Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

މަޖލީހުން ނިޔާޒަށް ރުހުން ދީފައިވަނީ 60 މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ފެބުރުއަރީ 2017 | ހޯމަ 13:39
ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޑރ. ހުސައިން ނިޔާޒު --

ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޑރ. ހުސައިން ނިޔާޒު --

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ހ. ނިޔާސާ، ޑރ. ހުސައިން ނިޔާޒަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖީލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާގައި ޔޫއޭއީއަށް ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ނިޔާޒަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 60 މެމްބަރުންގެ އިއްތިފާގުން ނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުން ނިޔާޒަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ނިޔާޒު އައްޔަން ކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވެޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ އެވެ.

އެމައްސަލަ ދިރާސާކޮށްފައި ވަނީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީންނެވެ. އެކޮމެޓީން ނިޔާޒަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޑރ. ނިޔާޒު މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު