Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލްއިން އައްޑޫއަށް އަމާޒުކޮށް އިންވެސްޓްމަންޓްތަކާ ވަޒީފާގެ ފުރުސަތު އިތުރުކުރަނީ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ފެބުރުއަރީ 2017 | އާދީއްތަ 15:02
ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ

ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ

އައްޑޫސިޓީގައި މިއަދު އަލަށް ހުޅުވި ކޮންޓެކްޓް ސެންޓަރުގެ އިތުރަށް، ބޭންކް އޮފް މޯލްޑިވްސްއިން ހިތަދޫ އަދި ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބޭންކުންވަނީ މި ސަރަހައްދުގައި ބޭންކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކޮށް ޖުމްލަ 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަންވެސް އިއުލާންކޮށްފައެވެ.

ގަން ބްރާންޗްގައި ހުންނަވައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހިތަދޫގައި ގާއިމްކޮށް މިއަދު އައްޑޫއަށް ބޭންކުން ކުރާ އިންވެސްޓްމަންޓް މިދަނީ އިތުރުކުރަމުން ކަމަށާއި ހިތަދޫ އަދި ގަން ބްރާންޗްގައި އާ ސެލްފް ސާވިސް އޭޓީއެމްތަކެއް ބެހެއްޓުމުގެ އިތުރުން ގައުމުގެ މި މުހިންމު ސަރަހައްދުގައި މިހުރި ބޭންކްގެ ތިން ބްރާންޗަށް އިންވެސްޓްމެންޓްތައް އިތުރުކުރާނެ ކަމަށެވެ.

މިހުރިހާ ކަމަކާއެކު މި ސަރަހައްދުގައި ވަޒީފާތައް ގާތްގަނޑަކަށް ދެގުނަވެގެންދާނެ ކަމަށްވެސް ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްއިން މި ހަރަކާތްތައް ކުރިއަށް މިގެންދަނީ ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިޔަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.

މި ޕްރޮގްރާމްގައި މި ފެބްރުވަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ކުރާނެ ޚިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު