Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިއްޖެ

20 ޖޫން 2018 | ބުދަ 12:35

އުއްތަމަ ފަނޑިޔާރު ކަމާއި ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އަލީ ހަމީދާއި އަބްދުﷲ ސައިދަށް ކުރި ހުކުމް ނިހާއީ ހުކުމަކަށް ވުމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 20 ޖޫން 2018 | ބުދަ 12:35
އަބްދުﷲ ސައީދާއި އަލީ ހަމީދު:- އެ ބޭފުޅުންގެ މަގާމު މިއަދު ވަނީ ގެއްލިފައި

އަބްދުﷲ ސައީދާއި އަލީ ހަމީދު:- އެ ބޭފުޅުންގެ މަގާމު މިއަދު ވަނީ ގެއްލިފައި

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު އެ ހުކުމަކީ ނިހާއީ ހުކުމަކަށްވެ އެ ބޭފުޅުންގެ މަގާމު ގެއްލިއްޖެ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމަކީ ނިހާއީ ހުކުމަކަށް ވެއްޖެ ނަމަ އެ ފަނޑިޔާރަކު އޮޓަމެޓިކުން ފަނޑިޔާރެއްގެ މަގާމުން ވަކިވާނެ އެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި މި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ އެ އިސްލާހް ރަނގަޅު ކަމަށް ނިންމަވާފަ އެވެ.

Advertisement - newsAdvertisement

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވި، ހައްޔަރު ކޮށްފިނަމަ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކުރެވޭނެއެވެ. ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ނިހާއީ ހުކުމެއްގެ ގޮތުގައި އެ ހުކުމް ކަނޑައަޅައިފި ނަމަ އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ. ސަރުކާރުގެ ފަރާތުން ހުށަޅައި، ސަރުކާރު މެމްބަރުންގެ ވޯޓުން ފާސްކުރި އެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ޖެމްސްގެ ހިދުމަތް މެދުކަނޑާލި ކަމަށްބުނާ މައްސަލައިގައި އަބްދުﷲ ސައީދަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުނެ އެ މައްސަލަ ނުބަލަން ސުޕްރީމް ކޯޓުން ނިންމީ ބުދަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ ރަސްމީ ހަސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އަބްދުﷲ ސައީދާއި އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކުރި ހުކުމަށާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު ހަތަރު މަހަށް ޖަލަށްލާން ކޮށްފައިވާ ހުކުމް އިސްތިއުނާފުގެ ކުރަން ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން ނިންމާފައިވަނީ ހައި ކޯޓުން އެ މައްސަލައިގައި ނިންމާފައިވާ ގޮތް ބާތިލް ކޮށްދޭން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު އެ ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތައް ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން އެ ނިންމުމުގައި ކަނޑައަޅާފައިވެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާމެދު ނިންމާފައިވާ އެ ނިންމުމުގައި ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ ދެ ފަނޑިޔާރުންނަށް އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް އެ ކޯޓަށް ހުށައަޅުއްވާފައިނުވެ އެވެ. އެހެން ކަމުން އެއީ ކޯޓުތަކާއި ބެހޭ ގާނޫނުގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަ ދޭން ޖެހޭ މައްސަލައެއް ނޫން ކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޖުމްލަ ތިން މައްސަލައެއްގައި މިހާރު ހުކުމް އައިސްފައިވާއިރު އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލު ހުކުމާމެދު އަދި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ތިން ފަނޑިޔާރުންނެވެ. އަދި އިތުރު ފަނޑިޔާރުންނާއި އުއްތަމަ ފަނޑިޔާރަކު ވަރަށް އަވަހަށް އައްޔަން ކުރާނެ ކަމަށް ބެލެވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް