Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓްރީ

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

ރާއްޖޭގެ މައްސަލަތައް ޙައްލު ކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 އެޕްރީލު 2017 | ހޯމަ 21:59
ޤާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން ބޭއްވި އެއްވުމުގެ ތެރެއިން

ޤާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން ބޭއްވި އެއްވުމުގެ ތެރެއިން

ބައިނަލް އަގުވާމީ މުޖުތަމައުއިންވެސް ވަކި ފަރާތަކަށް ބުރަ ނުވެ ހަމަހަމަކަން އިސްކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލުމަށް ޔޫރަޕްގެ އިއްތިހާދާއި، އެމެރިކާ، ކެނެޑާ، ނޯވޭ އަދި ސްވިޓްޒަލެންޑުގެ އެމްބަސީން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ރައްދުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކަށްވެސް ޤާނޫނީ އިމުގެ ތެރެއިން ސިޔާސީ ޙަރަކާތް ހިންގުމުގެ ޖާގަ އެބައޮތް ކަމަށެވެ.

"ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރާ އިދިކޮޅު ޙަރަކާތަކީ ޑިމޮކްރަސީއެއްގެ މުހިއްމު ބައެއް ކަމަށް ޤަބޫލު ކުރަން" ސަރުކާރުގެ ބަޔާނުގައިވެއެވެ.

ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގައި ސިޔާސީ ޙަރަކާތް ހިންގުމުގެ ޖާގަ އެބައޮތް ކަމަށާއި، އަދި ރާއްޖޭގެ މައްސަލަތައް ޙައްލު ކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެއިތުރުން މައްސަލަތައް ޙައްލުކުރުމުގައި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ވެސް ޒިންމާއެއް އެބައޮތް ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާއަށް މިހާރުވެސް ގޮވާލާފައިވާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ބައިނަލްއަޤްވާމީ މުޖުތަމައުންވެސް ވަކި ފަރާތަކަށް ނުޖެހި ދިވެހިރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގައި ދިވެހިރާއްޖޭގެ ސަރުކާރަށް އެހީތެރިވުމުގެ މުހިއްމުކަން މި ދަނޑިވަޅުގައި ބޮޑުކަމަށް ދެކޭކަމަށެވެ.

މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ޒަމާންވީ ސިޔާސީ މައްސަލަތަކުން އެކަހެރިވެ، އިޤްތިޞާދީ ބޮޑު ބަދަލަކަށް ދިވެހިރާއްޖެ މިސްރާބު ޖަހާފައިވާތީ، އެކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ކުރަމުން އަންނަ ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ތަރަށްގީއަށް ހުރަސް އެޅުމަށް ކުރާމަސަައްކަތްތަކެއްކަމަށް ދިވެހި ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ތަރައްގީއަށް ހުރަސް އެޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ގެއްލުންވަމުންދާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވަނިކޮށް، ޔޫރަޕްގެ އިއްތިހާދުންނާއި، ކެނެޑާ, ނޯވޭ، ސްވިޒަލޭންޑްގެ އިތުރުން އެމެރިކާ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ އިދިކޮޅު ސިޔާސީ ފަރާތެއް އޮތުމަކީ ވަރުގަދަ ޑިމޮކްރަސީއަކަށް ލާޒިމް ކަމެއް ކަމަށާއި، އެކަމަށް ސަރުކާރުން ޖާގަ ދޭން ޖެހޭކަމަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގައި އަސާސީ ހައްގުތައް ކަށަވަރުކޮށްދޭ މިންވަރު ގާތުން ބަލަމުންދާނެ ކަމަށާއި، އަދި ވަކިން ޚާއްސަކޮށް ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބަލާ ފާރަވެރިވާނެކަމަށް އީޔޫގެ ގުޅިފައިވާ ބަޔާނުގައި ވަނީ، ސަރުކާރަށް އެލާޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމިންއަށް އިންސާފު ހޯދައިދެވޭނީ ބައިނަލް އަޤްވާމީ ތަހުޤީގަކުން:ނަޝީދު

23 އެޕްރީލު 2017
ޔާމިންއަށް އިންސާފު ހޯދައިދެވޭނީ ބައިނަލް އަޤްވާމީ ތަހުޤީގަކުން:ނަޝީދު
20 އެޕްރީލު 2017

ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް

20 އެޕްރީލު 2017
ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް
11 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

11 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
02 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް
01 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު