Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭއިންސާފަށް ވާގިވެރިވުން

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

ބޭއިންސާފަށް ވާގިވެރިނުވެގެން ވަޒީފާއިން ވަކިކުރިޔަސް ހިތްހަމަޖެހުން އޮންނާނެ

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2017 | އަންގާރަ 11:29
ދައުލަތުގެ ވަކީލުންތަކެއް ކޯޓަށް ވަޑައިގަންނަވަނީ

ދައުލަތުގެ ވަކީލުންތަކެއް ކޯޓަށް ވަޑައިގަންނަވަނީ

މިކަމާ މެދު ވިސްނާތާ ދުވަސްތަކެއް ވެއްޖެއެވެ. "އަހަރެން ކުރާނީ ކީއްހޭ އެއީ މަގޭ ވަޒީފާއޭ" ބުނަމުން އެތައް ބަޔަކަށް ނުޙައްޤުން ދެވޭ އަނިޔާތަކުގައި ޝާމިލުވަނީ ދައުލަތުގެ ކިތައް މުވައްޒަފުންތޯއެވެ. އެއްބަޔަކު ޢަމަލީ ގޮތުން ބައިވެރިވާއިރު، އަނެއް ބަޔަކު އަޅާނުލާ ހަނު ތިބުމުން އެކަމަށް ތަރުހީބުދެއެވެ. "އެއީ އަހަރެންގެ ވަޒީފާއޭ" ބުނުމަކީ އިއްޔެއަކު މިއަދަކު ފެށުނު ސަޤާފަތެއް ނޫނެވެ. ނާޒީ ޖަރުމަނުގައި ހިޓުލަރުގެ ފައުޖުތަކުން ޔަހޫދީންނަށް ލާއިންސާނީ އަނިޔާ ދިން ސިފައިންވެސް ބުނީ އެހެންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޗައިނާގެ ވިލެޖްތަކުގެ އަންހެނުން ރޭޕްކޮށް، ކުޑަކުދިން މެރި ޖަޕާނު ސިފައިންވެސް ބުނީ އެހެންނެވެ. އަދި މިހާރު، ހަމަ މިވަގުތު، ރޮހިންޖާ މުސްލިމުން ރޭޕްކޮށް، މަރާ، ގުނަވަންތައް ވަކިކުރަމުން ގެންދާ ސިފައިންވެސް އެ އަދާކުރަނީ އެމީހުންގެ ވަޒީފާއެވެ.

"އެއީ އަހަރެންގެ ވަޒީފާ" އޭ ބުނުމަކީ ޙަޤީޤަތުގައި ނަފްސާނީ ބަލިމަޑުކަމެއްގެ ލިސާނެކެވެ. އަމިއްލަ ވިސްނުމާއި ސިކުނޑި ބޭނުންކުރުމަށް ބޭނުންނުވާ، ނަފްސާނީ ބަލިމާނަކު، އޭނާގެ ޢަމަލުން ނުކުތް ނަތީޖާއަށް ޒިންމާ ނުވުމަށް ދައްކާ ބަހަނާއެކެވެ. އަމިއްލަ ނަފުސުގެ ނުކުޅެދުންތެރިކަމާއި، ނުކެރުމުގެ މައްޗަށް ވެރިވެގަންނަ ދިފާޢުއެކެވެ. އެ ބަހަނާ ދައްކާ ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ސިކުނޑިން ފިކުރު ހިންގުމަށް ބޭނުންނުވާ ބައެކެވެ. މި ބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާގައި އޭނާ ކުރާ ޢަމަލުގެ ސަބަބުން މައުސޫމު މީހަކަށް ނުޙައްޤުން އަނިޔާއެއް ދެވޭކަންވެސް އޭނާ ޤަބޫލުކުރެއެވެ. އަދި އެކަން ކުރަންޖެހޭތީ ހިތާމަކޮށް ހިތްހަމަނުޖެހުމާއެކު އެ ވާހާކަ މީހުންނާ ޙިއްސާވެސް ކުރެއެވެ. އެއާއެކުވެސް އެނާގެ "ވަޒީފާ" އަދާކުރެއެވެ. މިއީ އެ ބަހަނާ ދެއްކުމުގެ ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާއެވެ.

މީހަކު ކުރާ ޢަމަލެއްގައި މުސާރަ ޗެކް ހިމެނިފައިވުމަކީ، އިންސާނިއްޔަތުކަން ދޫކޮށްލުމަށް ދެއްކޭނޭ ޙުއްޖަތެއް ނޫނެވެ. ވަޒީފާދޭފަރާތް އަންގާ ކޮންމެ ކަމެއް ޙަލާލުވާ ސަބަބެއްވެސް ނޫނެވެ. މި މިސާލު ބައްލަވާށެވެ. އަޙްމަދު، މުޙައްމަދަށް ވަޒީފާ ދިނީ އަނިލްގެ ގޭގައި ހަތިޔާރު ފޮރުވައި އަނިލްގެ ބޮލުގައި ކުށުގެ ތުހުމަތު އެޅުވުމަށެވެ. މުޙައްމަދަކީ އަނިލްއާ ޒާތީ ޙަސަދައެއް އޮތް މީހެއް ނޫނެވެ. އެ ހަތިޔާރު އެ ގޭގައި ފޮރުވައި، އެ މަޢުލޫމާތު ފުލުހުންނަށް ދިނުމަކީ މުޙައްމަދުއާ ޙަވާލުކުރެވުނު މަސައްކަތެވެ. އޭނާގެ ވަޒީފާއެވެ. އެހެންނަމަވެސް މި ޙާލަތުގައި މުޙައްމަދު އެ އަދާކުރީ އޭނާގެ ވަޒީފާކަމަށް ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު ޤަބޫލު ނުކުރައްވާނޭކަން އަޅުގަނޑަށް އެނގެއެވެ.

މި މިސާލު ހަމަ އެހެން ގޮތަކަށް ދަންނަވާލާނަމެވެ. މުޙައްމަދު އަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ. އަނިލްގެ ގޭގައި ހަތިޔާރު ފޮރުވުމަށް މުޙައްމަދުއާ ޙަވާލުކުރި ފަރާތަކީ ދިވެހި ސަރުކާރެވެ. މުޙައްމަދުއަކީ އަންނަ ކޮންމެ ކޮމާންޑަކަށް ޔޭސް ސަރ އޭ ކިޔައިގެން ހުންނަންޖެހޭ މީހެއްކަމަށް އޭނާ ޤަބޫލުކުރާތީ އެ މަސައްކަތް ފުރިހަމަ ކުރިއެވެ. މުޙައްމަދު މިޙާލަތުގައި އެ އަދާކުރީ އޭނާގެ ވަޒީފާކަމަށް ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެއެވެ. އޭނާއަކީ ފުލުހަކަށް ވާތީއެވެ. މީހަކަށް އަނިޔާވެރިވުމުގައި ޢާންމު މީހަކު ކުރާ ޢަމަލަކީ ކުށެކެވެ. އެ އަނިޔާ ދިނުމުގައި އެއަށްވުރެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ދައުލަތުގެ މުވައްޒަފުން ހަރަކާތްތެރިވާނަމަ އެއީ ވަޒީފާއެވެ. ދެ ޢަމަލުންވެސް ނުކުންނަ ނަތީޖާއަކީ އަނިޔާވެރިކަމެވެ.

ޢަމަލަކީ އަނިޔާވެރިކަމެއްކަން ކަނޑައެޅުމުގައި މަސައްކަތް ޙަވާލުކުރި ފަރާތަކީ ކޮބައިތޯ ބަލާކަށް ނުޖެހެއެވެ. މީހަކަށް ނުޙައްޤުން އަނިޔާވެރިވުމުގައި ބައިވެރިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް މުސާރަ ދީގެންތޯ، މާލޭގެ އަމިއްލަ “ޖަމްޢިއްޔާ” އަކުން މުސާރަ ދީގެންތޯ ބަލާކަށް ނުޖެހެއެވެ. ޢަމަލުގެ ނަތީޖާއަކީ ނުޙައްޤު އަނިޔާއެއް ކަމުގައިވާނަމަ އެއީ ނުޙައްޤު އަނިޔާއެކެވެ. މުސާރަ ޗެކުގައި ސޮއިކުރަނީ ކޮން ފަރާތަކުންތޯ އެއީ މުހިންމު ސުވާލެއް ނޫނެވެ.

އެއީ މަގޭ ވަޒީފާއޭ ބުނެ އަނިޔާވެރިކަމަށް ވާގިވެރިވާ މުވައްޒަފުންނާމެދު، އަނިޔާ ލިބޭ މީހުންގެ ހިތުގައި އުފެދެމުންދާނީ ރުޅިވެރިކަމާއި، ބަދަލު ހިފުމުގެ ޝުޢޫރުތަކެވެ. ވަގުތަކީ ބަދަލުވާ އެއްޗެކެވެ. މިއަދު އަނިޔާ ލިބެމުންދާ، ގޮތް ހުސްވެފައިތިބި މީހުން މާދަމާ އިސް ފަނޑީގައި ތިބޭ މަންޒަރު ފެނުމަކީވެސް ދުރުކަމެއް ނޫނެވެ. މިއަދު "އަހަރެންގެ ވަޒީފާއޭ" ކިޔައި އަނިޔާވެރިކަމުގައި ޝާމިލުވަމުން ގެންދާ މީހުން އެފަދަ ދުވަހަކުން ބާކީވެދާނޭކަމާމެދު އަޅުގަނޑު ހިތުގައި ކަންބޮޑުވުން އޮވެއެވެ.

ތިމާއާ ޙަވާލުކުރެވޭ މަސައްކަތުގެ ސަބަބުން މީހަކާމެދު ބޭއިންސާފުން ކަންކުރެވިދާނޭކަމަށް ފެންނަނަމަ އެކަމާ ދުރުހެލިވާށެވެ. ބޭއިންސާފަށް ވާގިވެރިވުމަކީ ވަޒީފާގެ މަސައްކަތުގެ ތެރޭގައި ހިމެނޭކަމެއް ނޫނެވެ. ބޭއިންސާފާ ދެކޮޅު ހެދުމުގެ ސަބަބުން ވަޒީފާ ދޫކޮށްލަންޖެހުނުނަމަވެސް، ބޭއިންސާފަށް ވާގިވެރި ނުވުމުގެ ހިތްހަމަޖެހުން ހަމަ ޔަޤީނުންވެސް ލިބޭނެއެވެ. މިއީ ދައުލަތުގެ އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު ކުރާ އިލްތިމާސެކެވެ. އަދި އާދޭހެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލު މަހުފޫޒް ސައިދު ލިޔުއްވާފައިވާ ލިޔުމެކެވެ. މަހުފޫޒަކީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓިމުގެ މެންބަރެއްގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކޮށްފައިވާ އަދި ކުރައްވަމުން ގެންދަވާ ވަކީލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާން ބިންހެލުން: އަހަރެންގެ އާއިލާއިން 11 މެންބަރުން މަރުވި، އަހަރެންނަށް އެހީވެދީ!

އަފްޣާން ބިންހެލުން: އަހަރެންގެ އާއިލާއިން 11 މެންބަރުން މަރުވި، އަހަރެންނަށް އެހީވެދީ!

28 ޖޫން 2022
"މި ދިރިއުޅުން މަތިން އަހަރެން ފޫހި ވެއްޖެ"

"މި ދިރިއުޅުން މަތިން އަހަރެން ފޫހި ވެއްޖެ"

08 އެޕްރީލު 2022
ބޭރޫތުގެ ގޮވުން: "އަހަރެން ހީކުރީ މަރުވަނީ ކަމަށް"

ބޭރޫތުގެ ގޮވުން: "އަހަރެން ހީކުރީ މަރުވަނީ ކަމަށް"

05 އޯގަސްޓު 2020
ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް  "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"

ހޫބޭ ޕްރޮވިންސްގެ މަންމަ އެއްގެ އާދޭސް "ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު މިތަނުން ނެރެދީ"

02 ފެބުރުއަރީ 2020
ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

30 މެއި 2019

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު