Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް ޑޮލަރު އޭޓީއެމް

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017 | ހޮނިހިރު 11:59

މި ސެންޓަރުގައި ޑޮލަރު ނެގޭ ތިން އޭޓީއެމް ވަނީ ގާއިމްކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 18 ފެބުރުއަރީ 2017 | ހޮނިހިރު 11:59
ބީއެމްއެލް ޑޮލަރު އޭޓީއެމް އިން އެ ބޭންކްގެ ސީއީއޯ ފައިސާ ނެގުން

ބީއެމްއެލް ޑޮލަރު އޭޓީއެމް އިން އެ ބޭންކްގެ ސީއީއޯ ފައިސާ ނެގުން

ޔޫއެސް ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާއިމްކޮށްފައިވާ އޭޓީއެމް ސެންޓަރުގައި ތިން އޭޓީއެމް ބަހައްޓާފައި ވެއެވެ. އެ ސެންޓަރުން ކޮންމެ ދުވަހަކު 640 ޑޮލަރު ނެގޭނެ ކަަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އެ އަދަދު ކަނޑައަޅާފައި ވަނީ ދުވާލަކަށް މެޝިނަކުން ނެގޭ އެންމެ ގިނަ ލިމިޓް ކަމަށްވާ 10،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށް ވެސް ބޭންކުން ބުންޏެވެ. އަދި 50،000ރ. އަށްވާ ވަރަށް ޑޮލަރު ޖަމާކުރެވޭނެ ކަަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ސީއީއޯ އެންޑް ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެ ބޭންކްގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން ބީއެމްއެލް އިން މިއަހަރު އިއުލާނުކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޝަރީފު ފާހަގަކުރެއްވި އެވެ.

" މިފަދަ ސެންޓަރެއް ގާއިމް ކުރުމުން އަޅުގަނޑުމެންގެ ކަސްޓަރަމުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ގާތްގަނޑަކަށް 645،000 ޑޮލަރުގެ ޓްރާންސްސެކްޝަނެއް ވަނީ ހިންގާފަ. އެއީ ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު،" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ޑޮލަރު އެކައުންޓް ގެންގުޅޭ ފަރާތްތަކުން ބީއެމްއެލްގެ މެއިން ބަރާންޗުތަކުން މީގެ ކުރިން ޚިދުމަތް ހޯދިކަމުގައިވީ ނަމަވެސް މި އޭޓީއެމް ޑޮލަރު ސެންޓަރުގެ ސަބަބުން ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ކަސްޓަމަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މިހާރު ވެސް ރާއްޖޭގެ ހުރިހާ ބޭންކްތައް އެއްކޮށްލުމުން ވާވަރަށް ވުރެ ވެސް އަޅުގަނޑުމުންގެ ނެޓްވޯކް ބޮޑު،" ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލް އިން ޑޮލަރަށް ޚާއްސަ އޭޓީއެމްތަކެއް ހުޅުވާފައިވާ އިރު ބީއެމްއެލް ހެޑް އޮފީހުގައި ޑޮލަރު ނެގޭ ދެ އޭޓީއެމް އަދި އެއަރޕޯޓުގައި ޑޮލަރު ނެގޭ އިތުރު އޭޓީއެމެއް ވަނީ ގާއިމްކޮށްފަ އެވެ. އެހެން ނަމަވެސް ބީއެމްއެލް ހެޑް އޮފީހުގައި ބަހައްޓާފައި ހުރި ޑޮލަރު ނެގޭ ދެ އޭޓީއެމް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރުފިޔާ އޭޓީއެމް އަށް ބަދަލުވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިއީ ޑޮލަރަށް ޚާއްސަ އޭޓީއެމް ސެންޓަރެއް ބީއެމްއެލް އިން ގާއިމް ކުރި ފުރަތަމަ ފަހަރުއެވެ. މި ސެންޓަރު ހުޅުއްވައިދެއްވާފައި ވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް"ގެ ނަމުގައި ޚާއްސަ ކެމްފެއިނެއް ފަށާއިގެން ކުރިއަށް ގެންދާ އިރު މި ހިނގާ ފެބުރުއަރީ މަހުގެ ކޮންމެ ދުވަހަކު މުޖުތަމައުއަށް ފައިދާ ކުރާނެ ހަރަކާތެއް ކުރުމަށް ވަނީ ހަމަޖައްސަފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް