Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި

މިއީ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 އެޕްރީލު 2017 | ހޯމަ 07:17
ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބެހެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބެހެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސްއިން ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ދަރަވަންދޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިއާ އޭޓީއެމްގެ ޚިދުމަތް ދަރަވަންދޫގައި ފަށާފައި މިވަނީ ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށާއި ބޭންކްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އިއުލާންކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި އާދިއްތަ ދުވަހުއެވެ.

އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައި ވިޔަސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްއަކާ އެކު ދަރަވަންދޫގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި އިގްތިސާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރު ކުރިޔަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ދުވަހެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 84 އޭޓީއެމް، 26 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ޤާއިމްކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ބީއެމްއެލްއިން އޭދަފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި

19 އެޕްރީލު 2018
ބީއެމްއެލްއިން އޭދަފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި
12 ޑިސެމްބަރު 2017

ބީއެމްއެލްއިން ފަރެސްމާތޮޑާގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

12 ޑިސެމްބަރު 2017
ބީއެމްއެލްއިން ފަރެސްމާތޮޑާގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
21 ސެޕްޓެމްބަރު 2017

ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

21 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
31 ޖުލައި 2017

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު