Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލޭ ހަރުގެ ޖަލްސާ

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

ރައީސް ޔާމީނު ވަނީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލާފައި- ޝިޕާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 10:12
ޝީފާ މުހައްަމަދު ޖަލްސާގައި ވާހަކަދައްކަވަނީ

ޝީފާ މުހައްަމަދު ޖަލްސާގައި ވާހަކަދައްކަވަނީ

ޕީޕީއެމް އިން ނުކުންނަ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ރައީސް ޔާމީން ފެނިގެންދިއުމުން އެޕާޓީގެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށާއި ލާމަރުކަޒީ ނިޒާމު ފުނޑު ފުނޑު ކޮށްލުމަށް މަސައްކަތް ކުރާ ފަރާތެއްގެ ފޮޓޯއާ އެކު ނުކުތުމުން ސަޕޯޓެއް ނުލިބޭ ކަމަށް އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭ ހަރުގޭގައި ބޭއްވި ޖަލްސާގައިވާ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މަސައްކަތް ކުރާ ބޭފުޅެއް ކަމަށް ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަމަށެވެ. އަދި އެނިމާޒު ފުނޑާލުމަށް މަސައްކަތް ކުރާ ބޭފުޅެއްގެ ފޮޓޯ ޖަހައިގެން އެ ކެންޑިޑޭޓުންނަށް ލިބޭނީ ކޮން ވޯޓެއް ކަމާ މެދު ޝިފާ ވަނީ ސުވާލުއުފައްދާފަ އެވެ.

Advertisement - newsAdvertisement

ޝީފާ ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ގާނޫނު އަސާސީގެ 28 މާއްދާ އަށް ތަފާތު އެކި ބަދަލުތައް ގެނެސްފައި ކަމަށެވެ.

" ކޮން ވޯޓެއް ހޯދަންތޯ މިދަނީ، ލާމަރުކަޒީ ނިޒާމުގެ 28 މާއްދާ ކޮށާ މަށައި ބޮނޑިކޮށްލައި ވީދާލައިފައި، ގެއަށް ވަދެ މިބުނަނީ އަނެއްކާވެސް ތިމަންނަ ހޮވަން ބޭނުންވާ ކެންޑިޑޭޓުންނަށް ވޯޓު ދޭށޭ. ކޮބައިތޯ މީގެ ބޭނުމަކީ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، މިއަދު ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން ގޭގެއަށް ގޮސް ވޯޓު ހޯދުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ފުޑާލާފައި ގޮސް ވޯޓުދޭށޭ ބުންޏަސް މިކަން ރައްޔިތުންނެތް ބަލައެއް ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ގެނެސްފައި ވަނީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އެމްޑީޕީން އަބަދުވެސް އިންތިހާބުތަކުގައި ނަތީޖާ ނެރޭ ކަމަށާއި އެ ޕާޓީން ކެންޑިޑޭޓުން ނެރުމުގައި އަބަދުވެސް އަންހެނުންނަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

ޝިފާ ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެޕާޓީން ސަރުކާރުގައި އޮވެގެން ކުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

"ލާމަރުކަޒީ ނިޒާމަކީ މުހިއްމު ނިޒާމެއްކަން ދެކިގެން، އެމްޑީޕީން އިސްނަގައިގެން މި ނިޒާމު ގެނައުމަށްޓަކައި ކުރި މަސައްކަތުގެ ސަބަބުން މާލޭގެ އެންމެ ފުރަތަމަ ކައުންސިލްގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށް. އެ ކައުންސިލުން ވަނީ ވިލިގިލީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފަ. އަދި މިހާރުގެ ކައުންސިލް އޮވެގެން ވެސް ވިލިގީލީގައި ދުއްވާ ބަގީގެ ހިދުމަތުގެ އަގު ބޮޑު ވިޔަނުދީ ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރެވިގެންދިޔަ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، ވިލިމާލޭގައި އަވަށު އޮފީހެއް ގާއިމް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން، ވިލިމާލޭގައި ހިންގާ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވުމަށް އޮފީހެއް އެޅުމަށް އެދުމުން ވެސް ސަރުކާރުގެ ބަޖެޓުގައި މިދިޔަ ދެ އަހަރު ވެސް ޖަހާފައިނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު