Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފީރަށް ރުހުން

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

ކޮމެޓީން ރުހުން ދީފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ފެބުރުއަރީ 2017 | އާދީއްތަ 21:41
ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޑރ. ހުސައިން ނިޔާޒު

ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޑރ. ހުސައިން ނިޔާޒު

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ހ. ނިޔާސާ، ޑރ. ހުސައިން ނިޔާޒު އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ޑރ. ނިޔާޒަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ނިޔާޒު އައްޔަން ކުރެއްވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވެޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ އެވެ.

ކޮމެޓީން މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ބައްދަލުވުމުން ނިންމާ މިހާރު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްގައިވާ ގޮތުން އެކޮމެޓީން ނިޔާޒަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމާއި އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޑރ. ނިޔާޒުއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުންވެސް އެޖެންޑާ ކޮށްފައިވެއެވެ.

ޑރ ނިޔާޒު މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި
09 ޖޫން 2017

ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި
05 ޖޫން 2017

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު