Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީފާގެ ފުރުސަތު

ކެލާގައި ޒުވާނުން ވަޒީފާއަށް ކުރާ އުންމީދާއި މެދު ނާއުންމީދުވެފައި

ކެލާގައި ހަދަން ނިންމާފައިވާ ރިސޯޓުގެ މަސައްކަތް ކުރިއަށް ނުދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖުލައި 2018 | އަންގާރަ 12:47
ހއ. ކެލާ

ހއ. ކެލާ

އައު ވަޒީފާތައް އުފައްދާ ޒުވާނުން ހަރުދަނާ ބަޔަކަށް ހަދާނެ ވާހަކައަކީ މިސަރުކާރުން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މިވަޒީފާތައް ހޯދުމަށް ޒުވާނުން މިއަދު ތިބީ ކެތް މަދުވެފައެވެ. ކޮންމެ ދުވަހަކު ވެސް ގެޒެޓްހާވައި އެންމެ އެކަށޭނަ ވަޒީފާ ހޯދުމުގެ މަސައްކަތް އަބަދުހެން ޒުވާނުން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެޒުވާނަކު އުފަން ރަށުން ވަޒީފާ ހޯދުމަކީ ކަނޑުން މާވަހަރެއް ހޮވުން ކަހަލަ ކަމެކެވެ. ކޮންމެ ޒުވާނަކު ވެސް ބޭނުންވަނީ އަމިއްލަ ރަށުގައި އާއިލާ މީހުން ގާތުގައި ދިރިއުޅެމުން ވަޒީފާ އަދާ ކުރާށެވެ. އާއިލާ ދުރުގައި ވަޒީފާ އަދާ ކުރުމަކީ އެމީހުން ހިތްހަމަޖެހިގެން ކުރާ ކަމެއް ނޫނެވެ. އާއިލާއާ ދުރުގައި އެތަކެއް ދަތިތަކާއި ދުއްތުރާތަކުގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދަނީ އާއިލާއަށްޓަކައެވެ.

ކެލާގެ މަގެއް

އަތޮޅުތެރޭގެ ރަށުގެ އާބާދީ ކުޑަވުމާއި ރަށުގައި ވަޒީފާ އުފެއްދިފައި ނެތުމުގެ ސަބަބުން ގިނަ ޒުވާނުންނަށް މިއަދު މަޖުބޫރު ވަނީ ރަށުން ފައިބަގެން ކޮންމެސް އެހެންތާކަށް ވަޒީފާއަށްދާށެވެ. މުސްތަގުބަލް ބިނާކޮށް ދިރިއުޅުން އާރާސްތު ކުރުމަށް ރިސޯޓުތަކުގައި ނޫނީ މާލޭގައި ވަޒީފާއަދާ ކުރަމުން އަންނަ ޒުވާނުން މަދެއް ނޫނެވެ.

ރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށްލުމަށް ފަހު ބުރަ މަސައްކަތް ކޮށްގެން ލިބޭ މުސާރައިގެ ބޮޑުބައި ގޭކުއްޔަށް ދޭން ބޭނުންވާނީ ކާކު ހެއްޔެވެ؟ މިއީ ޒަމާންވީ ޒުވާނުންގެ ޝަކުވާތަކެވެ. ނަމަވެސް މިޝަކުވާތަކަށް މިއަދާ ހަމައަށް އެއްވެސް ސަރުކާރަކަށް ހަލެއް ހޯދިފައެއްނެތެވެ. ރަށްރަށުގެ ވަޒީފާ އިތުރުކޮށް ދެވިފައިނުވާއިރު، މާލޭގެ ގެތަކުގެ ކުލި ވެސް ކޮންޓްރޯލް ކުރެވިފައި ނުވެއެވެ.

ސަރުކާރުން ދައްކާ ހުވަފެންތަކުގައި މިއަދު ޒުވާނުން ޖެހޭކަށް ބޭނުމެއްނުވެއެވެ. އެގޮތުން ރައީސް ނަޝީދު ރާއްޖެއަށް ގެނެސްދެއްވި ގެސްޓްހައުސް ވިޔަފާރި އަތޮޅު ތެރޭގެ ރަށްރަށުގައި މިހާރު ވަނީ ކުރިއަރުވައި ތަރައްގީ ކުރަންފަށާފައެވެ. އަމިއްލަ ގެދޮރުގެ އެއްފަޅި ގެސްޓްހައުސްތަކަށް ބަދަލުކޮށް، ބައެއް ގެތައް ކުއްޔަށް ނަގައިގެން ވެސް މިވިޔަފާރީގައި ޒުވާނުން މިއަދު އަންނަނީ އުދުހެމުންނެވެ.

ނަމަވެސް ހއ ކެލާގައި ދިރިއުޅެމުން އަންނަ ޒުވާނުންނަށް ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް މިއަދު ވަނީ ތަކުލީފުތަކުގައި ކުރިމަތިވެފައެވެ. ރަށުގައި ތިބެގެން ވަޒީފާއަދާ ކުރަން ކުރި އުންމީދާއި މެދު މިވަނީ އިތުބާރު ގެއްލިފައެވެ.

ކެލާގައި ހުޅުވާފައިވާ ގެސްޓްހައުސްއެއް

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކެލާގެ ކައުންސިލަރު އާދަމް ގުފްރާން ވިދާޅުވީ ރަށުގެ ޒުވާނުން މިހާރު އެންމެ ބޭނުންވަނީ ރަށުގައި އާއިލާ މީހުން ކައިރީގައި ތިބެގެން ވަޒީފާ އަދާކުރެވި ދިރިއުޅުން އާރާސްތު ކުރެވޭނެ ގޮތެއް މަގުފަހިވެގެން ދިއުން ކަމަށެވެ. ނަމަވެސް މިހާރު އެކަމުގައި ވެސް ޒުވާނުން ނާއުންމީދު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ރަށުގައި ރިސޯޓެއް ހެދުމަށްޓަކައި އެމްއައިޓީޑީސީއާ ހަވާލުކޮށްފައި އޮތް ސަރަހައްދެއް އޮންނާނެ. އެސަރަހައްދުގައި ރިސޯޓު ހެދިގެންދާނެ ދުވަހެއް އެންމެ ރައްޔިތުން އުންމީދު ކުރަނީ. އެއްވެސް ގޮތަކަށް މަސައްކަތް ކުރިއަށް ނުދޭ. މައުލޫމާތު ލިބުނު 2016ގައި ވެސް ރަށަށް އަންނާނެ ކަމަށް މާސްޓާ ޕްލޭނެއް ހަދަން. އެހެން ނަމަވެސް އަދި އޭގެ އެއްވެސް އިޝާރާތެއް ނުލިބިދަނީ." ގުފްރާން ވިދާޅުވިއެވެ.

ގުފްރާން ވިދާޅުވީ ކެލާގައި މިހާރު އަމިއްލަ ފަރާތުން 3 ގެސްޓްހައުސްއެއް ވަރަށް ފުރިހަމައަށް ކުރިއަށް ހިންގާ ކަމަށާއި، ނަމަވެސް ހަނިމާދޫ އެއާރޕޯޓަށް ބޭރުގެ ފްލައިޓްތައް ނުޖެއްސޭތީ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

"ހަނިމާދޫ އެއާރޕޯޓަށް ލަންކާ ފްލައިޓް ނުޖެއްސޭ. ބޭރުގެ ފްލައިޓްގެ ޖެއްސިގެންދާ ދުވަހަކީ މިއަތޮޅަށް ލިބޭ ކުރިއެރުމެއް" ގުފްރާން ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ވިޔަފާރި ކުރިއެރުވުމަށް ކައުންސިލުން ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ގުފްރާން ވިދާޅުވީ ކައުންސިލްގެ ފަރާތުން ގެސްޓްހައުސްއަށް ހުޅުވާލުމަށް ކަނޑައެޅި ސަރަހައްދުގައި މަސައްކަތް ފެށިމަށް އެއްބަސްވުމުގައި ސޮއިކުރިފަހުން ގާނޫނަށް އައި ބަދަލަކާއި ގުޅިގެން އަލުން އެމަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުން 6 އަހަރު ދުވަހު ކުރިމަސައްކަތް ބޭކާރުވެފައިވާ ކަމަށާއި، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެމަސައްކަތް ނުކުރެވި ލަސްވެގެންދާ ކަމަށެވެ.

ގާތްގަނޑަކަށް 2300 އާބާދީއެއް ދިރިއުޅެމުން އަންނަ ކެލާގެ ޒުވާނުންގެ ހުވަފެންތަކުގައި އަދި މިވަނީ ކުލަޖެހޭ ގޮތް ނުވެފައެވެ. ރަށުގައި ތިބެގެން ވަޒީފާއަދާ ކުރުމަށް ބޭނުންވާއިރު ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން މިއަދު މިވަނީ ހުރަސް އެޅޭ ގޮތް ވެފައެވެ. މިޒުވާނުންގެ އުންމީދަކީ ވެސް އެރަށުގެ ހެދުމަށް ހަމަޖެހިފައިވާ ރިސޯޓުގައި ހެދި އެރަށުގައި ގިނަ ވަޒީފާތަކެއް ވެސް އުފެދިގެން ދިއުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

03 ނޮވެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

04 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު