Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީ

އެމްއައިބީއިން ދެ އޭޓީއެމް ހުޅުވައިފި

މިއަދު ހުޅުވިގެން ދިޔައީ އެމްއައިބީގެ 12ވަނަ އޭޓީއެމް

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2018 | ހޯމަ 06:33
އެމްއައިބީގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްއައިބީގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަމީނީ ބިލްޑިންގް ކައިރީގައި ގާއިމްކުރި ދެ އޭޓީއެމް ހުޅުވައިފިއެވެ.

އަމީނީމަގުގައި ގާއިމުކުރި އެ ދެ އޭޓީއެމް ހުޅުއްވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާއެވެ.

އޭޓީއެމް ހުޅުއްވައިދެއްވުމަށްފަހު ރިޒާ ވިދާޅުވީ މިއަދު ހުޅުވާފައިވަނީ އެ ބޭންކްގެ 12 ވަނަ އޭޓީއެމް ކަމަށެވެ. މިހާރު ވެސް އާ އޭޓީއެމްތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ އެ އޭޓީއެމްތައް ގާއިމްކުރި ސަރަހައްދަކީ ބިމުގެ ޖާގަދަތި ސަރަހައްދެއް ކަމަށާއި، އެމްއައިބީއަށް އޭޓީއެމްއެއް އަމީނީ ބިލްޑިންގް ކައިރީގައި ގާއިމްކުރެވުނީ އެމްއެންޔޫގެ ދީލަތި އެހީގެ ސަބަބުން ކަމަށެވެ.

"އެމްއެންޔޫގެ މިސަރަހައްދުގައި ދެއޭޓީއެމް މިހުޅުވުނީ ވަރަށް މަސައްކަތުން. މިސަރަހައްދުގައި ވެސް މީގެ ކުރިން އޭޓީއެމްއެއް އޮޕަރޭޓް ކުރިން. އެކަމަކު ދިމާވި ސަބަބުތަކާހުރެ އަޅުގަނޑުމެން އޭޓީއެމް ކްލޯސްކޮށްލަން ޖެހުނީ. ދެން މިސަރަހައްދުން ރަނގަޅު ލޮކޭޝަނެއް ލިބޭތޯ މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް އެމްއެންޔޫއިން ދީލަތި އެހީއާއެކު މިސަރަހައްދުން ސްޕޭސެއް ދެއްވި" ރިޒާ ވިދާޅުވިއެވެ.

އަމީނީ ބިލްޑިންގ ސަރަހައްދަކީ އޮފީސްތަކާއި، ޔުނިވާސިޓީ، ކޮލެޖް، އަދި ސްކޫލު ކުދިން ވަރަށް ގިނަ ސަރަހައްދެންކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ މިއޭޓީއެމްތަކުގެ ސަބަބުން އާންމުންނަށް އެތައް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ރިޒާ ވިދާޅުވީ މާލެ ސިޓީގައި ގިނަ އޭޓީއެމްތައް ބަހައްޓަން މަސައްކަތް ކުރި ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭޓީއެމް ބަހައްޓާނެ އެކަށީގެންވާ ބިން ނުވަތަ ޖާގަ ނުލިބުން ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އެމްއައިބީގެ އޭޓީއެމްތައް އިތުރުކުރާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

އެމްއައިބީ އިން މިއަދު ހުޅުވި އޭޓީއެމްތައް ބޭނުންކުރާ ފަރާތްތަކަށް ތިން ބަހެއް ހިޔާރު ކުރެވޭނެއެވެ. އެއީ ދިވެހި ބަހާއި، އިނގިރޭސި ބަހުގެ އިތުރުން ބަންގްލަދޭޝް ބަހެވެ.

އެމްއައިބީގެ ކާޑު ބޭނުންކޮށްގެން، އެ ބޭންކްގެ އޭޓީއެމްތަކުން އެއް ފަހަރާ 10،000 ރުފިޔާ ނެގޭއިރު ދުވާލަކު 20،000 ރުފިޔާ ނެގޭނެ ކަމަށް އެމްއައިބީއިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި

10 އެޕްރީލު 2017
ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު