Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީފާގައި ހޭދަކުރާ

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

ގްރީސްގައި މުވައްޒަފުން އަހަރަކު 2035 ގަޑި އިރު މަސައްކަތުގައި ހޭދަކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 13:33
ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަގަޅުވޭ

ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަގަޅުވޭ

އެންމެ ގިނައިން ކުންފުނިތަކުގެ އިސްވެރިން ނުވަތަ މެނޭޖަރުން ދައްކާ ވާހަކައަކީ ވަޒީފާ އަދާ މީހުންގެ ކަންޖޫސް ވާހަކައެވެ. ހަވާލުކުރާ މަސައްކަތް ކުރާއިރު އޮފީހަށް ސަލާމް ގިނައިން ބުނާ ވާހަކައެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ޕްރޮޑަކްޓިވް މަސައްކަތްތަކެއް ކުރާ، ހިތްހަމަޖެހިގެން ވަޒީފާ އަދާ ކުރާ މުވައްޒަފުން ފާހަގަކުރެވޭ ދުނިޔޭގެ މަޝްހޫރު ކުންފުނިތައްވެސް އެބަހުއްޓެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު، މަސައްކަތުގެ ވަގުތުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތެވެ. މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ އިތުރު ކުރެވޭނެ ގޮތްތަކަކީ ކޮބައިކަމާ އެންމެ ރަނގަޅު އުކުޅު ތަކަކީ ކޮބައިތޯ ބަލާލާނަމެވެ.

އާންމުގޮތެއްގައި ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް މިހާރަކަށް އައިސް އެއް އޮފް ދުވަހުގެ ބަދަލުގައި ދެ އޮފް ދުވަސް ވެސް ދެމުންދެއެވެ. މި ބަދަލުތަކާއެކުވެސް ވެސް މަސައްކަތުގެ ޕްރޮޑަކްޓިވިޓީ އިތުރަށް ރަނގަޅުވާ ކަމަށް ތަރައްގީވެފައިވާ ގައުމުތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުންވެސް ފެނިގެންދަނީ މަސައްކަތުގެ 20 ޕަސެންޓް ޕްރޮޑަކްޓިވިޓީ އިތުރުވިތަނެވެ. އަދި މުވައްފަޒުން ވަޒީފާއާއި މެދު ހިތްހަމަޖެހޭ މިންވަރު އިންތިހާއަށް އިތުރުވެގެންދެއެވެ. ނިއުޒިލެންޑްގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމުގައިވާ ޕާޕެޗުއަލް ގާޑިއަން ކުންފުނިން ވަނީ އަމަލީ ގޮތުން މިކަން ތަޖުރިބާކޮށްފައެވެ.

މި އެކްސްޕެރިމެންޓްގެ ނަތީޖާގެ އަލީގައި އޯކްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލިޖީގެ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ޕްރޮފެސަރ ޖެރާޑް ހާރް ވިދާޅުވީ، އަދާކުރާ ވަޒީފާ އާއި މީހާގެ ނަފްސަށް ލިބޭ ހިތްހަމަޖެހުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދާ ކުރާ ވަޒީފާ އާއި ގޭގައި އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުން މިހާއަށް ލިބޭ ހިތްހަމަޖެހުން އިތުރުވެ، އަދާ ކުރާ ވަޒީފާގައި ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިވާ ކަމަށެވެ.

ގައުމުތަކަށް ބަލާއިރު ގްރީސް އަކީ ވަޒީފާގައި ގިނަ ވަގުތު މުވައްޒަފުން ހޭދަކުރާ އެއް ގައުމެވެ. އެހެން ނަމަވެސް މުވައްފަޒުންގެ ޕްރޮޑަކްޓިވިޓީއަށް ބަލާއިރު އެގައުމު ހިމެނެނީ ލިސްޓުގެ ފުލުގައެވެ. ޖަޕާނަށް ބަލާއިރު އެގައުމަކީ ގިނަ ވަގުތު މުވައްޒަފުން ވަޒީފާގައި އުޅޭ ގައުމެކެވެ. އެހެން ނަމަވެސް އޭގެއިން އެގައުމުގެ ޕްރަޑަކްޓިވިޓީއަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. ޖަޕާނުން މިހާރު މަސައްކަތް ކުރަނީ އިތުރު ވަގުތުގައި މަސައްކަތް ކުރުން ހުއްޓުވާ މުވައްޒަފުން ވަޒީފާގައި ހޭދަ ކުރާ ވަގުތު މަދު ކުރުމަށެވެ.

ސްވިޑެންއަށް ބަލާއިރު މުވައްޒަފުން މަސައްކަތުގައި ހޭދަކުރަންޖެހެނީ އެންމެ ހަ ގަޑިއިރެވެ. އެހެން ނަމަވެސް މުވައްޒަފުންގެ މަސައްކަތުގެ ކުއަލިޓީ ރަނގަޅު ކަމަށާއި ސްޓްރެސް މަދުވުމާއި އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށް އިތުރު ފުރުސަތު ލިބުމުގެ ސަބަބުން އަދާކުރާ ވަޒީފާއަށް ފަރުވާ ބަހައްޓާ މީހުން އިތުރުވެއެވެ. މަސައްކަތް ކުރުމަށް ފަރުވާ ކުޑަކުރާ މީހުންނާއި މަސައްކަތަށް ސަލާމް ބުނާ މީހުން މަދެވެ.

އައިސްލޭންޑްގައިވެސް ވަނީ ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުގެ އެކްސްޕެރިމެންޓެއް ހަދާފައެވެ. އެ ގައުމުގެ ސިޓީއެއްގެ މީހުން ވަޒީފާ އަދާ ކުރަންޖެހޭ ވަގުތު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރަށް ބަދަލު ކުރިއެވެ. މިއާ އެކު ވަޒީފާ އަދާ ކުރުމުގައި މުވައްޒަފުންގެ ޝައުގުވެރިކަން އިތުރުވެ މުވައްޒަފުން ސިކް ލީވް ނެގުން މަދުވިއެވެ. މިއާއެކީ ހަރަދުތައް ކުޑަވެ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދިޔަ އެވެ. މިފަދަ ހުރިހާ ހޯދުންތަކުންވެސް އެނގިގެންދަނީ މަސައްކަތް ކުރުމަށް ވަގުތު މަދު ކުރުމުން މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ އިތުރުވެގެންދާ ކަމެވެ. ގިނަ ވަގުތު މުވައްޒަފުން ވަޒީފާގައި އުޅުމަކުން އެމީހާއަކީ އެންމެ ޕްރޮޑަކްޓިވް މީހާއެކޭ އަދިހަމަ ނުބުނެވޭނެއެވެ.

އެންމެ ޕްރޮޑަކްޓިވިޓީ ރަނގަޅު ގައުމުތަކަށް ބަލާއިރު ޖަރުމަނަކީ ދުނިޔޭގައިވެސް ނަމޫނާ ގައުމެކެވެ. އެގައުމަކީ އެއްވެސް ވަރަކަށް އިތުރު ވަގުތުގައި މަސައްކަތްކުރުމަށް ތާއީދު ކުރާ ގައުމެއް ނޫނެވެ. އެގޮތުން އަހަރަކު އެގައުމުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ވަޒީފާގައި ހޭދަކުރަނީ 1363 ގަޑިއިރެއެވެ. އެއީ ދުނިޔޭގެވެސް އެންމެ ގިނަ ވަގުތު މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ހޭދަކުރާ މެކްސިކޯ އަށް ވުރެ 892 ގަޑިއިރު މަދު އަދަދެކެވެ. މެކްސިކޯގައި އަހަރު 2255 ގަޑި އިރު މުވައްޒަފުން ވަޒީފައި ހޭދަކުރެއެވެ. އެހެން ނަމަވެސް ޕްރޮޑަކްޓިވިޓީއަށް ބަލާ އިރު އެގައުމު އުޅެނީ ލިސްޓުގެ އެންމެ ފުލުގައެވެ. ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ވަގުތު މަސައްކަތުގައި މުވައްޒަފުން ހޭދަކުރާ ގައުމަކީ ގްރީސްއެވެ. ގްރީސްގައި މުވައްޒަފުން އަހަރަކު 2035 ގަޑި އިރު ވަޒީފާގައި ހޭދަކުރެއެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ޕާފޯމެންސް ރަގަޅު ކުރުމަށްޓަކައި ކުންފުނިތަކަށް ކުރެވޭނެ އެއް ކަމަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްޒަފުންގެ ހިޔާލު ހޯދުމެވެ. އަދި އުސޫލުތައް ކަނޑައެޅުމުގައި މުވައްޒަފުން ބައިވެރި ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

16 ޖުލައި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018
މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

13 މާރިޗު 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު