Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯލިޝަންގެ ރަނިންގމޭޓް

ރަނިންގ މޭޓު ކަމަށް ޖޭޕީގެ ފަރާތުން ހުސެއިން އާއި ފައިސަލް ކުރިމަތި ލައްވައިފި

11 ޖުލައި 2018 | ބުދަ 14:03

ރަނިންގ މޭޓްކަމަށް ކުރިމަތި ލެއްވީ ބުދަ ދުވަހު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 11 ޖުލައި 2018 | ބުދަ 14:03
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ހުސެއިން ރަޝީދާއި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލްް ނަސީމް ރަނިންގ މޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ހުސެއިން ރަޝީދާއި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލްް ނަސީމް ރަނިންގ މޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވަނީ

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންގ މޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލްް ނަސީމް ކުރިމަތިލައްވައިފިއެވެ.

ބުދަ ދުވަހު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވެސް ވަނީ ރަނިންގމޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

ފޯމް ހުށަހެޅުއްވުމަށް ފަހު ޑރ. ހުސެއިން ވިދާޅުވީ އެބޭފުޅާއަށް ތާއީދު ކުރައްވާނެ ކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ކަންދިމާކުރާ ގޮތުން އެ މަގާމަށް ހޮވިވަޑައި ނުގެންނެވި ނަމަވެސް އެއްވެސް ބޭފުޅަކާ ދޭތެރޭ ހަސަދައެއް ނޯންނާނެ ކަމަށާއި އެބޭފުޅާގެ އަޒުމަކީ ރައްޔިތުންނަށްޓަކައި ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުން ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑަށް ތާއީދު ކުރެއްވުމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެފައިވާތީ އެބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ ކަމަށް. ދެން މި އިންތިޚާބަކީ ޕާޓީގެ އެތެޜޭގައި ހިނގާ އިންތިޚާބަކަށް ވާތީ، މި ޕާޓީގެ ތެރޭގެ އެންމެ މަސްލަހަތު ހުރިގޮތަކަށް މި އިންތިކާބުގެ ކަންކަން ގެންދިއުމަކީ މި ދަޑިވަޅުގައި އެންމެ މުހިއްމު ކަންކަމުގައި އަޅުގަނޑު ދެކެން. އަދި މި އިންތިޚާބުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މި ރިޔާސީ އިންތިޚާބުގައި ވާދަކޮށް މިހާރު ރާއްޖޭގައި މިއޮތް އަނިޔާވެރި ސަގާފަތް ނިމުމަކަށް ގެނެސް އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި މި އިންތިޚާބު ކާމިޔާބު ކުރުމަކީ އަޅުގަނޑުގެ މިވަގުތުގެ އެންމެ ބޮޑު އަމާޒު"

ޑރ. ހުސެއިން އިތުރަށް ވިދާޅުވީ ރާއްޖެއަށް މިވަގުތު ކުރަމަތި ވެފައިވާ އަނިޔާވެރި ކަމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ރާއްޖޭގެ ރައްޔިތުން އެދޭ ދުޅަހެޔޮ އަމާން ވެއްޓެއް ގާއިމްކުރަން ޖެހޭނެ ކަމަށާއި ދުނިޔެމަތީގައި ސުވަރުގެ އެއްފަދަ މި ރާއްޖޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބޭ، އަމާން ވެއްޓެއްގައި ދިރިއުޅެވޭ ބަޔަކަށް ވެސް ހަދަން ޖެހޭ ކަމަށެވެ.

ފައިސަލް ވެސް ވަނީ އޭނާ އަށް އެ ފުރުސަތު ދެއްވުމަށް ކައުންސިލް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފައިސަލް ވިދާޅުވީ ދިވެހިރާއްޖެ ޒުވާނުންގެ ގައުމަކަށް ހަދަން ބޭނުންވާ ކަމަށާއި، ގައުމު ވެގެންދާނީ މުސްކުޅިންނަށް އަޅާލައި ކުޑަކުދިންގެ ހައްގުތައް ޔަގީންކޮށްދޭ ގައުމަކަށް ކަމަށެވެ. އެ އާ އެކު ރާއްޖެ އިންސާފުގެ މަގަށް ދަތުރު ކުރުމަށް މިސްރާބު ޖަހާނެ ކަމަށާއި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެއާއެކު ރާއްޖޭގެ ކޮންމެ އާއިލާއަކަށް ވެސް ފަޚުރުވެރިކަމާ އެކު އެ މީހަކު ބޭނުންވާ ތަނެއްގައި، އެމީހަކު ބޭނުންވާ ރަށެއްގައި، އެމީހެއްގެ ވަޒަނުގައި ދިރިއުޅެވޭނެ މަގު ހޯދައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. ހުސެއިން އާއި ފައިސަލްގެ އިތުރުން ޖޭޕީގެ ނާއިބު ލީޑަރެއް ކަމަށްވާ އަބްދުﷲ އަމީން ވެސް ވަނީ ރަނިންގ މޭޓް ކަމަށް ކުރިމަތިލައްވާފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި އެޕާޓީން ރަނިންގ މޭޓަކަށް ނެރޭނެ ބޭފުޅަކު އިންތިޚާބުކުރާނެ ކަމަށެވެ. ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މި މަގާމަށް ޖުމްހޫރީ ޕާޓީގެ ތެރެއިން އިތުރު މެމްބަރުން ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މެމްބަރުންގެ ނަންތަކެއް ސަމީރު ހާމައެއް ނުކުރައްވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން
06 އެޕްރީލު 2017

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

06 އެޕްރީލު 2017
ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް