Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަަޒީރާ ރާއްޖެ

ކޮރަޕްޝަންގެ އަމަލު ނުހިންގާ މީހުންނަށް ރާއްޖޭގައި މިއަދު އެއްވެސް ފުރުސަތެއް ނެތް: ސުއޫދު

18 ޖޫން 2018 | ހޯމަ 18:21

ފަށައިގަތް މަސައްކަތަކީ މިހާރުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ޖޫން 2018 | ހޯމަ 18:21
ޖަޒީރާ ރާއްޖޭ ކެމްޕޭންގެ ތެރެއިން އައްޑު ސިޓީ، މާލެ ޖަގަހަ ހުޅުވައިދެއްވަނީ

ޖަޒީރާ ރާއްޖޭ ކެމްޕޭންގެ ތެރެއިން އައްޑު ސިޓީ، މާލެ ޖަގަހަ ހުޅުވައިދެއްވަނީ

މިއަދުގެ ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލު ނުހިންގާ ބަޔަކަށް ރާއްޖޭގައި އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، މި ސަރުކާރު ބަދަލުކުރަންޖެހޭ މައިގަނޑު އެއް ސަބަބަކީވެސް އެއީކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ޖަޒީރާ ރާއްޖޭ ކެމްޕޭންގެ ތެރެއިން އައްޑު ސިޓީ، މާލެ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ފަށައިގަތް މަސައްކަތަކީ މިހާރުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާގޮތް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އަދުގެ ސަރުުކާރު ބަދަލު ކުރަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވިގޮތުގައި ސަރުކާރު ބަދަލުކުރަންޖެހޭ ގިނަ ސަބަބުތަކެއްވެއެވެ. އެގޮތުން ސުއޫދު ވިދާޅުވީ މައިގަނޑުކަމެއްގެ ގޮތުގައި މި ސަރުކާރަކީ ހަމަހަމަކަމެއް ނެތް އަދުލުވެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ. އަދި އެތައް ބަޔަކަށް އަނިޔާ ދެމުންގެންދާ ކަމަށާއި، ރާއްޖެ ފޭރިގަންނަމުން ދާކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ތަރައްޤީގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ކޮންމެ މަޝްރޫއެއްގެ ތެރޭގައިވެސް ކޮރަޕްޝަން އެކުލެވޭކަމަށާއި، އެއިން ކޮންމެ ޕްރޮޖެކްޓަކުން މަންފާ ލިބޭ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އަދި ރާއްޖެ ކުރިއެރުވުމަށް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވާކަމަށާއި، އެހެންކަމުން މި ސަރުކާރުގެ ކޮރަޕްޝަންގެ ކަންތައްތައްވެސް ހުއްޓުވަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ ވަބާ ހުއްޓާ ނުލެވުން. އަދި ކޮރަޕްޝަން އިތުރުކުރުމަށް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދުވަހެއް ދުވަހަކަށް މި ސަރުކާރު ކުރިއަށްދާ ދިޔުން އަޅުގަނޑުމެން ހުއްޓުވަން އެބަޖެހޭ"

ސުއޫދު ވިދާޅުވީ މިވެރިކަން އިތުރު ފަސް އަހަރަށް ކުރިއަށް ގޮސްފިކަމުގައިވާނަމަ ރާއްޖެ ދުވަހަކުވެސް އަތު ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަންގެ އަމަލު ނުހިންގާ މީހުންނަށް ރާއްޖޭގައި އެއްވެސް ފުރުސަތެއް ނެތްކަމަށާއި، ރާއްޖޭގެ ބިންތަކާއި، ގުދުރަތީ މުއްސަނދިކަމާއިއެކު އެއްކޮށް ބޭރުގެ ފަރާތްތަކަށް ވިއްކާ ހުސްކޮށްފައިވާކަމަށް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރު އިޤްތިސާދީ މަސައްކަތެއް ވެއްޖެނަމަ ބޭރު މީހުންގެ އަތްމައްޗަށް އެދަނީ. އަދި ރާއްޖޭގެ، ދިވެހިންގެ އަތްމަތީގައި އޮވެއްޖެކަމަށްވަންޏާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި އެ މުއްސަނދިކަމާއި ތަނަވަސްކަން އެ އޮތީ. އެންމެންނަށް ހަމަހަމަގޮތެއްގައި އެ މުއްސަނދިކަމާއި ތަނަވަސްކަން ބެހިގެންދާނެ އެއްވެސް ގޮތެއް ނެތް. ކޮރަޕްޝަންގެ އަމަލު ނުހިންގާ މީހުންނަށް އެއްވެސް ފުރުސަތެއް ނެތް"

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް