Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލޭންޑް

ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ފުރަތަަމަ ކެބިނެޓް ބައްދަލުވުން ބާއްވަވައިފި

6 އޯގަސްޓު 2018 | ހޯމަ 08:51

ދަރިފުޅުގެ ކަންކަން ދެން ބަލަހައްޓަވާނީ ފިރިކަލުން ކްލާކް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 އޯގަސްޓު 2018 | ހޯމަ 08:51
ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން 2018 އޯގަސްޓް 6 ގައި ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ވަޑައިގެން ވަޒީރުންގެ މަޖިލީހާ ބައްދަލުކުރައްވަނީ

ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން 2018 އޯގަސްޓް 6 ގައި ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ވަޑައިގެން ވަޒީރުންގެ މަޖިލީހާ ބައްދަލުކުރައްވަނީ

އަންހެން ދަރިކަނބަލެއް ލިބި ވަޑައިގެންނެވުމުން ނެންގެވި ހަ ހަފްތާގެ ޗުއްޓީއަކަށްފަހު ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ހޯމަ ދުވަހު ގާނޫނުހަދާ މަޖިލީހުގެ އިމާރާތަށް ވަޑައިގެންފިއެވެ.

"ބީހައިވް"ގެން ނަން ދީފައިވާ ގާނޫނުހަދާ މަޖިލީހުގެ އެގެޒެކްޓިވް ވިންގުގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ ކެބިނެޓް ބައްދަލުވުން ބާއްވާ ކޮޓަރިކޮޅަށް އެކަމަނާ ވަޑައިގަތުމުން ވަޒީރުންވަނީ މަރުހާބާ ވިދާޅުވެފައެވެ.

އާޑެން ޗުއްޓީގައި ހުންނެވިއިރު ސަރުކާރު ހިންގެވީ އެކަމަނާގެ ލޭބަރ ޕާޓީއާއިއެކު ކޯލިޝަން ހަދާފައިވާ ނިއުޒިލޭންޑް ފަސްޓް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރުގެ ނައިބު ވިންސްޓަން ޕީޓަރސްއެވެ.

ބޮޑުވަޒީރުގެ ނައިބުގެ އަރިހުގައި އިންނަވައި އާޑެންވަނީ، ނިއުޒިލޭންޑްގެ ތާރީޚުގައި ވެރިކަމުގައި ހުންނަވައިގެން ވިހެއުމުގެ ޗުއްޓީ ނެންގެވި ފުރަތަމަ ބޮޑުވަޒީރަކަށް އެކަމަނާ ވެ ވަޑައިގެންނެވުމުގެ ފުރުސަތު ދެއްވީތީ ޕީޓަރސްއަށް ޝުކުރު ދަންނަވާފައެވެ.

"މިދިޔަ ހަ ހަފްތާ އުފާވެރިވަނީ ސިއްހަތު ރަނގަޅު އަންހެން ދަރިފުޅަކު ލިބިގެން އެކަންޏެއް ނޫން، ލިބިފައި މިވާ ވަޒީރުންގެ މަޖިލީހާއި، ނިއުޒީލޭންޑްގެ ރައްޔިތުންގެވެސް ސަބަބުން" ވަޒީރުންނަށް އިޝާރާތްކުރައްވައި އާޑެން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ 1990 ވަނަ އަހަރު އާލާސްވެ އިންނެވިކަން އިއުލާންކުރެއްވި ފަހުން އިންތިޚާބީ މަގާމެއްގައި ހުންނެވި ގައުމެއްގެ ލީޑަރަކު އާލާސްވެ އިންނެވި މިއީ ފުރަތަމަ ފަހަރުކަމުން މިއީ އިސް މަގާމުތައް އަދާކުރަމުންދާ އަންހެނުންނަށް ލިބުނު ކުރިއެރުމުގެ ރަމްޒެއްގެ ގޮތުގައި އެތައް ބަޔަކު ދެކެއެވެ.

އޯކްލަންޑްގައި ހުންނަ އެކަމަނާގެ އަމިއްލަފުޅު ގެކޮޅުގައި ދިރިއުޅުއްވުމަށްފަހު އާޑެން ރަސްމީކޮށް މަސައްކަތަށް ނުކުންނަވާފައިވަނީ ބުރާސްފަތިދުވަހުއެވެ.

ވެރިރަށް ވެލިންގޓަންއަށް ހޮނިހިރުދުވަހު ވަޑައިގަތުމުން ހައި ސްކޫލް ބޭންޑަކުންވަނީ އެއަރޕޯޓުގައި އެކަމަނާއަށް މަރުހަބާ ކިއުމަށް ލަވަ ކުޅެފައެވެ.

އެކަމަނާ ވަނީ ނިދިކުރައްވާފައި އޮންނެވި ތުއްޕުޅު ނީވް ޓިއާރަހާ އުރުއްވާވަޑައިގެން ހުންނަވައިގެން ކުޑަވަގުތުކޮޅެއް މީޑިއާތަކަށް ދެއްވާފައެވެ.

ފިރިކަލުން ކްލާކް ގޭފޯޑްއާއެކު ހުންނަވައި އެކަމަނާ ވިދާޅުވީ ހަފްތާ ބަންދު ހޭދަކުރެއްވީ ދަރިކަނބަލުންނަށް ޚާއްސަކުރައްވައިގެން ބޮޑުވަޒީރުގެ ގެކޮޅުގައި ސެކަންޑް ހޭންޑް ފަރުނީޗަރު ރޭވުމުގައިކަމަށެވެ.

ޗުއްޓީއަށްފަހު އަނބުރާ ބޮޑުވަޒީރުގެ އޮފީހަށް އާޑެން ނިކުމެވަޑައިގަތުމުން ދަރިފުޅުގެ ކަންކަން ބަލަހައްޓަވާނީ ފިރިކަލުން ކްލާކް ގޭފޯޑެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް