Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޒުވާނުންގެ އުއްމީދު

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

އެކަށީގެންވާ ވަޒީފާގެ ފުރުސަތު ނެތް ކަމަށް ގިނަ ޒުވާނުންދެކޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 16 ޖުލައި 2018 | ހޯމަ 17:24
ޒުވާނުންގެ މަރުކަޒުގައި ޒުވާނުންތަކެއް ބިލިއާރޑް ކުޅެނީ

ޒުވާނުންގެ މަރުކަޒުގައި ޒުވާނުންތަކެއް ބިލިއާރޑް ކުޅެނީ

ކިޔަވައިގެން ނުކުންނަ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އެކަށީގެންވާ ގޮތެއްގައި ނެތްކަމީ އަދުގެ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

މޮޅަށް ކިޔެވުމުގެ ބޭނުމަކީ ނުދަރާ އަބުރުވެރި ދިރިއުޅުމެއް އާއިލާއާއިއެކު އުޅެވޭނެވަރުގެ އާމްދަނީއެއް ލިބުން ކަމަށް ގިނަ ޒުވާނުން ބުނެއެވެ. އެމީހުންނަކީ މި ގައުމު ބިނާކުރުމުގައި އެންމެ މުހިއްމު ރައުސުލްމާލެވެ. ގައުމެއް ގައުމަކަށް ވަނީ ޒުނާނުން ހެއުގޮތުގައި ބިނާކުރެވިގެންނެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ޒުވާނުންނަށް އެމީހުން ބޭނުންވާ ދާއިރާއެއްގައި ހާސްކަމެއް ނެތި ހަރަކާތްތެރިވާނެ ފުރުސަތުތައް މަދު ކަމަށް ގިނަ ޒުވާނުން ފާހަގަކުރެއެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގިނަ ޒުވާނުން ފާހަގަކުރިގޮތުގައި އެމީހުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބުމާއި ކުރިއަށް ދާންބޭނުންވާ ދާއިރާތަކުން ވަޒީފާ ނުލިބުމަކީ ވަރަށް ބޮޑު ގޮންޖެެހުމެކެވެ.

މީގެއިތުރުން ވަޒީފާތަކުގައި ބިދޭސީން ގިނަވުމާއި، މުސާރައިގެ ތަފާތުކުރުން ގެންގުޅުމަކީ މަސައްކަތުގެ މާހަލުގައި ކުރެވޭ ފުރައްސާރައެއް ކަމުގަައި އެ ޒުވާނުން ދެކެއެވެ. އަދި އެފަދަ ވާހަކައެއް ވަޒީފާ ދޭ ފަރާތުގެ ސަމާލު ކަމަށް ގެނެސްފިނަމަ އެފަރާތެއް ލޭބަލް ކުރުމަމަކީ ވެސް ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް ކަމަށް ރާއްޖެއެމްވީ. އާއި ވާހަކަ ދެއްކި ގިނަ ޒުވާނުން ފާހަގަކުރެއެވެ.

އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢަށް ބަލަލާއިރު، ގިނަ އަދަދެއްގެ ޒުވަނުން މަގުމަތިވެފައި އެބަތިއްބެވެ. މާނައަކީ ކިޔަވައިގެން ތިބި ނަމަވެސް އެކަށީގެންވާ ވަޒީފާގެ ފުރުސަތެއް ނުލިބި ތިބޭންޖެހުމުން މާޔޫސްވެ، ނޭދެވޭ އެހެނިހެން ކަންކަމުގެ ތެރެއަށް ޒުވާނުން ހުށަހެޅިގެން ގޮސްފައި ތިބިކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އަދި ހަމަ އެހެންމެ މުޖުތަމައު ބަލައި ނުގަންނަ ނޭދެވޭ އަމަލުތަކުގެ ތެރެއަށް އެފަދަ ވަޒީފާނެތް ޒުވާނުން ގެނބިގެންދަނީ ވެސް މަދެއްކޮށެއް ނޫނެވެ. އެގޮތުން ޑްރަގްގެ ވަބާގައި ޖެހި ދިވެހި އެތަށް ޒުވާނުންނެއް ވަނީ މުޖުތަމައުން ބޭރުވެފައި ތިބި ބައެއްގެ ގޮތުގައި ލޭބަލްވެފައެެވެ. އެފަދަ ކުދިން ވެސް އަލުން އަނބުރާ މުޖުތަމައުއަށް ގެނެސް ގައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ޒުވާނުން ގަބޫލުކުރެއެވެ.

ވަޒީފާއެއްގެ ބޭނުމަކީ އެމީހެއްގެ މުހުތާދުތައް ފުދި، މައިންބަފައިންނަށާއި އާއިލާއަށް އޭނާގެ ހާލަލު މަސައްކަތުގެ މުސާރައިން ހައިރާތެއް ކޮށްލައި، ނުދަރާހުރެ ހާސްކަމެއް ނެތި ހަމަ އިސްކޮޅަށް ދެމިލެވުމެވެ. އެކަމަކު ދިވެހި ޒުވާނުންގެ ބޮޑު އާބާދީއެއް ގަބޫލުކުރާ ގޮތުގައި އެކަން އޮތީ އެހެނެއްނޫނެވެ. ދިރިއުޅުމުގެ އަގުތައް އެހާމެބޮޑެވެ. ކައިބޮއެ، ކުލިދައްކާ ހަދާފައި ކޮފީ ބޯލަން ޖެހެނީ ކޮންމެ ވެސް ރަށްޓެއްސެއްގެ ގާތުގައި ސަލާންޖަހައިގެންނެވެ.

މިއީ އަބުރުވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެ އެއްވެސް ޒުވާނަކު އުއްމީދުކުރާނެ ކަމެއް ނޫނެވެ. ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ގައުމުގެ ކަމާގުޅޭ މުއައްސަސާތަކާއި، ވަޒީފާދޭ ފަރާތްތަކުން މިކަންކަމަށް ވިސްނާންޖެހެއެވެ. ޒުވާނުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް އެމީހުންގެ ވާހަކަތައް އަހަންޖެހެއެވެ. އަދި އެމީހުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހެންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި

ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި

07 ނޮވެމްބަރު 2019
އަފްރާޝީމް މަރަށް 7 އަހަރު : އަދިވެސް އިންސާފު ލިބޭނެކަމުގެ އުއްމީދު ގައި!

އަފްރާޝީމް މަރަށް 7 އަހަރު : އަދިވެސް އިންސާފު ލިބޭނެކަމުގެ އުއްމީދު ގައި!

02 އޮކްޓޯބަރު 2019
އެންމެ އުއްމީދީ ނޫސްވެރިޔާ އުއްމީދުން ފުރިފައި

އެންމެ އުއްމީދީ ނޫސްވެރިޔާ އުއްމީދުން ފުރިފައި

18 ސެޕްޓެމްބަރު 2019
"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

02 އޯގަސްޓު 2019
އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން

އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން

01 އޯގަސްޓު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު