Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު

ސިޓީ ކައުންސިލުން ހުވާކުރުމަށް ދަރުބާރުގެ ނުލިބުމުން ހުވާކޮށްފައިވަނީ ޣިޔާސުއްދީން ސްކޫލުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޖޫން 2017 | އާދީއްތަ 13:39
މާލޭ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް

މާލޭ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް

މާލޭ ސިޓީގެ ކައުންސިލަރުން ހުވާކުރެއްވުމުގެ ދަރުބާރު ބޭއްވުމަށް ދަރުބާރުގެ ދޫނުކޮށް، ޕީޕީއެމްގެ ހަރަކާތަކަށް ދަރުބާރުގެ ދޫކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ހުވާކުރެއްވުމަށް ދަރުބާރުގެ ނުދީ، ތަރާވީސް ބާއްވާފައިވަނީ މާލޭގެ ރައްޔިތުންނަށްވުރެ ޕީޕީއެމް، މި ސަރުކާރަށް މުހިއްމުވާތީ ކަމަށެވެ.

Advertisement - newsAdvertisement

މާލޭ ސިޓީ ކައުންސިލަށް ހައުސިން މިނިސްޓްރީން ފުރަތަމަ ދޭން ނިންމީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމެވެ. އެހެން ނަމަވެސް ފަހުން އެންގީ ހުވާކުރުމަށް ލިބޭނީ ފާށަނާ މާލަން ކަމަށެވެ. އެ ހޯލަށް ފައިސާ ދައްކަން ޖެހޭނީ ނަގުދު ފައިސާއިން ކަމަށް އެންގި ކަމަށާއި ނަމަވެސް ފަހުން އެ މަލާން ވެސް ހަމަޖައްސައިދެވެން ނެތް ކަމަށްކުއްލިއަކަށް އެންގި ކަމަށް ޝަމާއު ވިދާޅުވި އެވެ.

އެހެންވެ މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ ހުވާކުރުމުގެ ދަރުބާރު ބޭއްވީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގަ އެވެ.

މާލޭގައި ދިރިއުޅޭ ހއ. އަދި ހދ އަތޮޅުގެ ރައްޔިތުންނަށް ބޭއްވި ތަރާވީހުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޝަމާއު ވިދާޅުވީ ޕީޕީއެމްގެ ކަންތައްތަކުގައި ދަރުބާރުގެ ދިނުމުން ދައުލަތަށް ވަންނަން ޖެހޭ ފައިސާއެއް ދަރުބާރުގެއަކަށް މިހާރު ނުވަންނާނެކަމަށާއި މި ދަނޑިވަޅުގައި އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލުން މުހިއްމު ކަމަށެވެ. އަދި މިނިވަން އޮޑިޓެއް ހިންގައިފިނަމަ ކުރިއަށް އޮތް އޮޑިޓް ރިޕޯޓުގައި ދަރުބާރުގެ ހިލޭ ޕީޕީއެމްގެ މީހުންނަށް ދޭ ވާހަކަ އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ސަރުކާރުން ހިންގާ ކަރަޕްޝަންތައް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅުއްވާނެކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު