Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކައުންސިލް

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ޗެނަލް 13 ގެ މައްޗަށް ރާއްޖެ ޓީވީން ކުރި ހޯދީ 34 ވޯޓުގެ ތަފާތަކުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 4 ފެބުރުއަރީ 2017 | ހޮނިހިރު 16:44
އަލީ ޔޫސުފް އެމްއެމްސީ އަށް އިންތިހާބުވީ 67 އިންސައްތަ ވޯޓުން

އަލީ ޔޫސުފް އެމްއެމްސީ އަށް އިންތިހާބުވީ 67 އިންސައްތަ ވޯޓުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ގޮނޑި އަށް ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ބޮޑު ތަފާތަކުން އިންތިހާބު ކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އަވަސް އޮންލައިންގެ ފަރާތުން ކައުންސިލުގައި ހުންނެވި މުހައްމަދު އަފްޒަލް އާމިރު (އަޕޯ) އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މީޑިއާ ދާއިރާގައި މިހާރު ހަރަކާތްތެރިކޮށް ނޫޅުއްވޭތީ އެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު އަލީ ޔޫސުފް ކާމިޔާބު ކުރެއްވީ ޗެނަލް 13 ގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު ނިޔާޒުއާ ވާދަކުރައްވައި 66 ވޯޓް ހޯއްދަވައިގެންނެވެ. ނިޔާޒު އަށް ލިބިވަޑައިގަތީ 32 ވޯޓެވެ.

އިންތިހާބުގައި ވޯޓް ލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ ޖުމްލަ 109 މީޑިއާ އިންނެވެ. ވޯޓް ލާފައިވަނީ 98 މީޑިއާއަކުންނެވެ. އަލީ ޔޫސުފް އިންތިހާބު ކާމިޔާބު ކުރެއްވީ 67 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންެވެ.

ޖުމްލަ 15 މެންބަރުން ތިއްބަވާ މީޑިއާ ކައުންސިލްގެ އާންމު އިންތިހާބު ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު މީޑިއާ ކައުންސިލްގައި އެކުލަވާލެވިފައިވަނީ ރާއްޖެޓީވީ އާއި، ވީއެފްޕީ، ބަހުރު މަޖައްލާ، ސަން މީޑިއާ، ވީމީޑިއާ، ޕީއެސްއެމް އަދި މިހާރު ނޫހުގެ އިތުރުން އަސްދަނޑި މަޖައްލާގެ މައްޗަށެވެ. މީޑިއާތަކުގެ އަށް މެންބަރުންެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގެ ވެފައިވާ ހަތް މެންބަރުން ވެސް ތިއްބަވާނެ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު