Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ހަރަކާތް

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

42 މެމްބަރުންގެ ސޮއި ހަމަކުރާނަން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އެޕްރީލު 2017 | ބުދަ 03:03
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

ޤައުމަށްޓަކައި އަދި ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށްޓަކައި ޤާނޫނީ ވަކީލުން ތެދުވާންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަަސައްކަތް ކުރައްވާ އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އެކި ގޮތްގޮތުން މަސައްކަތް ކުރާ 900 އެއްހާ ޤާނޫނީ ވަކީލުން އެބަތިބި ކަމަށާއި އެބޭފުޅުން ހައްގުބަސް ބުނާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީ ދެ ފަހަރެއްގެ މަތިން މުގުރާލިއިރުވެސް ވަރަށް މަދު ޤާނޫނީ ވަކީލެއް ފިޔަވައި އެކަމާއި މެދު އެއްޗެއް ވިދާޅުވާ ތަނެއް ނުފެންނަ ކަމަށާއި ޤާނޫނީ ވަކީލުން މަޑުކުރަނީ ކޮން ބަޔަކު އައިސް މިޤައުމު ސަލާމަތް ކުރާނެ ކަމަށްތޯ އަލީ ހުސެއިން ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާގެ ވާހަކައިގައި ވިދާޅުވީ ހައްގުބަސް ނުބުނެ އިތުރަށް ލަސްކޮށްފި ނަމަ މިގައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި މިގައުމުގެ ސިޔާދަތާއި މިނިވަންކަން ގާދޫ ކޮލުން ބޭރަށް ނުދަނީސް މިގައުމު ސަލާމަތް ކުރަން ތެދުވަން ވެއްޖެ ކަމަށެވެ.

ދިވެހި ސިފައިންނަށް ފުލުހުންނަށް އިޝާރާތްކޮށް އަލީ ހުސައިން ވިދާޅުވީ މިގައުމުގެ ކާބަފައިން ކުރި ޖިހާދު މަތިން ވިސްނާލަންޖެހޭއިރު، އެބޭފުޅުން ކޮށްގެންތިބި ހުވާގެ މަތީގައި ހަގީގީ މާނައިގައި ދެމިތިބެން ޖެހޭ ކަމަށެވެ.

ޖަލުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މަޖީލީހަށް ހާޒިރު ނުކޮށް އުޅޭ ކޮންމެ ދުވަހަކީ ފުލުސް ކޮމިޝަނަރ ފުލުހުންގެ ޤާނޫނާއި ޚިލާފުވެފައިވާ ދުވަހެއް ކަމަށާއި އެހެން ކަމުން ޤާސިމް އިބްރާހިމް ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް އަލީ ހުސެއިން ވަނީ ފުލުހުންނަށާއި ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރުކުރުމަށްވުރެ ބޮޑަށް ދެކެން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީން ގޮނޑިން ފައިބާވަޑައިގަންނަވާ މަންޒަރު ބަލަން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ހުއްޓާލާނީ މަޖިލީހުގެ ޤަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާއި އެއްގޮތަށް މަޖިލީހުގެ ރައީސް ބޭރުކުމަށް ހުށަހަޅަންޖެހޭ 42 މެމްބަރުންގެ ސޮއި ހަމަކޮށްފައި ކަމަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން

07 އެޕްރީލު 2017
ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން
01 އެޕްރީލު 2017

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް
26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
26 މާރިޗު 2017

ފެތެމުންދާ އޮޑީގައި ނުތިއްބެވުމަށް މެންބަރުންނަށް ގޮވާލަން: ރައީސް ނަޝީދު

26 މާރިޗު 2017
ފެތެމުންދާ އޮޑީގައި ނުތިއްބެވުމަށް މެންބަރުންނަށް ގޮވާލަން: ރައީސް ނަޝީދު
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު