Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

ސަރުކާރުން ދަނީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑޭސީ ބާތިލް ކުރުމަށް މަސައްކަތް ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 4 އެޕްރީލު 2017 | އަންގާރަ 19:15
އެމްޑީޕީން ބޭއްވި ޖަލްސާ އެއްގެ ތެރެއިން

އެމްޑީޕީން ބޭއްވި ޖަލްސާ އެއްގެ ތެރެއިން

އަންނަ މަހު ހަ ވަަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލަތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލުކުރާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ކެންޑިޑެސީ ބާތިލްކުރުމަށް ސަރުކާރުން ރާވައިގެން ކުރަމުންގެންދާ ހުރިހާ ކަމެއް ކުށްވެރިކޮށް އެފަދަ މަކަރުވެރި ރޭވުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މުވައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލައި ފިއްތައިގެން އިންތިޚާބުތައް ފަސްކުރުންފަދަ ކަންކަމުގެ އިތުރުން ފުލުހުން ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުން ފްރޭމްކޮށް ކެންޑިޑެސީ ގެއްލުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުބާއްވައި އިންތިޚާބުގެ މިނިވަންކަން ގެއްލި ރައްޔިތުން އިންތިޚާބުތަކަށް ކުރާ ޤަދަރާއި އިތުބާރު ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ މެދު އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން މިއީ ވާދަވެރި ކެންޑިޑޭޓުން އިންތިޚާބުގައި ބައިވެރިވުމަށް ހުރަސްއެޅުމަށް ސަރުކާރުން ރާވައިގެން ހިންގަމުން އަންނަ ނުރައްކާތެރި ބޮޑު ޖަރީމާއެެއްކަމަށް ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު