Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މެމްބަރުން ހަމަނުވެގެން ދެ ބިލް ފާސްކުރުން ފަސްކޮށްފި

23 ޖުލައި 2018 | ހޯމަ 09:45

ހާލަތުލްޟަރޫރާގެ ދަށުން މިމަހުގެ ތެރޭގައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ޖުލައި 2018 | ހޯމަ 09:45
މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމަށް ވޯޓަށް އަހަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ވޯޓަށް ނާހާ ޖަލްސާ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ޖަލްސާ ނިންމާ ލައްވަވަމުންވިދާޅުވީ ވޯޓަށް އެހުމަށް އެޖެންޑާ ކުރެވިފައިވަނީ ވަރަށް މުހިއްމު ބިލްތަކެއް ކަމަށާއި އެ ފަދަ ބިލްތަކަށް ވޯޓަށް އަހާއިރު، ޖަލްސާގައި ވަކި އަދަދަކަށް މެމްބަރުން ތިބެންޖެހޭ ކަމަށާއި ނަމަވެސް އެ އަދަދަށް މިޖަލްސާގައި މެމްބަރުން ބައިވެރިވެފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މަސީހު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލްތަކަށް ވޯޓަށް ނާހައި، ޖަލްސާ ނިންމާލާފައެވެ. އަދި އަންގާރަ ދުވަހުގެ ޖަލްސާގައި އެ ބިލްތަކަށް ވޯޓަށް އެހުން އޮންނާނެ ކަމަށްވެސް މަސީހު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން މަޖިލީހުން ނިންމާއިރު، އެޖަލްސާގައި މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ތިބެންޖެހެ އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 މެމްބަރުންނެވެ. އެހެންކަމުން އެފަދަ ބިލަކަށް ވޯޓަށް އެހޭނީ 43 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގަ އެވެ.

މީގެ އެއް އަހަރުކުރިން ފެށިގެން ސަރުކާރަށް އޮތީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފަ އެވެ. އެހެންކަމުން އެފަދަ ބިލްތައް މިހާރަކަށް އައިސް ފާސް ކުރަމުންދަނީ "ހާލަތުލްޟަރޫރާ"ގެ ދަށުން ކަމަށް ބުނެފަ އެވެ.

މިމަހުގެ ތެރޭގައި މަޖިލީހުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް، ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހު ވެސް ފާސްކޮށްފައި ވަނީ "ހާލަތުލްޟަރޫރާ"ގެ ދަށުން ނެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައިވަނީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާރވިސް މީޑިއާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެނައުމުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލެވެ.

ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ޕީއެސްއެމްގެ ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންގެ އަދަދު ފަހަކަށް ދަށްކޮށް، އެބިލް މަޖިލީހުން ފާސްކޮށް، އެބިލް ތަސްދީގު ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަލުން ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަަކުން ދައްކަންޖެހޭ ފީ 5000ރ އިން 15000ރ އަށް ބޮޑު ކުރުމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް