Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ

ތުރުކީގެ އިދިކޮޅު މައި ކެންޑިޑޭޓް ޣުރުދުޣާން އަށް ޓީވީ ބަހުސަކަށް ވަޑައިގަތުމަށް ގޮންޖައްސައިފި

23 ޖޫން 2018 | ހޮނިހިރު 16:54

ޣުރުދާން ވާދަކުރައްވަނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ދައުރަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 ޖޫން 2018 | ހޮނިހިރު 16:54
އިނދިކޮޅު މައި ކެނޑިޑޭޓް މުހައްރަމް އިންސް

އިނދިކޮޅު މައި ކެނޑިޑޭޓް މުހައްރަމް އިންސް

ތުރުކީގައި އާދީއްތަ ދުވަހު އިންތިޚާބު ބާއްވާއިރު، އެ އިންތިޚާބު ކުރިން "އެންމެ ފަހު ފުރުސަތުގެ ގޮތުގައި" ޓީވީ ބަހުސަކަށް އިދިކޮޅު މައި ކެންޑިޑޭޓް މުހައްރަމް އިންސްއާ އެކު ވަޑައިގަތުމަށް ރައީސް ރަޖަބް ތައްޔިބު ޣުރުދާން އަށް އޭނާ ގޮންޖައްސަވައިފިއެވެ.

ތުރުކީގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު އާދީއްތަ ދުވަހު ބާއްވާއިރު ވެރިރަށް އަންކަރާގައި ބޭއްވި ބޮޑު އެއްވުމެއްގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ލީޑަރު މުހައްރަމް އިންސް، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ޓީވީ ބަހުސަކަށް ގޮންޖައްސަވައި ވިދާޅުވީ ހޮނިހިރު ދުވަހަކީ އެންމެ ފަހު ދުވަސް ކަމަށާއި، ޣުރުދުޣާންގެ ހިތްވަރު ހުރި ނަމަ އެމަނިކުފާނާއި ކުރިމަތިލެއްވުމަށް އެދޭ ކަމަށެވެ.

އިދިކޮޅު ލީޑަރުން ޓީވީ ބަހުސްތަކަށް ކުރިން ދިން ދައުވަތަށް އުރުދުޣާން ދެކޮޅު ހައްދަވާފައިވާއިރު، އިނދިކޮޅު މައި ކެނޑިޑޭޓް މުހައްރަމް އިންސް ވަނީ ދެ ދުވަސްތެރޭ ބޮޑު ދެ އެއްވުން ބާއްވާފައެވެ. ހޮނިހިރު ދުވަހު ވެސް އިންސް އަށް ތާއިދު ހޯދުމުގެ ބޮޑު އެއްވުމެއް ބާއްވާނެއެވެ.

މުހައްރަމް އިންސް ތުރުކީގެ ރިޔާސީ ރޭހަށް ވަރުގަދަ ހަކަތައެއް ގެނެސްފައި ވެއެވެ. އެމަނިކުފާނު ފެނިގެން ދަނީ ވަރަށް ހަރަކާތްތެރި އަދި މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގައެވެ. މަސްރަހު ދިރާސާ ކުރައްވާ ގިނަ ފަރާތްތަކުން ވިދާޅުވަމުން ގެންދެވަނީ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ ޖުލައި 8 ގައެވެ.

ރައީސް ޣުރުދުޣާން އަވަސް އިންތިޚާބަކަށް ގޮވާލައްވައި އާދީއްތަ ދުވަހު ތުރުކީގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު ބާއްވާއިރު، ކުރިން އިންތިޚާބުތައް ބާއްވަން އޮތީ 2019ގެ ފަހުކޮޅުއެވެ. އާދީއްތަ ދުވަހުގެ ރިޔާސީ އިންތިޚާބުގައި ޣުރުދުޣާންއާ ދެކޮޅަށް ފަސް ކެންޑިޑޭޓަކު ވާދަ ކުރާނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް