Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހު ވަކިކުރުން

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

މެންބަރުންނަށް އެކި ހުށަހެޅުން އެބައާދޭ. އެކިކަހަލަ ފިއްތުންތައް އެބައާދޭ. އެކިކަހަލަ އިންޒާރު އެބަލިބޭ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 18:21
ގުޅިފައިވާ ޕާޓީތަކުން ބުދަދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް

ގުޅިފައިވާ ޕާޓީތަކުން ބުދަދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް

ގުޅިފައިވާ ޕާޓީތަކުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުލުމުގެ ކުރިން ކޮށްފާނެ ކަންތައްތަކަކަށް ތައްޔާރަށް ތިއްބެވި ކަމަށާއި ޕްލޭން ބީއެއް ވެސް އެބައޮތް ކަމަށް އެޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތައް ކަމުގައިވާ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

މިމަހުގެ 27 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ކަންތައްތަކެއް ހިނގާފާނެ ކަމަށާއި މެންބަރުންނަށް ތަފާތު ކަންތައްތަކަކާ ކުރިމަތިލާން ޖެހުމަކީ ފެންނަ މަންޒަރުތަކަށް ބަލާއިރު ގާތް ކަމަކަށް ވާތީ އެކަންކަމަށް ތައްޔާރުތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން ގުޅިފައިވާ ޕާޓީތަކުން ވިދާޅުވީ މަސައްކަތްކުރަމުން ދަނީ އެކަންކަން އެނގިތިބެގެން ކަމަށެވެ. އެ ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވީ މިއަދުގެ ޙާލަތަކީ އެއީ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

ފާރިސް ވިދާޅުވީ މިހާރު މިއޮތް ހާލަތަށް ބަދަލު ގެންނަން ޖެހޭކަމުގެ އިތުރު ހެކި އެދައްކަވަނީ އެފަރާތުން [ސަރުކާރުން] ކަމަށެވެ.

"ސިޔާސީ ނުފޫޒުގެ ތެރެއިން ކަންކަން ނިމިގެންދާ ތަން މިފެންނަނީ. ވަކި ކޮމިޝަނެއް ނެތް. ވަކި އިދާރާއެއް ނެތް. ސަރުކާރުގެ ވަކި އޮފީހެއް ނެތް. ކޮންމެ ތަނަކުން ވެސް މިއަންނަނީ ސިޔާސީ ގޮތުން އަންނަ އެންގުން ތަކެއް. މިނިވަންކަމާއެކީގައި ވިޔަފާރިކުރުން ވެސް މިރާއްޖޭގައި މިހާރު އޮތް ކަމަކަށް ގިނަ މީހުން ޤަބޫލެއް ނުކުރޭ. އަޅުގަނޑުމެންގެ ތެރެއިން އެކި މެންބަރުންނަށް އެކި ހުށަހެޅުން އެބައާދޭ. އެކި ކަހަލަ ފިއްތުންތައް އެބަ އާދޭ. އެކި ކަހަލަ އިންޒާރު އެބަ ލިބޭ. މިކަމުގައި ދެން އަޅުގަނޑުމެން ބެލިއިރުގައި 42 އެއީ ހިސާބު ޖެހިއިރުގައި ހާޒިރުވެ ވޯޓު ދޭން ޖެހޭ އަދަދު. ﷲ ގެ އިރާދަފުޅުން އެއަށްވުރެ ގިނައަދަދަކަށް އަޅުގަނޑުމެންނަށް ތާއީދު އެބައޮތް. އިރާކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެއަށްވުރެ ބޮޑު އަދަދަކުން ކާމިޔާބު ލިބޭނެ. އެހެން ނަމަވެސް ބާކީ އޮތް 5 ދުވަހުގެ ތެރޭގައި އެކިކަހަލަ ކަންކަން ހިނގާނެ. އެކި މެންބަރުންނާމެދު އެކި ތުހުމަތު ކުރެވި ނޫނިއްޔާ ހަޤީގަތެއް ނެތް ކަންކަމާމެދުވެސް އެކި ކަހަލަ ކަންކަން ހިންގާނެ،" ފާރިސް ވިދާޅުވިއެވެ.

އެކަންކަމަށް ކިހާވަރަކަށް ތައްޔާރުތޯ އާއި އެކަން ހައްދުފަހަނައަޅާ ހިނގައްޖެނަމަ ދެވަނަ ޕްލޭނެއް އެބައޮތްތޯ ރާއްޖެ އެމްވީން ދެންނެވުމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް ވިދާޅުވީ ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ޕްލޭން ބީވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭން ބީ އެބައޮތް އެނގޭތޯ. އަޅުގަނޑުމެން ޤަބޫލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށް އެނގޭތޯ. މިސަރުކާރުން ކޮށްފާނެ އެންމެ އަނިޔާވެރި ކަންތައްތަކާމެދު އަޅުގަނޑުމެން ދެނަހުރީމު. އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާ އެބަކުރަން. އަދި އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު އަބަދުވެސް ޤަބޫލު ކުރަނީ ހައްޤަށް ނަސްރު ލިބޭނެ ކަމަށް" ރިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެން މި ތިބީ މި މަސައްކަތުގައި ފުރާނަ ދުއްވާލަން ތައްޔާރަށް: ގަފޫރު

އަޅުގަނޑުމެން މި ތިބީ މި މަސައްކަތުގައި ފުރާނަ ދުއްވާލަން ތައްޔާރަށް: ގަފޫރު

13 ޖުލައި 2017
މެމްބަރުންނަށް ފާހަގައެއް ޖަހާފައިވާ ޑޮލަރުތަކެއް،ހައްޔަރުކޮށްފާނެ، ސަމާލުވޭ!

މެމްބަރުންނަށް ފާހަގައެއް ޖަހާފައިވާ ޑޮލަރުތަކެއް،ހައްޔަރުކޮށްފާނެ، ސަމާލުވޭ!

06 ޖުލައި 2017
ފިސްތޯލައިގެ ހަޤީޤަތް ހާމަކޮށްދެއްވަން އަދީބު ހުންނެވީ ތައްޔާރަށް!

ފިސްތޯލައިގެ ހަޤީޤަތް ހާމަކޮށްދެއްވަން އަދީބު ހުންނެވީ ތައްޔާރަށް!

29 ޖޫން 2017
ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

26 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު