Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރުކަމުގެ މަގާމަށް ޝައިނީ ކުފޫ ހަމައެއްނުވޭ: އަލީ ޒާހިރު

ލީވާން އަލީ
ލީވާން އަލީ | 30 ޖެނުއަރީ 2017 | ހޯމަ 00:42
 ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި އާދީއްތަ ދުވަހުގެ ރޭގައި، އަދާލަތު ޕާޓީގެ ނައިބްރައީސް އަލީ ޒާހިރު (ވ) ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި އާދީއްތަ ދުވަހުގެ ރޭގައި، އަދާލަތު ޕާޓީގެ ނައިބްރައީސް އަލީ ޒާހިރު (ވ) ވާހަކަ ދައްކަވަނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް" ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ކާނަލް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ، މިނިސްޓަރު ޝައިނީ ދައްކަވާ ވާހަކަތަކަކީ ދައުލަތުގެ ވަޒީރަކު ދައްކަވައިގެންވާނެ ވަރުގެ ވާހަކަތަކެއް ނޫން ކަމަށާއި، އެބޭފުޅާ އަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ގުރުބާންކުރާ ކަންބަޅިއެއް ކަމަށެވެ.

ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިނިވަންކުރަން އދ.ގެ ވޯކިން ގްރޫޕުން ގޮވާލާފައިވާ ދަނޑިވަޅެއްގައި އދ. ވޯކިން ގްރޫޕްގެ ގޮވާލުމަށް މިނިސްޓަރު ޝައިނީ ދެކޮޅު ހެއްދެވުމުން ދޭހަވަނީ މިނިސްޓަރުކަމުގެ މަގާމަށް ކުފޫ ހަމަނުވާކަން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ދައްކަވާ ވާހަކަތަކަކީ، އަލީ ޒާހިރު ވިދާޅުވި ގޮތުގައި، އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫނެވެ.

ކާނަލް ނާޒިމްގެ ޝަރީއަތް ކުރިޔަށްދިޔަ ގޮތާ މެދު ވަރަށް ގިނަ ޝައްކުތައް އުފެދިފައިވާ ކަން އދ.ގެ ވޯކިން ގްރޫޕުން ވެސް ނިންމާފައިވާކަން ފާހަގަކުރަމުން އަލީ ޒާހިރު ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ނާޒިމްގެ މައްޗަށް ސާބިތުވާން ޖެހޭ ކަމަށެވެ.

ނާޒިމް ދޫކޮށްލަން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން ނެރުނު ރިޕޯޓާގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ޝައިނީ ވިދާޅުވީ، ނާޒިމްގެ މައްސަލައިގައި ޝަރުއީ ތިން މަރުހަލާ ނިމިފައިވާ އިރު އދގެ ވޯކިން ގްރޫޕުގެ ނިންމުމަކީ ގާނޫނު އަސާސީގެ މައްޗަށް ބާރު ނުފޯރުވޭ ނިންމެވުމެއް ކަމަށެވެ.މިފަދަ ނިންމުންތައް ނިންމުމުގައި ރާއްޖޭގެ ހާލަތު ދެނެގަތުމަށް ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިވާ އިރު އެ ފުރުސަތު ބޭނުން ނުކޮށް ގޮތެއް ނިންމެވުމަށް ފަހު ހާލަތު ދެނެގައުމަށް އައުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމް ދޫކޮށްލުމަށް ޝައިނީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލުން އެއީ ރައްޔިތުންނާމެދު ބޭއިހްތިރާމް ކުރުން ކަމުގައި ވެސް ޝައިނީ ވަނީ ސިފަ ކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު