Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ކެންޑިޑޭޓުންނަށް ހަމަހަމަ ފުުރުސަތު މިސަރުކާރަކަށް ހޯދައެއް ނުދެވޭނެ: ހަސަން ލަތީފު

12 ޖުލައި 2018 | ބުރާސްފަތި 04:10

އިބޫއަށް ޒުވާން ގްރޫޕަކުން ހަމަލާ ދޭން މަސައްކަތްކުރި މައްސަލަ ފުލުހުން އެކަށީގެންވާ ގޮތުގައި ތަހުގީގެއް ނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖުލައި 2018 | ބުރާސްފަތި 04:10
އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފު

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފު

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން އާންމުކޮށްފައިވާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން އަމަލު ކުރުމުގެ ފުރުސަތު ރައީސް ޔާމިންގެ ސަރުކާރަށް ނުދެވޭނެ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްވަމުން ހަސަން ލަތީފު ވިދާޅުވީ ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލް ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށާއި ހައުސިން މިނިސްޓްރީއަށް އެންގެވި ނަމަވެސް އެގޮތަށް އެކަން ނުހިނގާނެ ކަމަށާއި، އެފުރުސަތު މިސާރުކާރަށް ހޯދައި ނުދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޕެއިންގެ ހަރަކާތްތައް ހިންގެވުމަށް އަންގާރަ ދުވަހު ހުޅުމާލެއަށް ވަޑައިގެން އުޅުއްވަނިކޮށް ޒުވާން ގްރޫޕަކުން ހަމަލާ ދޭން މަސައްކަތްކޮށް، ކަޅުތެޔޮ ޖެހި މައްސަލައަށް އަލިއަޅުއްވަލައިވަމުން ހަސަން ލަތީފު ވިދާޅުވީ މިމައްސަލަ ފުލުހުން އެކަށީގެންވާ ގޮތުގައި ތަހުގީގު ނުކުރާ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަންޖެހޭ އަވަސްމިނުގައި ކުރާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށާއި، އެޕާޓީން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަކީ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އެގޮތުން އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގެ އިންތިޚާބުގައި 43،000 ވުރެ ގިނަ މެންބަރުންގެ ވޯޓުން ރައީސް ނަޝީދު ހޮވިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިސަރުކާރުން ބަންދުކޮށްފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ގޮތަށް ބާއްވާ ރިޔާސީ އިންތިޚާބެއްގައި ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ރައީސް ނަޝީދަށް ވާދަނުކުރެވޭ ގޮތަށް ބާއްވާ އިންތިޚާބެއްގައި ހަމަހަމަ ފުރުސަތުދޭ ވާހަކަ ހަގީގަތުގައި ބަންޑާރ ނާއިބު ދައްކަވައިގެން ނުވެސް ވާނެ. އެފުރުސަތު ހަމަހަމައެއް ނޫން. އެފުރުސަތު ހަމަހަމަކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނީ ޕީޕީއެމްގެ ފަރާތުން، ރައީސް ޔާމިންގެ ފެކްޝަނުން އެބޭފުޅުން އެންމެ އެދޭ ކެންޑިޑޭޓް ނޫން ކެންޑިޑޭޓެއް ވާދަކުރައްވަންޏާ. އެހެން ނޫން ނަމަ ހަމަހަމަ ކަމަށް ގަބޫކުރާނީ ކިހިނެތްތޯ؟" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ހަމަހަމަ ފުރުސަތުގެ ވާހަކަދައްކަން ޖާގަ ވެސް ނެތް ކަމަށާއި، އެމްޑީޕީގައި ހިމެނޭ 52،000 އަށް ވުރެ ގިނަ މެންބަރު ތިބިއިރު، ގިނަ މެންބަރުން ބޭނުންވާ ލީޑަރު ރިޔާސި އިންތިޚާބަށް ނެރެވެން ނެތް ކަމަށެވެ. އެހެންކަމުން ހަމަހަމަ ކުރާނެ ގޮތެއް ނުވިސްނޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ކެންޑިޑޭޓުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ ބަންޑާރަ ނާއިބު އަންގަވައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އަސާސީ ހައްގުތަކަކީ ދޭންޖެހޭ ހައްގުތަކެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތެއް ވެސް ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ތަނެއްގައި ކަމެއް ހިނގައިގެން އުޅޭ އިރު އެ މައްސަލަ އަދި ހުށަނާޅައޭ ބުނެ އެކަމަށް އެޓެންޑްނުވެ ނުތިބެވޭނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެގޮތަށް ތޮޔޮ ފޮދެއް ބުރައިގެން ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށާއި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އަދި އެމްޑީޕީ ވެސް ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ހަމަހަމަ ފުރުސަތު އޮންނަން ވާނެ: އީސީގެ މެމްބަރު ހަބީބު

15 އޯގަސްޓު 2017
ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ހަމަހަމަ ފުރުސަތު އޮންނަން ވާނެ: އީސީގެ މެމްބަރު ހަބީބު
04 ޖޫން 2017

ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު

04 ޖޫން 2017
ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު
05 މެއި 2017

ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް

05 މެއި 2017
ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް
04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
22 އެޕްރީލު 2017

ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް

22 އެޕްރީލު 2017
ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް
22 އެޕްރީލު 2017

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

22 އެޕްރީލު 2017
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ
10 އެޕްރީލު 2017

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު
04 އެޕްރީލު 2017

ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

04 އެޕްރީލު 2017
ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް