Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ނޫސްބަޔާން

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ޖާގަ ދިނުމަށް އެމްޑީޕީން ރައީސް ޔާމީނަށް ގޮވާލައިފި

15 ޖުލައި 2018 | އާދީއްތަ 16:44

އީޔޫއިން ވަނީ ޖުލައި މަހުގެ 16 ގައި ރާއްޖެއަށް ފިޔަވަޅު އަޅަން ނިންމާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖުލައި 2018 | އާދީއްތަ 16:44
އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ

އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން މިހާތަނަށް އާންމު ކޮށްފައިވާ ބޭފުޅުންނަށް ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށާއި ހައުސިން މިނިސްޓްރީއަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލް އަންގަވައި ނެރުއްވި ބަޔާން ފެންނަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ވަކިން ޚާއްސަކޮށް ވިލާތުގެ އިއްތިހާދަށް އޮޅުވާލުމަށް ކުރިއާލައި ނެރެފައިވާ އެއްޗެއްގެ ގޮތުގައިކަމަށް މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީން ބުނެފިއެވެ.

ފުލުހުންނަށާއި ހޯމް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ޕީއެސްއެމަށް ވަކިވަކިން އަނިލް ބުދަ ދުވަހު ފޮނުއްވެވި ސިޓީފުޅަށް ފަހު، ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ގޮތުގައި ޕާޓީތަކުން ކަނޑައަޅާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ ރަނިންގމޭޓަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދިނުމަށް އެ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަސާސީ ހައްގުތައް ނަގާލުމާއި، ތަފާތުކުރުމާއި، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހިންގުމަށް ގާނޫނާއި ޚިލާފަށް ހުރަސްއަޅަމުން ގެންދިއުމުގެ ސަބަބުން އެ ބޭފުޅެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އެ މަނިކުފާނާއި އެކުގައި މަސައްކަތްކުރައްވާ ވަޒީރުން ކުރައްވަމުން ގެންދަވާ އަދި ކުރައްވާފައިވާ ކަމަށް ޖުމްލަ އެގާރަ ކަމެއް ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އިޚްތިޔާރު ކުރާ ކެނޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނު ދިނުމާއި އިދިކޮޅު ލީޑަރުން ހިމެނޭ ގޮތުން އިދިކޮޅު އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރުން ހިމެނެއެވެ.

ފުލުހުންނާއި އަސްކަރިއްޔާއަށް ގާނޫނާ ޚިލާފަށް ސުޕްރީމް ކޯޓަށް ވަނުމަށް އަމުރުކުރި ކުރުމާއި ރައްޔިތުންގެ މަޖިލީހަށް އަސްކަރިއްޔާ ވައްދައި ގާނޫނާ ޚިލާފަށް މެމްބަރުން ނެރުން ވެސް ފާހަގަކޮށްފައި ވެއެވެ.

އެންމެނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ދިނުމަށް ދެކޮޅު ހެއްދެވި ހެއްދެވުމުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުން މިހާރު ދެކެމުންދާ ގޮތުގެ ސަބަބުން ރައީސް ޔާމީންގެ ސަރުކާރުން ކަންބޮޑުވާކަން އެނގޭކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން ބުނެފައި ވަނީ އެ ކަންބޮޑުވުންތަކާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް އުއްމީދު ކުރާކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ކުށްވެރިން ކަމަށް ބުނާ ބޭފުޅުން ދޫކޮށްލުމާއި، މަދަނީ އަދި ސިޔާސީ ހައްގުތައް އިއާދަކުރުމާއި ލަދެއްނެތި ސިޔާސީ ކޮށްފައިވާ މުއައްސަސާތައް އިސްލާހު ކުރުން ހިމެނޭކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީން އިނގިރޭސި ބަހުން މި ބަޔާން ނެރެފައި ވަނީ ދިވެހި ދައުލަތުގެ ވެރިންނަށް ފިޔަަވަޅު އެޅުމަށް ހޯމަ ދުވަހަށް އީޔޫއިން އެޖެންޑާކޮށްފައިވަނިކޮށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް