Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީސްޓާ ސަންޑޭ އެޓޭކް

ލަންކާގެ ޓޫރިޒަމް ހުއްޓިފައި!

80 ޕަސެންޓް ބުކިންތައް ވަނީ ކެންސަލް ކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 16 ޖޫން 2019 | އާދީއްތަ 09:51
ބެންތޮޓަ ބީޗުގައި ފަތުރުވެރިޔަކު އަރާމުކުރަނީ

ބެންތޮޓަ ބީޗުގައި ފަތުރުވެރިޔަކު އަރާމުކުރަނީ

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ހަށި ގޮއްވާލައިގެން ޓެރަރިސްޓުންތަކެއް ލަންކާ އަށް ދިން ހަމަލާ އަށް ފަހު އެ ގައުމުގެ ހަތަރު ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވަނީ އިއާދަ ނުކުރެވޭވަރު ބޮޑު ގެއްލުމެއް ލިބިފައެވެ.

މުސްލިމުންގެ ހަރުކަށި ޖަމާއަތަކުން ހަށިގޮއްވާލައިގެން ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ފައްޅިތަކުގެ އިތުރުން ލަންކާ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ހޮޓާތަކަށެވެ. ލަންކާގެ އިގްދިސާދު ބޮޑު އަޑިގަނޑެއްގެ ތެރެއަށް ވެއްޓިގެން ދިޔައީ ބާރުމިނެއްގައެވެ.

އެ ހަމަލާއަކީ އިގްތިސާދުގެ އިތުރުން ޓޫރިޒަމަށް ވެސް އެރި ބޮޑު ލޮޅުމެއް ކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވެސް ވަނީ ވިދާޅުވެފައެވެ. އިގްތިސާދީ ގޮތުން ގައުމު ހަމަޔަކަށް އެޅުމަށް ހަމަލާގެ ކުރިން ގައުމު އޮތް ހިސާބަށް ރުޖޫއަ ވާންޖެހެއެވެ.

ހޮޓާތަކުގެ ބުކިންތައް ކެންސަލް ވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނެއްގައެެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރު 80 ޕަސެންޓް މީހުން ވަނީ ބުކިންތައް ކެންސަލް ކޮށްފައި ކަމަށް ކޮންސަލްޓެންސީއެއް ކަމަށްވާ ފޯވާޑް ކީސްން ބުނެއެވެ. ނިމިގެން ދިޔަ އަހަރު ލަންކާ އަށް ޒިޔާރަތް ކުރި 2.3 މިލިއަން ފަތުރުވެރިން ވަނީ އެ ގައުމަށް 4.4 ބިލިއަން ޑޮލަރު ވައްދާފައެވެ.

އަންނަ އަހަރާ ހަމަޔަށް ހަދާފައި ހުރި ގިނަ ބުކިންތަކެއް ވެސް ވަނީ ކެންސަލްކޮށްފައެވެ. ވެރިރަށް ކޮލަމްބޯގެ ހޮޓާތަކުގެ ބުކިންތައް ކެންސަލް ކޮށްފައިވާ މިންވަރު އެހެން ހިސާބުތަކާއި އަޅައިބަލާއިރު ގިނަ ކަމަށް ލަންކާގެ ޓޫރިޒަމް ބޯޑުން ބުނެއެވެ.

ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮތުމަށް ފަހު ސްރީލަންކާގައި ޓޫރިޒަމް އިތުރަށް ކުރިއަރައިގެންދިޔައީ ސަރުކާރާ ތަމަޅަ ޓައިގަރުންނާ ދެމެދު ކުރިޔަށް ދިޔަ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ހިސާބުންނެވެ. އެ އަހަރާ ޖެހިގެން އައި އަހަރުގެ ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު ވަނީ އިންތިހާ އަށް މައްޗަށް ގޮސްފައެވެ. ހަ އަހަރުގެ ތެރޭގައި ޓޫރިޒަމް ވަނީ 300 ޕަސެންޓް މައްޗަށް ގޮސްފައެވެ.

ލަންކާ އަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ސަރަހައްދުތައް ކަމަށްވާ، ހިކަޑުވަ، ބެންޓޮޓާ ސަރަހައްދުގެ ބީޗްތައް ފެންނަނީ މިހާރު ފަޅުވެފައި އޮންނަތަނެވެ. ފަތުރުވެރިއަކުގެ ހިލަމެއް ވެސް ނުވެއެވެ. އެ ހިސާބުތަކުން އެހެން ނޫނީ ކޮޓަރިއެއް ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވެއެވެ. އަގުބޮޑުކޮށް ކުއްޔަށް ދިން ހޮޓާތައް ފަޅުފިލުވަނީ ވަރަށް ކުޑަ އަގެއްގައި ލަންކާ މީހުންނެވެ.

ލަންކާ އަށް ދިން ހަމަލާ އަށް ފަހު އެ ގައުމަކީ ޓޫރިސްޓުންނަށް ރައްކާތެރިތަނެއް ކަން އަންގައިދިނުމުގެ ގޮތުން އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ވެސް ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން އިތުރު ކުރުވަން ސަރުކާރުން ދަނީ އެކި ކަހަލަ ކެމްޕޭނުތައް ކުރަމުންނެވެ. ކުޑަ އިންޓްރެސް ރޭޓްގައި ބައެއް ވިޔަފާރިތަކަށް ލޯނު ވެސް ވަނީ ދޫކޮށްފައެވެ. މި އަޑިގަޑުން ލަންކާ ސަލާމަތް ވެވޭނީ ސަރުކާރުގެ ވެސް އެހީތެރިކަން ލިބިގެންނެވެ. ލަންކާ އަށް ދިން ހަމަލާއަކީ އެ ގައުމުގެ ޓުއަރިޒަމް ހަލާކުކޮށްލަން ދިން ހަމަލާއެކެވެ. ޓުއަރިޒަމާ ގުޅޭ އެހެން އިންވެސްޓްމަންޓްތައް ވެސް ވަނީ ހުއްޓިފައެވެ. ތަރައްގީކުރަމުން އައި އިމާރާތްތަކުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ. އަލުން އިތުބާރު ހޯދަން ޖެހެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅުގެ ކަންކަން ބަލަހައްޓަންޖެހޭ އިދާރާއަކީ ފޮރިން މިނިސްޓްރީ؟

ސްރީލަންކާގެ ރައީސްގެ ދަތުރުފުޅުގެ ކަންކަން ބަލަހައްޓަންޖެހޭ އިދާރާއަކީ ފޮރިން މިނިސްޓްރީ؟

14 ޖުލައި 2022
ސްރީލަންކާގެ އިގުތިސާދީ ކާރިސާ - ގައުމުގެ 2 ވެރިން އިސްތިއުފާ ދެއްވަނީ، ކުރިމަގާ މެދު އެތަކެއް ސުވާލެއް އުފެދިފައި

ސްރީލަންކާގެ އިގުތިސާދީ ކާރިސާ - ގައުމުގެ 2 ވެރިން އިސްތިއުފާ ދެއްވަނީ، ކުރިމަގާ މެދު އެތަކެއް ސުވާލެއް އުފެދިފައި

10 ޖުލައި 2022
ލަންކާގެ ހާލަތު މިހާ ގޯސްމިވީ ކީއްވެ؟

ލަންކާގެ ހާލަތު މިހާ ގޯސްމިވީ ކީއްވެ؟

12 މެއި 2022
ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

01 އެޕްރީލު 2022
އުރީދޫ ސާފް ޗެމްޕިއަންޝިޕް - ލަންކާގެ ތައްޔާރީތައް

އުރީދޫ ސާފް ޗެމްޕިއަންޝިޕް - ލަންކާގެ ތައްޔާރީތައް

10 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު