Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީތު ޓްވީޓް

އަދީބު ހާމަކުރެއްވީ މުހިއްމު މައުލޫމާތުތަކެއް، އަސްލު ވަގު ހައްޔަރުކުރޭ: އަމީތު

22 ޖުލައި 2018 | އާދީއްތަ 15:51

80 މިލިއަން ޑޮލަރުގެ ޚިޔާނާތާ ގުޅޭގޮތުން އަދީބު ހާމަކޮށްދެއްވީ މުހިއްމު މައުލޫމާތު ތަކެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 ޖުލައި 2018 | އާދީއްތަ 15:51
މުހައްމަދު އަމީތު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި

މުހައްމަދު އަމީތު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި

އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރުގެ ޚިޔާނާތާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާމަކޮށްދެއްވީ މުހިއްމު މައުލޫމާތުތަކެއް ކަމަށާއި އަސްލު ވަގު ހައްޔަރުކޮށް ތަހުގީގު ފެށުމަށް ގޮވާލާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "80 މިލިއަން ޑޮލަރުގެ ޚިޔާނާތާ ގުޅޭގޮތުން އަދީބު ހާމަކޮށްދެއްވީ މުހިއްމު މައުލޫމާތު ތަކެއް ކަމަށެވެ. އަސްލު ވަގު ހައްޔަރުކޮށް ތަހުގީގު ފެށުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އަމީތު އެޓްވީޓުގައި އިތުރަށް ވިދާޅުވީ އަދީބުގެ ސަލާމަތާމެދު ކަންބޮޑުވާ ކަމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދޭ ކަމަށެވެ.

އަމީތު މިމޭރުމުން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި އާދީއްތަ ދުވަހު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ނަމަވެސް އަމީތުގެ ޓްވީޓުގައި ވަކި ބޭފުޅެއްގެ ނަމެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ޔާމީނާ އެންމެ ބޮޑު ގާތްކަމެއް ކުރިން އޮތް އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީން ރަށްތައް ދޫކޮށްގެން ލިބުނު 80 މިލިއަން ޑޮލަރު ގެންގޮސް ރައީސް ޔާމީންގެ އޭރުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެހީގައި ގުނި އިރު އެތަނުގައި ފައިސާ ގުނަން ހާއްސަ ކޮޓަރިއެއް ވެސް ހުންނަ ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނާ ހިލާފަށް 10 ރަށެއް ދޫކުރި ކަމުގެ ޝަރީއަތުގައި އާދީއްތަ ދުވަހު އޭނާ ވިދާޅުވި ގޮތުގައި ގައުމު ހިންގަވަން ހަވާލުކުރުމާއެކު ރައީސް ޔާމީން ހަވާލުވެވަޑައިގަތީ "ޑޮލަރު ގުނުމު"ގެ މަސައްކަތާ އެވެ. އޭރު ދޫވެހީގައި ވަކިން ހުންނަ ކޮޓަރީގައި ފައިސާ ގުނަން ބަންގްލަދޭޝް މީހަކު ހުންނަ ކަމަށް ވެސް، 33 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ޖަމާކުރީ ރައީސް ޔާމީންގެ އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާކުރީ އެ "ވައްކަންތައް ފޮރުވަން" ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް