުންދަނީ ޒޯން އެކެއްގެ ސަރަހައްދުގައެވެ. ޒޯން އެކެއްގައި ހިމެނެނީ ހެންވޭރުން ކަލާފާނު ސްކޫލާއި އަޑިޕާކު ސަރަހައްދެވެ.

މާލޭ ސަރަހައްދުގެ ޒޯން ދޭކަކީ ހެންވޭރު ހުޅަނގަށްވާ ޓީވީ ކޮށި ސަރަހައްދެވެ. އަދި ޒޯން ތިނަކީ ހެންވޭރު އިރުމައްޗަށް، މަޖީދީ މަގާ ވީ ފަޅިއެވެ.

މި ސަރަހައްދުތަކުގައި ކުނި އުފުލުމައްޓަކާ 240 ކިލޯގެ ތަކެތި އުފުލޭ 20 ޓްރައިސައިކަލާއި 2.5 ޓަނުގެ ތަކެތި އުފުލޭ 10 ކޮމްޕެކްޓް ޓްރަކް ގެނެސްފައި ވެއެވެ.

ޓްރައިސައިކަލް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހަނި ގޯޅިތަކުގައި ކުނި އުފުލުމަށް ކަމަށް ވެމްކޯ އިން ބުނެއެވެ. މީގެ އިތުރުން މަރޗު މަހުގެ ތެރޭގައި ކުނި އުފުލުމަށް އިތުރު އުޅަނދުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ. އެގޮތުން 1.5 ޓަނުގެ ކޮމްޕެކްޓް ޓްރަކާއި ޑަންގް ޕިކަޕް ގެނައުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މާލޭގައި ކުނި އުފުލުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާ އިރު ގެއަކުން ވަކިން ކުނި އުފުލާ ނަމަ 150ރ. ގެ ފީއެއް ނަގައެވެ. އަދި ވަކި ވަކި ބިލްޑިންތަކުން އެއްކޮށް ކުނި ނަގާ ނަމަ ކޮންމެ ގޭބީސީއަކުން 100ރ.ގެ ފީއެއް ދައްކަންޖެހެއެވެ.

މާލޭގައި ކުނީގެ މައްސަލަ ބޮޑުވެ، ހައްލުތަކެއް ނުހޯދި އެތައް ދުވަހެއް ވެފައިވާ އިރު މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށިއެވެ. އެހެން ނަމަވެސް އެތަށް ދުވަހެއްވީ އިރުވެސް އެ މަސައްކަތް ނުފެށިފައިވުމުން އެ އެއްބަސްވުން ބާތިލުކޮށް މިހާރު އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެމްކޯއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު