Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

އަޅުގަނޑަކީ ޓެރަރިސްޓެއް ނޫން: ނަދީމު

24 ޖޫން 2018 | އާދީއްތަ 14:44

ދައުލަތުން އެދުނީ ބައެއް ލިޔެކިޔުންތަކާއި ހެކީންގެ ހެކިބަސް ސިއްރު ކުރަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ޖޫން 2018 | އާދީއްތަ 14:44
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް

ދައުލަތުން ދައްކާ ވާހަކަތަކުން މިއަށްވުރެ ބޮޑު ޓެރަރިސްޓެއް ނެތްކަމަށް ދޭހަވާ ކަމަށާއި ނަމަވެސް އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށާއި ނަދީމަށް ވަނީ ދެއްވާފަ އެވެ.

Advertisement - newsAdvertisement

ދައުލަތުގެ ފަރާތުން ހުށަހެޅި ބައެއް ލިޔެކިޔުންތަކާއި ހެކީންގެ މައުލޫމާތު ސިއްރު ކުރުމަށާއި އަދި ހެކިބަސް ނަގާއިރު އަޑު ބަދަލުކޮށްގެން ސިއްރުން ހެކިބަސް ނެގުމަށް ހުށަހަޅާކަމަށް ދައުލަތުގެ ގާނޫނީ ވަކީލުން ވިދާޅުވުމުން ނަދީމު ވިދާޅުވީ ދައުވާއިން ދިފާއު ވުމަށް އެކަށީގެންވާ ފުރުސަތާއި ވަސީލަތްތައް ނުލިބޭއިރު، ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން ހީވަނީ އޭނާއަކީ ބޮޑު ޓެރަރިސްޓެއްް ކަމަށެވެ. ނަމަވެސް ނަދީމު ވިދާޅުވީ އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ ގާނޫނީ ވަކީލުންގެ ބައެއް ވާހަކަތަކަށް ރައްދުދެއްވަމުން ނަދީމް ވިދާޅުވީ އޭނާ ޖަލުގައި ބަހައްޓާފައިވަނީ އެކަހެރިކޮށް ކަމަށާއި އަދި ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވުނަސް ޓެރަރިޒަމް ދައުވާ އުފުލާފައިވާ އެހެންފަރާތްތަކަށް ދެއްވާ ގޮތަށް ފޯން ކޯލްތަކާއި އާއިލީ ބައްދަލުވުންތައް ނުލިބޭ ކަމަށެވެ. އަދި ރޭޑިއޯ އަޑު އެހުމުގެ ފުރުސަތާއި ފޮތް ކިޔުމުގެ ފުރުސަތުވެސް ނުލިބޭކަމަށް ނަދީމު ވިދާޅުވި އެވެ.

ނަދީމުގެ ވާހަކަތައް ރައްދުދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކުށުގެ ތުހުމަތު ޓެރަރިޒަމް ދައުވާ އުފުލާފައިވާ 9 ބޭފުޅުންގެ ތެރޭގައި ހިމެނޭ ގިނަ ބޭފުޅުންނަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ތިއްބަވާ ބޭފުޅުންކަމަށާއި އެހެންކަމުން އެފަދަ ތަފާތުތަކެއް ހުރެދާނެ ކަމަށެވެ.

ނަމަވެސް ނަދީމު ވިދާޅުވީ އެ ފަރާތްތަކަށާއި ނަދީމަށް ވެސް ދައުވާ ކޮށްފައިވާ އެއްމައްސަލައެއްގައި ކަމަށާއި އަދި ޝަރީއަތަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އަދި ޖަވާބުދާރީވާންޖެހޭ ކަންކަމުގައި ނަދީމަށް ވެސް ދެއްވަނީ ހަމަ އެބޭފުޅުންނަށް ވެސް ފުރުސަތު ދެއްވާ އުސޫލުން ކަމަށެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ދަށުން ދައުލަތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މިމައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ފަރާތްތަކުން ތަހުގީގަށް ދީފައިވާ ބަޔާންތައް ނަދީމަށް ފޮރުކޮށް ނުދިނުމަށާއި އަދި ހެކީންގެ ހެކިބަސް ސިއްރުން އަދި އަޑު ބަދަލުކޮށްގެން ނެގުމަށެވެ.

މީގެއިތުރުން މީގެކުރިން ވަގުތީ އަމުރަކުން ސިއްރުކޮށްފައިވާ ލިޔެކިޔުންތައް ދާއިމީކޮށް ސިއްރުކޮށް ދިނުމަށް އަމުރެއް ނެރެދިނުމަށާއި މިމައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާތީ ނަދީމާއި ގުޅުންހުރި އިތުރު ހެކި ލިބިއްޖެނަމަ ހެކި ހުށަހެޅުމުގެ ފުރުސަތެކެވެ.

ނަދީމުގެ ފަރާތުން 26 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތުމަށް ނަދީމުގެ ފަރާތުން ހުށަހެޅުއްވި އެވެ. ސަބަބެއް ކަމަށް ދިފާއީ ވަކީލުން ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުގެ ހައްގަށް ހުރަސް އެޅޭތީ ކަމަށެވެ. އަދި ގާނޫނަށް ރިޔާއަތްކޮށް ދިފާއީ ވަކީލުން ވިދާޅުވީ އެ ހުށަހެޅުންތަކަކީ ގާނޫނާ ހިލާފު ހުށަހެޅުން ތަކެއް ކަމަށެވެ.

ނަދީމުގެ ފަރާތުން ހުށަހެޅި ގިނަ ހުށަހެޅުންތަކުގައި ވަނީ މިމައްސަލާގައި ފުލުހުން ތަހުގީގު ހިންގާފައިވާ ގޮތާއި ޕްރޮސެކިއުޓަރ ޖެނެރަލް، މިދައުވާއާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. އެގޮތުން މިމައްސަލައިގެ ތަހުގީގު ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އެތަހުގީގުގެ މައްޗަށް ބިނާކޮށް މިދައުވާ ނުކުރެވޭނެ ކަމަށްބުނެ، އެ ދައުވާ ބާތިލް ކޮށްދިނުމަށް ނަދީމުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގައި ބުނެފައި ވެއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ނަދީމުގެ ފަރާތުން ހުށަހެޅިފައިވަނީ 10 ހުށަހެޅުމެކެވެ. ދެން އޮންނަ އަޑުއެހުމެއްގައި ބާކީ ހުރި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ލިބޭނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ. އަދި އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވުމުގެ ކުރިން ގާޒީ ވަނީ ނަދީމުގެ ބަންދާ ގުޅޭ ވާހަކަތައް ނަދީމާއި ދިފާއީ ވަކީލުންގެ ފަރާތުން ވާހަކަ ދެއްކުމުގެ ފަުރުސަތު ދެއްވާފަ އެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް