Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް

ޕޯސްޓަރު ހަރުކުރުމުގެ ކުރިން ހުރަސް އަޅާ، އެކަކު ހައްޔަރު ކޮށްފި

ފުލުހުން އަމަލުކުރަނީ ކޮން އުސޫލަކުން ކަމެއް ސާފެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖޫން 2018 | ބުދަ 14:30
ފުލުހުން މީހަކު އަތުން ޕޯސްޓަރު ނަގަނީ

ފުލުހުން މީހަކު އަތުން ޕޯސްޓަރު ނަގަނީ

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ހިންގާ "ޖަޒީރާ ރާއްޖެ" ޕޯސްޓަރުތައް ހިއްޕުމުގެ ހަރަކާތަށް ފުލުހުން ހުރަސް އަޅާ އެކަކު ހައްޔަރު ކޮށްފިއެވެ.

ބުދަ ދުވަހުގެ ހަވީރު އެމްޑީޕީން މ. ރީނދޫމާގެ، ކަންމަތީގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެށުމުގެ ކުރިން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، އެތާނގައި ތިބި މީހުން ދުރަށް ޖައްސާފައެވެ. އަދި އެތާނގައި ހަރަކާތްތެރިވި ދެ އަންހެން މީހުން ގެންގުޅުނު ފޮށިތައް ވެސް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އެހެންނަމަވެސް އެ ފޮށިތަކެއް ފުލުހުންނާއި ހަވާލެއް ނުކުރެއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒާއި، މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އެ ޕާޓީގެ ބައެއް ސަޕޯޓަރުން ބައިވެރި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން އެއްވެސް ވަރަކަށް ފުރުސަތު ދީފައެއް ނުވެއެވެ.

ޕޯސްޓަރުތައް ހަރުކުރުމުގެ ހަރަކާތައް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮންމެ މީހަކު ބޭނުންވާ ފިކުރަކަށް ތާއީދު ކުރުމަށާއި އެ ފިކުރެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބެންވާނެ ކަމަށެވެ.

އެމްޑީޕީން ޕޯސްޓަރުތައް ހަރުކުރަން އުޅުމުން ފުލުހުން ވަނީ އެ ޕޯސްޓަރުތައް އެމީހުން އަތުން ޖަހައިގަނެ، ވީދާލާފައެވެ. އަދި ޕޯސްޓަރުތައް ހިފައިގެން އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބި މީހުންގެ އަތުން ވެސް ފުލުހުން ވަނީ ޕޯސްޓަރު ޖަހައިގަނެފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ އެ ޕޯސްޓަރުތަކުގައި އެއްވެސް ގޯސް އެއްޗެއް ލިޔެފައި ނޯންނާނެ ކަމަށާއި ޕޯސްޓަރުގައި ހިމަނާފައިވާ ކަންތައްތަކަކީ މި ސަރުކާރުން ރާއްޖެއަށް ބޭނުންނުވާ ކަންތައްތަކެއްގެ ގޮތުގައި އަމަލުތައް ހުންނަ ގޮތުން ސިފަ ކުރެވޭ ކަމަށެވެ.

ފުލުހުން ވަނީ އަންގާރަ ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތަށް ހުރަސް އަޅާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) އާއި އެމްޑީޕީގެ ޔޫތުވިންގު މެމްބަރު މައިމޫން ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އެ ދެމީހުން ވަނީ ފަހުން ދޫކޮށްލާފައެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގޭގެއަށް ގޮސް ހިންގާ ކެމްޕެއިނަށް ހުރަސް ނާޅާއިރު އެ ފަރާތްތަކަށް ފުލުހުން ގެންދަނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު