Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަން

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017 | އަންގާރަ 08:02

އިޚްލާސްތެރި، ހެޔޮ ވެރިކަމެއް ޤާއިމް ކުރަން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 28 މާރިޗު 2017 | އަންގާރަ 08:02
ސްރީލަންކާގެ ކުރީގެ ރައީސާ، ޗަންދްރިކާ ކުމާރަތުންގާ

ސްރީލަންކާގެ ކުރީގެ ރައީސާ، ޗަންދްރިކާ ކުމާރަތުންގާ

ރާއްޖޭގައި ސިޔާސީ އަދި އިޖުތިމާޢީ ގޮތުން އުފެދިފައިވާ މައްސަލަތަކުން އަރައިގަތުމަށް ސިޔާސީ ފަރަތްތަކާއި، މަދަނީ ޖަމިއްޔާތަކުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށާއި، އެގޮތުން ހުކުރު ދުވަހު އެކުލަވާލި އިދިކޮޅު ކޯލިޝަނަށް މަރުޙަބާ ދަންނަވާ ކަމަށް އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސާ، ޗަންދްރިކާ ކުމާރަތުންގާ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނާއި، އިދިކޮޅު އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީ ގުޅިގެން އިސްލާހަށް މަސައްކަތް ކުރުމަށް ހުކުރުދުވަހު އެއްބަސްވުމާއި ގުޅިގެން، ޗަންދްރިކާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޑިމޮކްރަސީ ކަށަވަރުކޮށް، މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށްދީ، ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް އުފެއްދި އެ ކޯލިޝަނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ރާއްޖެ އާއި ސްރީ ލަންކާ އާއި ދެމެދު ގާތް ގުޅުމެއް އޮތްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، ރާއްޖެއާއި ލަންކާ އަކީވެސް، ސިޔާސީ އަދި އިޖުތިމާޢީ ގޮތުން ގިނަ މައްސަލަތަކަކާއި ކުރިމަތިލަމުންދާ ދެ ޤައުމުކަމަށާއި، ފަޤީރުކަމާއި، ނޭއްގާނީ ކަމާއި ދެކޮޅަށް މަސައްކަތްކޮށް، އިންސާފުވެރި، ހަމަހަމަ މުޖުތަމަޢުއެއް ޤާއިމްކޮށް، އިޚްލާސްތެރި، ހެޔޮ ވެރިކަމެއް ޤާއިމް ކުރުމަށް، ސިޔާސީ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ކޯލިޝަނަށް ޗަންދްރިކާ މަރުޙަބާ ވިދާޅުވިއިރު، އަވަށްޓެރި ޤައުމުތަކުގެ ސިޔާސީ އިސް ބައެއް އެހެން ފަރާތްތަކުންވެސް ވަނީ އެ މަސައްކަތަށް މަރުޙަބާ ދަންނަވާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް